ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ހަދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ފޯރިގަދަ "ފުރަވީރުން" އިވެންޓްގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ، އެ ޕާޓީގެ ޑެޕިޔުޓީ ލީޑަރު ކަމަށް އޭނާ ހޮވުމުން، ޒިންމާތައް ވަރަށް ބޮޑު ކަމަށެވެ. އަދި ދިން ވޯޓާއި އެއްވަރަށް ވަރަށް މަސައްކަތް ކުރަން ވާނެ ކަމަށް ވިސްނުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ވިސްނީ ޕާޓީ ފުޅާ ކުރުމާއި ގުޅޭގޮތުން ކަމަށެވެ.

"ވޭތުވެދިޔަ ހަތަރު ހަފްތާގެ މަސައްކަތުން އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއަށް ޒުވާނުންގެ 2023 މެންބަރުން އެއްކޮށްފިން، އަލަށް ޖޮއިންކޮށްފި". ނަހުލާ ވިދާޅުވިއެވެ.

ފުރަވީރުން އިވެންޓްގައި ނަހުލާ އާއި ގާސިމް - ވަގުތު އިމޭޖްސް: އަހްމަދު އަލީ

ނަހުލާ ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމާއި، އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އިސް ނެގުމާއެކު މި ޕާޓީ ބޮޑު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"ދިވެހި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ﷲ އިރާދަފުޅުން ޖުމްހޫރީ ޕާޓީ ހަދާނަން". ނަހުލާ ވިދާޅުވިއެވެ.

ރޭގެ އިވެންޓްގައި ބައިވެރިވުމަށް އެތައް ބަޔަކު ގޮސްފައި ވެއެވެ. ޒުވާނުންނަށް ހާއްސަކޮށް ބޭއްވި މި އިވެންޓްގައި ފޯރިގަދަ އެތައް ހުށަހެޅުމެއް ފެނިގެން ދިޔައިރު، ހަވާ އެރުވުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނަމަ

    ނަހުލާ އަށް ހީވާ ކަހަލަ ލައްކައެކޭ

    45
    3
  2. ބަސްދިވާ

    ނުވާނެ ..ލާރި ހަރަދު ކުރެވިދާނެ... އެކަމަކު ވޯޓެއް ނުލިބޭނެ...

    23
    3
  3. ޞޮސް

    ދެން ޕާޓީއަށް ވަގައް ވައްދާފި ނަމަ އެގޭނެ ހާދާނެގޮތް

    18
    2
  4. ޙެހެހ

    ތީތި ސަޅިއެއްނޫން

    15
    1
  5. Anonymous

    ތިކަހަލަ ކަނބަލުން ތިބިއްޔާ މީހުން ގިނަވާނެ.

    10
    6
  6. ހަނި

    އަހަރެންގެ ވޯޓެތް ނުދޭނަ އިބޫ އަދި ގާސިމާ ވެސް ޔާﷲ މިދެމީހުގެ ގަމުސަލާމަތް ކުރަވާދޭ

    21
  7. ސަރަފަކައްދަ

    ސަހަރޯ! ސޭޓުޖީގެ ޒިންދަގީ ތިޔަ އޮޔާދިޔައީ.

    20
  8. ޅޮލޮ

    ހަވާ އަރުވާތަން ބަލަން ދިޔަމީހުން އެތާގިނައީ. ބޯ ގިނަ ކޮްލަން މޮޅުކަމެއްތިޔަ ކުރީ. 😂😂

    11
  9. ސަލީ

    ވަތަނުގެދިފާއުގައި ހައްގާއިއެކު ކެރިހުރެ ފާޅުގައި ނުނިކުމެވޭ ފިންޑިން ވެރިކަމުގެ ހުވަފެންދެކޭނެ ކަމެއް ނެތް. ރާއްޖޭގެ މިއަދުގެހާލަތާއިއެކު ވަތަން ގިސްލަމުން ގޮވަމުންދަނީ ތެދުވެރި ކެރޭ ވަތަނީ ލީޑަރަކަށް. މިއީ ސަމާސާކުރަން އެކުސްޕެރިމެންޓުކުރަން ހެޔޮވާވަރު ދަނޑިވަޅެއްނޫން. މިއަދު ރާއްޖެއަށް ބޭނުންވާ ހަގީގީ ލީޑަރަކީ ކާކުކަން އެއްވެސް ދިވެއްސަކަށް އޮޅިފަކާއެއް ނެތް. އަދި މިއަދު ވަތަނުގެ ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންނަކީ ކޮބާކަންވެސް އެއްވެސް ރައްޔިތަކަށެއް އޮޅިފަކާއެއް ނޯންނާނެ. ހުރިހާދަޅަތަކެއް ދޫކޮއްލާފަ ވަތަނީ ލީޑަރަކު އައްޔަން ކުރަންޖެހޭ. ވެރިކަމުގެ ޖާހަތާއި މޮޅުނަން ބޭނުންވެގެން އުޅޭ ވަތަނީނޫން މޮޔަމަހުޖަނަކަށް ދީގެން ވަތަންދާނީ ނެތެމުން..

  10. ހޮނު

    ފުރަތަމަ ފިޔަވަޅު ތިއެޅީކައްޗައް ބަޔަކައް އޮޅުވާލައިގެން ތިކުރީ

    11
  11. ރާއްޖެތެރެ

    ގައްދާރު ޕާޓީތަ އޮވާލާ

  12. ދީމުގުރާތުސް

    ލޮލް... ޒުވާނުން މަނިކުފާނުގެ ފައިސާކޮޅު ހޯދާނެ ފުރުސަތެއް. އެހެނެއްކަމަކު ތާއީދެއް ނުލިބޭނެ. ނަހުލާ، ނިހާން، އާރިފް، ޝާހު މިއީ އޯލްޑް ނިއުސް. ޔަސްޓަޑޭސް ޖޭމް. ސިޔާސީ މައިދާނުގައި އޮއްސިފައިތިބިބައެއް. ނަހުލާގެ ފެންވަރުވެސް މިދިޔަ 5 އަހަރުން އެގިއްޖެ. ބަރަވެއްޔަކަށްވުރެ ސްލޯ! އަމީން އެއީ ހެލްތުގައިހިންގެ ކޮވިޑް ކަރަޕްޝަންގެ މައްސަލައިގެ އަޑި.

  13. މުރަނގަ

    ގާސިމަށް ވޯޓެއްދިނުމަށްވުރެ ސިމަކަށްވޯޓުދިނުން މާ އައުލާކަންބޮޑު އެއީ ފޯނުވެސްކުރެވޭނެތީ.

  14. ސަނާ

    ފުރަތަމަ ނަހުލާ ހަވާލުވެ ތިޔަހެރަ މިނިސްޓްރީ އިސްލާހް ކޮއްބަލަ، އަހަރީ ފީ ނުދެއްކޭ، ލައިސަންސް އާ ނުވޭ