ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެއީ ޔާމީންގެ މައްޗަށް ދައުލަތުން ވ.އާރަށް މައްސަލައިގައި ކުރި ދައުވާގައި ނަގައި ދިނުމަށް އެދުނު ފައިސާ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރ މަހު ހުކުމް ކުރިއިރު ކްރިމިނަލް ކޯޓުގެ ހުކުމުގައި އެފައިސާގެ އެއްވެސް ވާހަކައެއް ނެތެވެ. މިއަދު ކުއްލި ގޮތަކަށް އިތުރު އަޑުއެހުމެއް ބޭއްވުމެއްނެތި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އަމުރު ނެރުނު އިރު އެކޯޓުން އިއްވި ޖަލު ހުކުމް ޔާމީން ވަނީ ހައިކޯޓުގައި މިހާރު އިސްތިއުނާފު ވެސް ކޮށްފައެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވިތާ ދެމަސް ދުވަސް ފަހުން އެމައްސަލައިގައި ހިމެނޭ ފައިސާ އާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނު ނަމަވެސް ޔާމީންގެ ވަކީލުން އަދި އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ފައިސާ އާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ހުކުމުގައި އެއްވެސް ވާހަކައެއް ނެތްކަން ފާހަގަ ކޮށްފައެވެ. އެހެންވެ ހުކުމުގެ އެބައި އިސްތިއުނާފު ކުރުމާއިމެދު ވިސްނަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އޮތީ ވިދާޅުވެފައެވެ.

އާރަށް މައްސަލަ ޔާމީންގެ މައްޗަށް ސާބިތުވީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ވ. އާރަށް ހޯދުމަށް ރިޝްވަތުގެ ގޮތުގައި ނެގި ފައިސާ ކަމަށް ބުނެއެވެ. ޔާމީން ވަނީ އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް އެފައިސާ އާއި އަދި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޚޮކި

    މުޅިދައުލަތް ލޫޓްވާލައިގެން އަވަހަށް ދެއްކުމަށާއި ނުދައްކާނަމަ އަޅާނެ ފިޔަވަޅު އާންމުކުރޭ!

    5
    59
  2. ޚަލީލް

    ކެމްޕެއިންނައް ފައިސާމަދުވީދޯ ބަލަ ކުއްސާބިތުވެގެންނެއް ނޫން ރައީސްޔާމީން ޖަލައްލީ ރައީސް ޔާމީން ޖަލައްލީ ރައީސް ސޯލިހުގެ ބާރާއި ނުފޫޒުން

    87
    5
  3. ހާމިދު ޝާހިދު

    2023 ގެ އިންތިހާބު ކޮންމެ ހެނެއްހަދާފައިވެސް އިބްރާހިމ ސްލޯލިހު ކާމިޔާބު ކުރުމަށްޓަކާ، ރައީސް ޔާމީން ފްރޭމް ކޮށްގެން ލައްކަ ގިނަ ހުކުމްތައް އިއްވާނެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ރަސްކަލާންގެ. އިންޝާ ﷲ އެމަނިކުފާނު މި އަނދަވަޅުން ސަލާމަތްވެވަޑައިގެން 2023 ގެ އިންތިހާބު ކާމިޔާބު ކުރައްވާނެ.

    93
    3
    • ޙޮބޭ

      ތިޔައީ އަބޫޖަހުލު ބަދުރު ހަނގުރާމައިގައި ކުރި ކަހަލަ ދުޢާއެއް.

      45
      • މުޙައްމަދުދީދީ

        އެބުނާހެން. ޙޮބޭ ވިއްޔަ އެދުވަހު ސުރާގަތު ބުން މާލިކުގެ ސިފައިގަ ހުރެގެން އަބޫޖަހުލާއެކު އެމައިދާނުގަ ކާފަރުންނަށް ހިތްވަރުދޭން ދެކޮޅަށް ހިނގީ!

  4. ޝެއިޚް އަޖުމަލް.

    500 މިލިއަން ޓެކްސް ގޮތުގައި ދައްކަންޖެހޭ މީހުން ކޮބާތޯ.

    77
  5. ާާައަމްރު

    ކިތަންމެ ވަރަކަށް ތިޔަ އަމުރު ނެރުނަސް އެ ފައިސާ ނުދައްކާތި. މިހާރުވެސް ސަރުކާރު ހިންގަނީ އެމަނިކުފާނު ބިނާކުރެއްވި ތަންތަން ރަހުނުކޮށް ލޯނު ނަގައިގެން. ވަގެކޭ ކިޔަޢިގެން މިތިބަ 5އަހަރު ނިމެންދާއިރު ކަމެއް ނުވެ، ތިމާ މެން މުއްސަދިވެގެން މާލެން ބިންތަކާ ތަންތަން ގަނެ، މި މީހުންގެ އިމަރާތްތައް ކޮޅަށް ޖެހޭތަން އަހަރެމެންނަން ފެނޭ.

    77
    1
  6. މަބޭ

    މާދަމާ މިސަރުކާރާ ދެކޮޅައް އަޑުއުފުލާ ކޮންމެމީހަކު ސަރުކާރައް 5މިލިއަންރުފިޔާ ދައްކަން ކްރިމިނަލްކޯޓުން ހުކުމް ކޮއްފާނެ

    64
    1
  7. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ އެމް.އެމް.ޕީ.އާރް.ސީ އިން ކައްވާލި 37 މިލިއަން ދައްކަން މުއްދަތެއް ދޭންޖެހޭ އެބަ! އިބޫ ގެ ހުރި ނުބައިނުލަފާ-ކަން ދެކި ބަލަ! ހަމަ މިހާރު ޔާމީން ދޫކޮށްލާ. ނޫނީ ކުރިއަށް އޮތް ވޯޓް ގައި އިބޫ އަށް "ލޮޓި" އަންނާނެ. މި ބުނީ ބަދަލު ހިފާނެ ވާހަކަ.

    44
  8. Anonymous

    ފައިސާ ދައްކަންޖެހޭނަމަ ޙުކުމްކުރިއިރު ޙުކުމުގައި ބަޔާންވާންޖެހޭނެ. ދެން ފަހުން ޙުކުމްވެސް އަދި އަމުރެއްވެސް ނުނެރެވޭނެ. ކްރިމިނަލް ކޯޓަކަށް.
    އިޖްރާއާތުގެ ޤާނޫނުގައި ބުނަނީ ކުށް ސަބީތުވާ ޙާލަތުގައި ޙުކުމުގައި އެކަން ބަޔާންނުކުރާނަމަ އެފަދަ ފައިސާއެއް ހޯދަން މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތް ކޯޓެއްގައި އެފައިސާއެއް ހޯދަން ދަޢުވާކުރެވިދާނެކަމަށް.

    37
  9. ގާއްޓޭ

    ޚޮބާތޯ ސަން ޝިއާމް ، ރިޔާޒު ރަޝީދު، އަދި ޖބިރުމެން ދައްކަން ޖެހޭ ފައިސާ؟؟؟

    56
  10. ޢ

    ސަދޫމްގަ ތިޔަކަހަލަ ހުކުމްކުރާވާހަކަ އަޑުއިވޭ

    54
  11. ޑައެލޯގް

    މީހަކު މަށަށްދޭންޖެހޭ 3 ލައްކަރުފިޔާ ހޯދުމަށް މިވެރިކަން ފެށުނުތަނާ ވެއްދީމެވެ. އޭގެ 3 އަހަރުފަހުން މަށަށްކާމިޔާބުވާގޮތަށް ހުކުމްކުރިއެވެ. ދެންބުނީ އެތަންފީޒުކުރަންވެސް ސިޓީއެއްލާންވީޔޯއެވެ. ދެން އެސިޓީވެސް ލައިފީމެވެ. މިހާރު 5 އަހަރުމިނިމެނީއެވެ. އަދިވެސް ތަންފީޒެއްނުވެއެވެ. ޔާމީނުވީމަ ތަންފީޒުވަނީ ކުއްލިއަކަށެވެ. ސިޓީއެއްވެސް ލާކަށެއްނުޖެހެއެވެ. ކޯތުތަކުގައި ޝަރީއަތްހިނގަނީ ޔާމީނުގެ އެކަންޏެވެ.

    29
  12. ބާބޫޖީ

    މީ ކޮންދިމާލަކުން ކިހިނެތް ކުރި އަމުރެކޯ. މާތްކަލާކޯ، ހުކުމުގައި ފައިސާގެ ވާހަކަ ނެތި ކުއްލިއަކަށް ކިހިނެތް މިވީ. ހަރާން ހުކުމެއް ކުރިތާ 2 މަސް ފަހަނައަޅާ ދިޔައީ. ކްރިމިނަލް ކޯޓް ވަޓް ދަ ހެލް އަރ ޔޫ ޑުއިން.

    27
  13. އިބްރާހިމް52

    ވަރަށް ދެރަވޭ މިބޭފުޅާއަށް އެކަނި ހުކުމް ކުރާތީވެ، މާލޭ މަގުމަތީ ބޮޑެތި ގޭންގުން ރައްޔިތުންގެ އިމާރާތްތަކަށް ވަދެ ޖެހިލުމެއްނެތި ވިޔަފާރިތަކަށް ގެއްލުންދީފި. ގޭންގުން ނިކުމެ ވަޅިޖަހައިފި. ފާހިޝް އަމަލުހިންގާ ތަންތަން މެކުހަށްޖަހައިފި. އެކަމަކު މިކޯޓްތަކަށް ވާކަމެއް ހަރާމް، އެއްވެސްކަހަލަ ހުކުމެއް ނާދެ

    28
    1
  14. އައްލާގެ އަފީފް

    ޗޯރު އިބުރޭ ވަގަށްނެގި ފައިސާ ދައުލަތާއި ހަވާލުކުރަނީ ކޮން އިރަކުން ތޯ؟

    12
  15. ކާފަބޭ2020

    ތިޔައީ ވަރަށްފައްކާ ދެބޯގެރި ދުއްވުމެއް! ފެންފޮދަކާވެސްނުލާ އެތަކެއްމިލިއަންރުފިޔާ ކޮޅުގޮހޮރަށްދިރުވާލައިގެންތިބި ގިނަބަޔަކުތިބިއިރު ހަމައެކަނިރައީސްޔާމީނަށްފުލުފުލުގަ ހުކުމްތައްމިއިއްވަނީ ހަމައިންޑިއާރުއްސަންތޯ؟ ޔަގީންވާކަމަކީ ހަމަކޮންމެމީހަކުވެސްމަރުވާނެކަން އެކަނިމާއެކަނިކަށްވަޅުގަ އޮންނަންޖެހޭނެކަން ވީމާ ﷲއަށްބިރުވެތިވާށެވެ.

    11
  16. ދޮންބެ

    މިއީ ހާދާ ފައިސާއެއް ބަނޑުއަޅައިލާފައިހުރި ބޮޑު ވަގެކޭ ދޯ!
    ވަގެކެ ވަގެކޭ އެއި ބޮޑު ވަގެކޭ...

    14
  17. ނަބީލާ ފްރޭންސިސް

    އިބޫ އިންތިހަބަށް ތަޅާލަން ޔާމީނު ފެލާލަނިދޯ. ކަލޯ ޔާންޓޭ ބައިރުފިޔަވެސް އިންތިހާބުކުރިން ނުދއްކާތި!!

    12
  18. ނާދިރާތަ

    ކުރިން ހުކުމް ކުރިއިރުގައި ނީއްވާ ހުކުމެއް މާ ފަހުން ތިޔަ އިއްވީ.

  19. އިސްޢާފް ސަލީމް

    2018 ނޮވެމްބަރ 17 ން ފެށިގެން 2023 ނޮވެމްބަރ 17 އާހަމައަށް ޔާމީން ނޭވާލިޔަނުިދީ ފިއްތައިލައިގެން ގެންގުޅުނު މީހުންނަށް މިދުވަސް އަދި ފެންނާނެ! މާތްﷲ ކަމެއް ބަދަލުކުރެއްވުމަށް އިރާދަކުރައްވައިފިނަމަ އެސްފިޔަޖަހައިލުންހައި އަވަސްވާނޭކަން ޔާމީނަށް ނުޙައްޤު އަނިޔާ ދެމުންގެންދާ ޟާލިމުން ދަންނަންވާނެ! މިވަރަށް އަނިޔާ ދޭއިރުވެސް ކަހާބިހި ހިރުވައިވެސްނުލައި ޔާމީން އެ ދައްކަވާ ހިތްވަރާ ކެތްތެރިކަމަކީ ކުޑަކަމެއް ނޫނެވެ.

  20. އާދަނު

    "ދޮންބެ" އަށް ވަގުން އަދި ފެންނާނެ!

  21. ދަތްދޮޅި އާދަނު

    ކޮން 6މަސްދުވަހެއްތޯ، ވަގުތުން ވަގުތައް ހަވާލުކުރަންޖެހޭނީ، މިހާރުން މިހާރަށް ހަވާލުކުރަން ޖެހޭނީ، މިވަގުތު މިސިކުންތުގަ ހަވާލުކުރަން ޖެހޭނީ، އެއީ ޔާމީނުގެ ފައިސާއެއްނޫނޭ، އެއީ ދިވެހި ރައްޔިތުންގެ ފައިސާ، ދައުލަތުގެ ފައިސާ، އެންމެ ސިކުންތަކުވެސް އޭނަ އަތުގަނުބެހެއްޓޭނެ.