މާދަމާ އިން ފެށިގެން ފިހާރަތައް ފަތިހު 5:30އިން ދަންވަރު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާދަމާ އިން އިން ފެށިގެން ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑިތައް އާއްމުކޮށްފައެވެ.

އެގޮތުން މާދަމާ އިން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން މިގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިހާދު

    ބަލަ މިހިރަ ފެންނަ ފައްޔާޒޫ. މާލޭގައި މިހާރުވެސް ގިނަ ފިހާރަތައް މެންދަމު ދޭއް ޖަހަންދެންވެސް ހުޅުވައިގެން ވިޔަފާރި ކުރަމުންދަނީ. 10:30 ގައި ބަންދުކުރަން އޮތެއްކަމަކު ކަންތައް ވަނީ މިހެން. އެކަމަކު އެކަންވެސް ބަލާލާނެ ލޮލެއް ނެތް.