ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000ރ ދޭން ވާނެ ކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ވަޒީފާއާ ބެހޭ ގާނޫނުގައިވާގޮތުގެ މަތިން ވަޒިފާ އަދާ ކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000ރ ދޭން ވާނެ ކަމަށެވެ.

ނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭކަމާއި، އިނާޔަތް ދިން ކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައި ނުވާ ކަން މީގެ ކުރިންވެސް ފާހަގަވެފައިވާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ވަޒީފާ ދީގެން ގެންގުޅޭ މުވައްޒަފުން ގެންގުޅޭ ފަރާތްތަކުންވެސް، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން، ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދުﷲ

    3000 އަށްވުރެ ކުޑަކޮށް ދީފި ނަމަ މައްސަލަ ހުށަހަޅާނަން........................

    16
    1
  2. ދީދި

    3000 ޕްލަސް 8%

  3. ލަންސިމޫ

    ރަމަލާން މަހުގެ އިނާޔަތަކީ ހުރިހާ އާއިލާ އަކަށްވެސް ދޭން ޖެހޭ އެއްޗެއް. ސަރުކާރު މުވައްޒަފުންނަށް އެކަނި ނޫން ރަމަލާންމަސް އަންނަނީ ސަރުކާރުގަ ގިނަދުވަސްތަކެއް ހޭދަކޮށްފަވާ ޕެންޝަނަރުންނަށްވެސް ދޭންޖެހޭ އެއްޗެއްތީ

    2
    1