އަންހެން ކަނބަލުންނަކީ މި ގައުމު ކުރިއަރުވާ ރޯޝަން ކުރާނެ ބައެއް ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްއާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭ ސިޓީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީން ބޭއްވި ހަފްލާއެއް ޝަރަފްކޮށް ދެއްވައި ނަހުލާ ވިދާޅުވީ ކަނބަލުންނަށް ކުރިން ނެތް އެތަށް ފުރުސަތެއް މިއަދު ލިބެން ހުރި ކަމަށެވެ.

އަންހެނުން ދުވަހާ ގުޅިގެން މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ބޭއްވި ޖަލްސާ -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

މިންތީގެ ހަމަހަމަ ކަމުގެ ވާހަކަ އަކީ އަބަދުވެސް އަޑުއިވޭނެ ވާހަކައަކަށް ވާއިރު، ފަސްނުޖެހި ކަނބަލުންނަށް ފުރުސަތު ދިނުމަށް ނަހުލާ ވަނީ އެދިވަޑައިގެންފައެވެ.

"ހަމައެކަނި ފުރުސަތު ދޭންވީ ވަކި ޒާތެއްގެ މަސައްކަތަކަށް ނުވަތަ ޒިންމާއަކަށް ނޫން، އަޅުގަނޑު މިއަދު އުފާކުރަން ވަޒީރުންގެ ތެރޭގައި ފަނޑިޔާރުންގެ ތެރޭގައި އޮފީސްތަކުގެ ޒިންމާދާރު ވެރިންގެ ގޮތުގައި، ރައްޔިތުން މަޖިލިސްގެ މެންބަރުން ތެރެއިން އަދި ގައުމީ ތަރައްގީގެ ހުރިހާ މަސައްކަތުގެ ތެރޭގައި ވެސް ފިސާރި ހީވާގި ކަނބަލުންގެ ޝާމިލްވުން ފެންނާތީ" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ނުހަނު ބާރަށް މި އަންނަ ތަރައްގީގެ އޮއިވަރުގައި އަންހެނުން ބިކަކޮށް ބާކީ ކޮށްފަ ތަރައްގީ ނުހޯދޭނެ ކަމަށެވެ. ނަހުލާ ވަނީ ކަނބަލުން ފަސް ޖެހިވަޑައިނުގަނެ، ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވައިފައެވެ.

"ފަހަތުން ދުވެ ކުރިއެރުވުން ހުއްޓޭ ވަރަށް ވުރެ ތިޔަ ކަނބަލުންގެ ހިތްވަރު އަދި ބުންވަރު ވެސް ގަދަވާނެ" ނަހުލާ ވިދާޅުވިއެވެ.

މި ޖަލްސާގައި މާލޭ ސިޓީ ގެ އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ރަޝީދާ ރަޝާދު ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

ރަޝީދާ ވިދާޅުވީ، ކޮންމެ އަންހެން ކަނބަލަކީ ކޮންމެ ފިރިހެން ބޭފުޅެއްގެ ފަހަތުގައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރްއަވަމުން ގެންދަވާ ބައެއް ކަމަށެވެ.

އަންހެނުން ދުވަހާ ގުޅިގެން މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ބޭއްވި ޖަލްސާ -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

މި ހަފްލާ ނިންމާލަމުން ވަނީ އަންހެނުންގެ ދުވަހަށް ހާއްސަކޮށް ކޭކެއް ވެސް ފަޅައިފައެވެ.

އަންހެނުން ދުވަހާ ގުޅިގެން މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ބޭއްވި ޖަލްސާ -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

ރޭގެ ހަފްލާގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ މައުސޫމް

    ތި މިނިސްޓްރީ ރޯޝަން ކޮށްބަލަ ފުރަތަމަ. ބޮޑު އުނދަގުލެކޭ ކަމެއް ނިމޭ ވަރެއް ނުވޭ އެއް ކަމެއްވެސް ހުވާ

  2. އަސްޤަރު ސިއްދީގު

    ބެންކޮކްގެ ކަނބަލުން ފަދައިން!

  3. ފާތުމާ

    ކަމަނާގެ ވުޒާރާ އެންމެ ފުރަތަމަ ރޯޝަންކޮށްލަބަލަ ...ކަލޭ ތިޔަ އުޅޭހެން ރޯޝަންކުރަން އުޅެނީ މަދުބައެއް މުދާލާ ފައިސާގެ ދަހިވެތިކަމުގައި އުޅޭނެ ބަޔަކު ނެތް

  4. މަހުދީ

    ކޮންމެ އަންހެނަކީ ކަނބަެއްނޫން. ވިޔާ ނުދާ ގޮތަށް އުޅުމާއި ގައުމު އަޅުވެތިވާން މަގުކޮށުމާއި ހިލޭ ފިރިހެނުންނާ ގައިގޯޅިވާ އަންހެނުންނަށް މީހުން ކަނބަލުންނޭ ނުކިޔާ.

  5. Anonymous

    ތިޔަ ކަނބަލު ލިބިއްޖާ އިންނަގޮތް މަމިހުރީ.

    1
    1
  6. ޔަޒީލާ

    ދިވެހި އަންހެނުންނާއި އަދަބު އަޚުލާގަށް ހުތުރު އަރުވާމިހުންވެސް އަންހެނުން ރޯޝަންކުރާވާހަކަ ދައްކާ..

  7. އިގުބާލު

    ތަފާތު ނުކުރާށޭ ކިޔާފަ ކޮންކަމެއްބާ މިކުރަނީ. ގައުމު ކުރި އަރުވަން އަންހެނެ ފިރިހެެނެ ތަފާތެއް ނުވާނެ. ކިޔަވައިގެން ތިބި މީހުން ކުރިޔަށް ނެރެގެން ވާނީ. ސޭޓު އަންހެނުން ވީމާ ....

  8. Ahmed

    މިގައުމުގެ ކަނބަލުން ރޯޝަން ނުވާ ޒަމާނެއް ދިޔަކަމެއް އެގިފައެއް ނެތް ދެވަނަޖުމްހޫރިއްޔާގެ ރައީސް ނާސިރުގެ ވެރިކަމުގައިވެސް ހެލްތް މިނިސްޓަރަކީ އަންހެނެއް ، ރައީސް މައުމޫނުގެ ވެރިކަމުގައި މިނިސްޓަރުން ނާއިބުން ފެށިގެން މަތީމަގާމްތަކާއި ފަންނީ އެތެއްކަމެއްގައި އަންހެނުންތިބި ، މަޖިލީގެވެސް ރައްޔިތުން ހޮވި މިންބަރުނާއި ރައީސްގެ މިންބަރުންވެސް އެހާގިނަ އަންހެނުން ، މިނަހުލާ މީމާމޮޅުމިހަކަށްވެގެން ކޯއްޗެއްކިޔާމީހެއް

  9. Anonymous

    ދައުލަތުގެ މުދާ ފެނިހެން ހޭބޯ ނާރައިގެން އުޅެނީ ، ހުރިހާ ކަބަލުން ނޫޅޭ ތިޔަފާޑަކަށް އުޅޭކަށެއް، މިޤައުމުގައި އަބުރުވެރި ދިވެހި ކަބަލުން ވަރަށް ގިނަ !

  10. ފިންކީސް

    ފުރަތަމަ މިނިސްޓްރީ ހަމައަށް ހިންގާބަލަ. ފަހުންވެސް ރޯޝަންކުރެވިދާނެ.

  11. ކޮރަލް

    ވ އަވަހަށް ރައީސް ކަމަށް ކުރިމަތި ލާނެ އެވެ. 2023 ނޫނީ 2028 ގަ އެވެ.