ފުލުހުން ގަނޫނަށް އިސްލާހު ގެންނަން އުޅެނީ ވަޒީފާތައް އެކްޓިވިސްޓުންނަށް ބަހަން ކަމުގެ ތުހުމަތު މަޖިލީހުގެ މެމްބަރުން ކޮށްފި އެވެ.

މެމްބަރުންގެ ނުރުހުން ސަރުކާރަށް އަމާޒުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ކުރި ބަހުސްގެ ތެރެއިންއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި އޮތީ ފުލުހަށް ވައްދާ މީހުން ބެކްގްރައުންޑް ޗެކް ކުރުން މަޖުބޫރު ކޮށްފައި އޮތް އޮތުން އުވާލުމަށެވެ.

އެ އިސްލާހަށް ފާޑު ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ އިސްލާހުގެ ބޭނުމަކީ އެކްޓިވިސްޓުންނަށް ވަޒީފާތައް ދިނުން ކަމަށެވެ.

"މި ބިލުގައި މި ބުނަނީ އަލަށް ވައްދާ ފުލުހުންގެ ބެކްގްރައުންޑް ޗެކް ނުކުރާށޭ. ކުރައްވަން މި އުޅުއްވާ ކަމަކީ ފުލުހުންގެ މުއައްސަސާއަށް އެކްޓިވިސްޓުން ސަރުކާރުގެ މި އޮތް ދުވަސް ކޮޅުގެ ތެރޭގައި މި ބޭފުޅުން ބޭނުންވާ ގޮތަކަށް ދިވެހި ރައްޔިތުންނަށް އަނިޔާ ކުރުން" ޝިޔާމް ވިދާޅުވި އެވެ.

އީވާ އަބްދުﷲ ވިދާޅުވީ އޭނާ މަޖިލީހަށް އިންތިހާބަށް ކުރިމަތިލެއްވި އިރު ވެސް ފުލުހުންގެ މުއައްސަސާ ވަކި ގޮތަކަށް އިސްލާހުކުރަން މެނިފެސްޓޯގައި އޮންނާނެ ކަމަށެވެ.

އެހެން ކަމުން މިއަދު ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ ކުންފުނިތައް ހިންގާ ގޮތަށް އަނބުރާ ފުލުހުންގެ އިދާރާ ބަދަލުކުރަން ހެޔޮނުވާނެ. ރިޔާސީ އިންތިޚާބާ ގުޅުވައިގެން ވަޒީފާ ދޭތަނަކަށް އަނެއްކާވެސް ފުލުސް ހެދުމަަށް އުޅެން ހެޔޮނުވާނެ. މިދައްކަނީ ފެނަކައިގެ ވާހަކައެއް ނޫން،" އީވާ އިތުރަށް ވިދާޅުވިއެވެ.

މިހާރު ފުލުހުންގެ ގާނޫނޫގައި އޮންނަ ގޮތުން ފުލުހަށް އަލަށް ފުލުހަށް ވައްދާ މީހުންނަކީ ސަލާމަތީ ހިދުމަތްތަކުގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ބައެއްތޯ ބަލަން އެ މީހުންގެ ބެކުގްރައުންޑް ޗެކް ކުރުމުގައި ބައެއް ކަންކަން ކުރަން ޖެހެއެވެ.

ނަމަވެސް އީސަ ހުށަހެޅުއްވި އިސްލާހުގައި ބުނީ ބެކްގްރައުންޑް ޗެކު ހަދާ ކޮންމެ ފަހަރަކު އެންމެހާ ކަމެއް ފުރިހަމަ ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕިސްޕިސް

    މި ޕީ ޕީ އެމް މީހުންނއށް ކަމުދާ އެއްކަމެއްވެސް ނޯނާނެ . . ސަލާމް

  2. ބީރުމީހާ

    އަސްލު ޝިޔާމް އެބުނީ ތެދެއް ބެހުމަކީ އާއްމުކަމެއް މަހީކުރީ ރ ޔާމިން ކަމަށް އެކަމުގައި އިސްވާނީ ނޫން އީސީމެން މާކުޅަދާނަ ސޯލިހު ވާވެއްދުމަށް އީސީއަށް ހީވަނީ މީނަގެ އަމިއްލަ ތަނެްްހެން ސްޓެލްކޯއަކީ

  3. 4426

    ފުލުސް އޮފީހުގައި ހާއްސަކޮށް ރަށްތަކުގެ ޕޮލިސްއަށް ވަންނަން ބޭނުންވާ ކުދިން ނުލިބޭކަމަށް މައުލޫމާތު ލިބެނީ.. އަދި ދައުލަތުގެ ހަރަދުގައި ކިޔަވައި ބޮޑަތި ޓްރޭނިންްގތައް ނިންމާ ފުލުހުން މިއަދު އެތަނުން ްްްްް ކެނޑޭތީވެ ނުހަނު ކަންބޮޑުވޭ..ސަބަބަކީ އަލަށް ކުއްޖެއް ވައްދައި ޓްރޭނިންގތައް ދިނުމަކީ ބޮޑު ހަރަދުތަކަށް ވެފައި ވަގުތު.. އެހެންކަމުން ސަރުކާރު ސިޔާސަތަކީ ފުލުހުންނަށް އެމީހުންގެ އަނބިން ކައިރީ މަސައްކަތްކުރަން ވީހާ ބޮޑަށް ފުރުސަތު ދިނުން..ސިޔަސީވެ ޖެއްސުން ކުރުމަށް ފުލުސް އޮފީސް ބޭނުން ނުކުރައްވާ...މިކަމުން ހުރިހާ ގެއްލުމެއް ނިކަމެތި ރައްޔިތުންނަށް..