ބަންގްލަދޭޝްގެ އަލަމްގިރްއާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ލުއިކޮށްދީފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ރަފީއު އެެއް އަހަރާ ދެ މަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. މި ހުކުމް ރަފީއުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެމައްސަލައިގައި މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ ޕީޖީއިން ކޮށްފައިވާ ދައުވާއެއް ކަމަށާއި އެކުށަށް ދަށު ކޯޓުން އަދަބު ކަނޑައެޅުމުގައި ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަން ހައިކޯޓުން ފާހަގަ ކުރިއެވެ.
ކުށްވެރިޔާގެ މައްޗަށް ގާނޫނުން ކަނޑައެޅޭނެ އަދަބުގެ މިންވަރަށް ވުރެ ދެ
މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައެޅިދާނެ ކަމަށް އޮތްއިރު، އެއަދަބު ދެ
ގުނަ ކޮށް އަދަބު ކަނޑައަޅައިފައިވާ ކަމަށް ކޯޓުން ބުނެފައި ވެއެވެ.
ކޯޓުގެ ނިންމުގައި ބުނެފައި ވަނީ އިސްތިއުނާފު ކުރެވިފައިވާ މިމައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުގެ އިއުތިރާފުން ސާބިތުވި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ އަދަބު ކަނޑައެޅުމުގެ
އަސާސީ މިންގަނޑަކީ، ނުވަ މަހާއި އަށާރަ ދުވަސް ކަމަށެވެ.
އެ މިންވަރުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުގެ އިއުތިރާފުގެ މައްޗަށް ބުރަވެ އެއް ދަރަޖަ ދަށް ކުރުމުން، ކަނޑައެޅޭނެ އަދަބުގެ މިންވަރަކީ ހަތް މަހާއި ހަ ދުވަސް ކަމަށެވެ.
މި މިންވަރުގެ ތެރެއަށް ދަށު ކޯޓުގެ ފަނޑިޔާރު އޭނާއަށް ގާނޫނުން ލިބިދޭ އިހްތިޔާރުގެ ދަށުން، އިތުރުކޮށްފައިވާ އަދަބު އިތުރުކޮށްފައިވަނީ، ދެ ދަރަޖައިގެ ބަދަލުގައި، ދެ ގުނަ ކޮށްގެން ކަމަށްވާތީ، އެ ގުނަކުރި ކުރުން ބާޠިލުކޮށް، ދެ ދަރަޖަ މަތި ކުރަން ޖެހޭ ކަމަށެވެ.
އެގޮތަށް މަތިކުރުމުން، އިސްތިއުނާފު ކުރާ ފަރާތުގެ އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުމުކެއް ކަމަށް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަބްދުއްރަހްމާން ރަފީއު ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.
އަދާލަތު ކޯލިޝަންގައި އޮވެގެން ވީ ރަނގަޅެއް ކޮބާހެއްޔެވެ؟
ލާދީނީ ސަރުކާރުން ތިޔަފަދަ ހުރިހާ ކަމެއްވެސް ކުރާނެ
މީނަގެ ވައިފު ވަރިނުވޭބާ އަހެނަކު ބޭނުންނުވާ މީހުން ވިއްޔާ ބޯއީއެއް އޯކޭވާނެ .......މަމީ އެޔޯގެ އަންހެނުންނަމަ ލަދުންވެސް ވަރިވީމުސް
އިސްލާމީ ޝަރިއްޔާގައި ވަނީ މި މުޑުދާރު އަމަލް ހިންގި މީހުން މެރުމައް އަންގަވާފައި. ޕީޖީ އާއި ކޯޓުތަކާއި ގާނޫނާއި ފަނޑިޔާރުން މިވަނީ މުރުދައްދުވެ ސަދޫމްގެ ހުކުމްތަކައްވެ ނިމިފަ. ލައުނަތުއްﷲ އަލައިހި
މި ލިވާތު ކޭސްގައިވެސް އެމްޑީޕީ މަޖިލިސް މެމްބަރުންވެސް ހިމެނޭގޮތަށް 60އަށްވުރެގިނަ ފިރިހެނުން ހިމެނޭއިރު އެއްމެ ދެ ތިން މީހުންނަށް ޝަރީއަށްކޮށް ހުކުމްޖަހަނީ، ކޮބައިތަ ލިވާތުބޮސް (ޑިފެންސް މިނިސްޓަރ ފިނދަނަމާރިޔާމަންމަގެ ދަރި)؟މިއީތަ ރ.އިބޫ ވިދާޅުވި ޒީރޯ ޓޮލެރެންސް އިންސާފު ގާއިމުކުރާ ގޮތަކީ؟
ވާހް! ކިޔާ ބާތުހޭ، އިމްރާން ކޯ މެޑަލް ދޯ!
ދުއްވާއެއްޗެހޫގެ ގިޔަރު މަތިކޮށްދަށްކުރާހެން މިކަހަލަ ކަންތައްވެސް މިހާރު މިއޮއްވަނީ.
ދެން ގިރިމެނނަށް އޮތީ ނަރަކައިގެ ހުރަގެ.
މި ގައުމުގެ އިސްލާމްދީނުގެ ވަސްވެސް ނެތް.
އަލަން ގިރިތަކަށް ދޭންޖެހޭ ހައްގު އަދަބަށް ގޮވާލަން.
ހުކުމްތަންފީޒުކޮއްނިމުމުމް ތިސޮރައް ސަރުކާރުން ކުޑަގިރިން
ވަޒީފާއެއްވެސް ހަމަޖައްސަދޭންވާނެ
ދުނިވީ ވެރިކަމާ މަންފާއަށްޓަކައި ﷲ އެންގެވި ގޮތަށް ޢަދުލަށް ޙުކުމް ނުކޮށް ދެން އަމިއްލަ އަމިއްލައަށް ޙުކުމް ކުރަނީ.
ޙިސާބު ެެެެެެެެެެެެ ބެލެވޭނެ. މިއަދު ތިޔަހެން އުޅެވިދާނެ
މިއީ ކުޅީގެ ސަރުކާރެއް.