ސިނަމާލެ ބުރިޖުގެ ލައިޓް ރަތް ވެފައި ވަނިކޮށް ދުއްވާފައި ދިޔަ ވޭނަކުން ޖެހި 26 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ ބުރިޖު ލައިޓްގެ މާލެ އާއި ވީކޮޅުން ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނަގާފައިވާ ކަމަށް ރޭ 02:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށާއި އަނިޔާ ވެފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާއަށް ވަނީ ގިނަ އަނިޔާތަކެއް ވެފައެވެ. އޭޑީކޭ އިން އޭނާގެ ހާލަތާއި ގުޅޭ ތަފްސީލް ނުދިން ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޒުވާނާގެ ހަށިގަނޑުގެ ފަސްތަނަކުން ވަނީ ބިންދައިގެން ހޮސްޕައެވެ.

ސިނަމާލެ ބުރިޖުގެ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަތުރުކުރާ ވެހިކަލްތަކުން ޖެހި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވެއެވެ. މިދިޔަ ޑިސެމްބަރ މަހު ވެސް ބުރިޖުގެ ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލްގައި އިން މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާކލ

    ހުރިހާ ކަމެއް ވެސް ވާނި ރަނގަޅަކަ

    11
    9
  2. ހެޔޮދުޢާ

    شفاك الله

    20
  3. އަހަންމަދުު

    ވޭން ދުއްވީ ވާރކްޕާރމިޓްނެތް ބިދޭސީއެއްކަމަށް ބެލެވެނީ! އާއްމުކޮށް ގަވާއިދާޚިލާފަށް މިހާރުދުއްވަނީ ބިދޭސީން! ޚާއްސަކޮށް އިންޑިޔާމީހުން! މިކަމާ ފުލުހުން އަޅައެއްނުލާ! މުޅިޤައުމުގަ ނުގަވާއިދަށްއުޅުން ޢާމުވެ އެކަން އެއްގޯސްވެގެންދާއިރުވެސް ފުލުހުންވެސް އަދިދައުލަތުގެ އެއްވެސް އިދާރާއަކަށް މިކަންބޮޑެއްނުވޭ! ހިތަށްއަރާ ފުލުހުންގެ ކާރުތަކުގަ "ޓު ޕްރޮޓެކްޓުއެންޑްސާރވް" ޖަހައިގެން މިވެރިން މިޕުރޮޓެކްޓްކޮށްސާރވް ކުރަނީ ހަމައެކަނި މުޖުރިމުންނަށްބާއޭ!
    ގައުމު ފުޑާލައިފި!ތަރާވީހު ނަމާދުނިމޭއިރަށް މާވެޔިމިސްކިތުގެ ދޮރުތަށްލައްޕާ ތަޅުލަންފަށައިފި! ކޮބައިތަ މޭޔަރު! ކޮބައިތަ އިސްލާމިކު މިނިސްޓަރު!

  4. އަހްމަދު

    ސައިކަލް ދުއްވީދިވެހިޒުވާނެއް ދެންވޭންދުއްވީ ؟؟؟

  5. ނަސީމު ބީއޭ

    މިސްކިތްތައް ފުރިގެން މަގުތަކުގައި ވެސް ނަމާދު އެބަކުރޭ ކުދިންނޭ ނަމާދުން ފައިބައިގެން މީހުންގެ އަނބިން ކައިރިއަށް ވަދެ ޖެހިގެން ހުންނަ މީހާ ގަޔަށް ވަޅިހަރާ ތިމާ ނޫން އެހެން މީހުން ދުނިޔޭގައި އުޅެގެން ނުވާނެ ކަމަށް ހީކުރަންޏާ އަދި ތިއުޅެވެނީ އިސްލާމްދީނު ގައެއް ނޫން. ކާބަފައިން ކޮއް އުޅުނު ކަމެއް އާދަކާދައިގެ ތެރޭން ކޮށްކޮށް ތިތިބެނީ ! ބުދުދީނުގެ މީހުންވެސް އެ މީހުންގެ ކާބަފައިން ކުރިކަންތައް ފެނިގެން ކޮށްކޮށް އެތިބީ ތިގޮތަށް

  6. Ahmed

    ތިވޭނު ދުއްވިމީހާ ހައްޔަރުކޮށް ވީހާވެސް އަވަހަށް ޝަރީއަތް ކޮށް އަދަބުދީބަލަ ،

  7. އިއްޒުއްދީނުލް ސަންޢާނީ

    އެ ވޭން ގެ ޑްރައިވަރަކަށް އެވަގުތު އިންނެވީ ބަންގާޅީ ބޭފުޅެއް! ދިވެހި ރާއްޖޭގެ ރައްޔިތުން ގެ ޓެކްސް ފައިސާ އިން ބޮލަކަށް 80 ހާސް މަހަކު ހަރަދު ކޮއްގެން ކިޔަވައިގެން ތިބި މީހުން ނާ ނުކިޔަވާ ތިބި މީހުން ނާ ޖޯކަރުން ންގެ ނަމުގެ ކުރިޔަށް އިއްޒަތް ތެރި މެންބަރު ލައިގެން ހެދިފަ ހުރި އެއްވެސް ގާނޫނަކަށް ބަންގާޅީން އިހުތިރާމެއް ނުކޮށް ދައްތަ ބޭބޭ ކިޔައިގެން މުޅި ގައުމު ފަނާ ކުރާ އިރު ލޯ އެންފޯސް މެންޓް އިދާރާތަކުން އަޅާނުލާ ކަން ފާހަގަ ކުރަން،!