އެކި ކަންކަމުގައި އެމްޑީޕީން ފޮނުވާ މަންދޫބުން ކަނޑައަޅާނީ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސްގެ ކޮއްކޯފުޅު ނިޔާޒް އެގޮތަށް ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ އެމްޑީޕީގެ ފެކްޝަންގެ ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއެކު ބައްދަލު ކުރައްވާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ހިމެނިވަޑައިގަންނަވައެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލު ވިދާޅުވީ ރައީސް ނަޝީދުގެ މަންދޫބުން ޖޭޕީއާ ބައްދަލުކުރި ނަމަވެސް އެކަމާ އެމްޑީޕީއާ ގުޅުމެއް ނެތް ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ކުރެއްވި ޓުވީޓުގައި ވެސް ވިދާޅުވީ ހަމަ އެ މޭރުމުންނެވެ.

"ރިޔާސީ އިންތިޚާބާ ގުޅޭ އެންމެހާ މަޝްވަރާތައް އެމްޑީޕީގެ ފަރާތުން ކުރުމުގެ އެންމެހާ ބާރެއް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްއަށް ގައުމީ މަޖްލިސް އިން ވަނީ ދީފަ. މިކަމަށް ޕާޓީގެ ފަރާތުން މަންދޫބުން ކަނޑައަޅާނީވެސް ރިޔާސީ ކެންޑިޑޭޓް. އެކަން ހުރިހާ ޕާޓީތަކަށްވެސް އެނގޭނެ." އަލީ ނިޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މަންދޫބުން ޖޭޕީއާ ބައްދަލުކުރި އިރު އަންނަ ރިޔާސީ އިންތިހާބަށް ޖޭޕީން މެނިފެސްޓޯ އެކުލަވާލުމުގައި ވެސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

"ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހަދައި ޖުމްހޫރީ ޕާޓީއަކު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރައްވާ މަވޯޓާ ޝަރީފް މެން ފަދަ ބޭފުޅުން ދަނީ ނަޝީދުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ނަޝީދު ހުދު މުހުތާރުކަމާއެކު ކޮންޓްރޯލް ކުރަމުން އައި އެމްޑީޕީ އެމަނިކުފާނުގެ އަތްޕުޅުން ދޫވަމުންދާން ފަށާފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނު އެކަން ގަބޫލު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް މަވޯޓާ މިއަދު ވިދާޅުވިއެވެ.

އެެހެންވެ ފެކްޝަންތައް ހަދައިގެން އަނެއްކާވެސް ބާރުތައް ހޯދަން ރައީސް ނަޝީދު އުޅުއްވަމުންދާ ކަމަށް މަވޯޓާ ތުހުމަތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑިމޯކްރޭޒީ

    ހާދަ ނެޕޮޓީޒަމްގެ ނުބައި ވަސް ދުވައޭ. ސޯލިހުގެ ކޮއްކޮ ނިޔާޒު. ސޯލިހުގެ ޅިޔަނު ތުރީ އެ ސިޔާމު. ނަންވާނީ މައުމޫނު ކަލޭނެ ހެހެހެ

    10
    1
  2. ޒިންދާބާދު

    ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު ގާސިމް ޒިންދާބާދު އަންނި ޒިންދާބާދު ރައީސް އިބޫ ބަރުބާދު

    3
    2
  3. Anonymous

    ވާހަކަ ގިނަ ނުކޮށް ކަންކޮށްބަލަ، ޔާމީނު މައުމޫނު ކެޑިގޮތައް ކަޑާ ހޫރާލަބަލަ!

    9
    2
  4. އަލީ

    ހެހެހޭ ބޭބެ ތަ ސޯލިހު

  5. އަފީފު ދިއްދޫ

    އެއްވެސް މީހަކު ނޫޅޭ ނިޔާޒު ތިބުނުއްވާ ކަންތަކައިގެން އަބަދުވެސް ނިޔާޒުގެ ހަނދުމަފުޅުގައި ބަހައްޓަވަންވީ ގ ކެނެރީގެ މުހައްމަދު ނަޝީދު އަކީ އެމް ޑީ ޕީ ގެ ރައީސްކަން

    4
    2
  6. Anonymous

    އަލީ ނިޔާޒުއެވެ. މި ސަރުކާރުން ކުރާ ކަންތަކުން ރައްޔިތުން ރުޅިއެރުން ނޫން ކަމެއް ނުވެއެވެ. ހިޔާ ފުލެޓު ދިން ގޮތުން ރައްޔިތުން ރުޅިއެރިއެވެ. އަދި އެންމެފަހުން މުސާރަ ބޮޑުކުރި ގޮތުން ވެސް ރައްޔިތުން ރުޅިއެރިއެވެ. ބޮޑު މަގާމެއްގެ ނަން ދީފައި އެ މަގާމާ ޖެހިގެން ދަށަށް އޮންނަ ކުޑަ މަގާމުގެ މުސާރަ ދިނުމަކީ ކިހާ ބޮޑު އަނިޔާވެރިކަމެއް ހެއްޔެވެ؟ މިކަހަލަ ކަންތައް ކޮށްގެން ރައްޔިތުން ރުޅިއެރުވީމާ، އަލީ ނިޔާޒުގެ ބޭބެއަށް ލިބެން ހުރި އެތައް ވޯޓެއް ގެއްލިއްޖެއެވެ.