ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ގޮސް ތަރައްގީގައި އުތުރާއި ދެކުނުގެ އެންމެހާ ރައްޔިތުން އެއް ހަމައެއްގައި މަންފާ އާއި ނަފާ ލިބޭ ގޮތަށް އަތޮޅުތައް ބައްޓަން ކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑާއި ވަޔާއި އެއްގަމުގެ ސަތަހައިގައިވާ އެންމެހާ ދިރުންތަކާއި ވަސީލަތްތައް ތަރައްގީ ކޮށް މުއްސަދި ކުރެވޭނީ ދަތުރުފަތުރުގެ ނިޒާމުން ގުޅާލައިގެން ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ނަހުލާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވިގެން ދިއުމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއަށް ރުކުރުވާލެވޭ އިތުރު ބޮޅެއް ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ކަނޑުގެ އިންސައްތަ ބޮޑު ގައުމެއް. މައިގަނޑު ގޮތެއްގައި ރާއްޖޭގައި ދަތުރުތައް ކުރަމުން ދިޔައީ ކަނޑު މަގުން. ނަމަވެސް ދަތުރުފަތުރު ކުރުމުގައި އޭރުގައި ވެސް ހުރި ގިނަ ގޮންޖެހުންތަކާއި އެކު ބޮޑެތި ކަނޑުތައް ހުރަސްކޮށް މޫސުމީ ގަދަ ވަޔާ އޮއިގަ ދިގު ދަތުރުތައް ދިވެހިން ވަނީ ތަޖުރިބާ ކޮށްފައި." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުތުރާއި ދެކުނު ހިމެނޭ ގޮތުން ޒަމާނުއްސުރެ ރާއްޖޭގައި ދަތުރުފަތުރު ކުރުމުގައި ދިވެހިން އުފަލުންދިޔަ ތަކުލީފް މިއަދު މި ވަނީ މާޒީވެފައި ކަމަށެވެ. އަދި އެންމެނަނަށް ދަތުރުފަތުރުގެ ލުއި ފަސޭހަކަން މި ވަނީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު. --- ފޮޓޯ: ރައީސް އޮފީސް

މިއަދު ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމަށް މި ވަނީ އިންގިލާބީ ބޮޑު ބަދަލެއް އައިސްފައި ކަމަށާއި ފަސޭހަ ކަމާއިއެކު ރަށްރަށަށް ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މި ވަނީ ގާއިމް ކުރެވިފައި ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިން ތަކަކަށް ގެންދެވުމަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ. ޒުވާނުން ބާރުވެރި ކުރެވިއްޖެ. ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ. އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސް ވެއްޖެ." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ގޮސް ތަރައްގީގައި އުތުރާއި ދެކުނުގެ އެންމެހާ ރައްޔިތުން އެއް ހަމައެއްގައި މަންފާ އާއި ނަފާ ލިބޭގޮތަށް އަތޮޅުތައް ބައްޓަން ކުރެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު. --- ފޮޓޯ: ރައީސް އޮފީސް

އަދި ދަތުރުފަތުރުގެ ނިޒާމްގެ ދަށުން ހެޔޮ އަގުގައި ފަސޭހަކަމާއިއެކު ހަލުވި ސްޕީޑްގައި އެއްރަށުން އަނެއް ރަށަށް ހިދުމަތްތައް ހޯދުމަށާއި ވަޒީފާގެ ބޭނުންތަކަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމް އެއް ވިއުގައަކުން މިއަދު މި ވަނީ ގުޅާލެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައި ގައުމު ބިނާ ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވާ ސާބިތުކަމަށާއި ދެއްވާ ހިތްވަރަށް މިނިސްޓަރު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އަތޮޅުތެރޭގަ އެއްހަމަޔަ ކުން ޙިދުމަތް ދިނުމަށް މިސަރު ކާރުން ކީއްބާ ކުރީ....ރޔާމީން ކޮއްފަދިޔަ މަސައް ކަޔެނޫނީ ނިމިފަނެތް ފެށިފަނެތް....

    23
    1
  2. މެކުނު

    އެއީ ކަމަނާ ކުރެއްވި ކަމެއްނޫން. ކަމަނާ އަށް ވަޒީރުކަން ލިބުނުއިރުވެސް ތިކަމަކީ ނިމިފަ ވާ ކަމެއް.. ތާރީޚް އޮޅުވާ ނުލައްވާ.. ވަރަށް ސަލާމް.

    29
    1
  3. އިއްބެ

    ކަލޭގެ ޓްރާންސްޕޯޓު ވެރިކަމުގައި ކުރީ ހަމައެންމެ 2 ކަމެއް!
    1. ޔާމީންގެ މަސައްކަތްތަކުގް ރިބަންކަނޑާ ކްރިޑިޓް ނެގުން
    2. ޖޫރިމަނާކޮށް ރައްޔިތުން ފެލުން. އެހެންވީމާ މޮޅަތި ވާހަކަ ނުދައްކާ ، ޚިދުމަތް ދެވިއްޖެކަމަށް ބަލާފަ ދެން އިސްތިޢުފާދިނުން ރަގަޅުގޮތްކީ!

    25
    1
  4. Anonymous

    މާލޭ ރައްޔިތުން އުޅެނީ ނިކަމެތި ކަންމަތީ އެހެންވީމަ މާލޭ މީހުނާ ދޭތެރޭ ފުރަތަމަ ވިސްނަވާ.

    13
    3
  5. Anonymous

    ބޭކާރު މީހެއްމީ، ލައިސަންސް ނެގެނީކީ ނޫން، ރެޖިސްޓަރީ ލައިގެން 2 މަސްވާއިރު ޕްރޮސެސިން،،،، އަދި ތިމާމެން ކުރަން ހުރި ކަންތައް ނުވެގެން އުޅެނިކޮއް އަމިއްލައައް ސަވާރީ ޕޭ އަކާ ހަވާލް ވެގެން އަހަރީ ފީގެ ދުވަސްވެސް ދުއްވާލީ، ،\އެކަން މީރާއިން ރަނގަޅު ރަނގަޅައް ކުރަމުން ދަނިކޮއް އޮޏ

  6. ހޯރަފުށިން ކަމަނާގެ ދައްތަ

    ކަމަނައަށް އެއްހަމެއްގެމާނއަކީ ކަރެޕްސަންހިންގައިގެން ކަމަނާހުންނެވިމިނިސްޓްރީ ރައްޔަތުންނަށް ހިދުމަތްދެއްވުންތޯ

  7. ފާޒް

    ކަލޭތީ އެއްހަމައެއްގައި ގައުމުތަކާއި ސަރުކާރުތަށް ހިންގުމުގައި ތަޖުރިބާއާއި މަތީތައުލީމު ހޯދައިގެން ހުރި މާހިރެއްވިއްމާ ކަލެޔަށް އިނގޭނެތާ ދޯ .

  8. މުހައްމަދު އަހްމަދު

    ނަހުލާއަށް ހަމަ އަޖައިބު ވެއްޖެ.. މުނާފިގު ދޮގެއް ތި ހެދީ

  9. ޔޯ

    ތިބުނީ ކިހިނެއް ނަފާ ލިބެއޭތޯ؟