އިންޑިއާ އާއި އެކު އޮތް ޒަމާންވީ ގުޅުން ވަރުގަދަ ވެގެންދާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 72 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ މިނިސްޓަރ ޝަރީފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އިންޑިއާ އާއި އެކު އޮތް ޒަމާންވީ ގުޅިން ވަރުގަދަ ވެގެންދާނެ ކަމުގެ އިތުބާރު އިތުބާރު އެބަތް ކަމަށާއި އަބަދުވެސް އެދެނީ އިންޑިއާގެ ކުރިއެރުމާއި ހަމަޖެހުމަށް ކަމަށެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު އިންޑިއާއި ރާއްޖޭގެ ގުޅުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައެވެ. ރިޕޯޓްތަށް ބުނާގޮތުގައި ދެ ގައުމުގެ ގުޅުން ގޯސްވުމުގެ ސަބަބަކީ ރާއްޖެ އާއި ޗައިނާ އާ މެދު އޮންނަ ގުޅުން ބަދަހިކޮށް ޗައިނާ އާ އެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ރާއްޖެއިން ސޮއި ކުރުމުންނެވެ.

ރާއްޖެ އިން ޗައިނާ އާއި ގުޅުން ބަދަހިކުރާކަމަށް ބުނެ އިންޑިއާގެ އެކި ފެންވަރުގެ ވެރިން ތަފާތު އެކިފަހަރު މަތިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ނަަމަވެސް ރާއްޖެ އިން އަބަދުވެސް ބުނަމުން އަންނަނީ ރާއްޖެ އިން ގެންގުޅޭ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް އިންޑިއާ އަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަމަށެވެ.

އިންޑިއާ އިން ވަނީ ޖަލުގައި ތިއްބެވި މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުން މިނިވަންކޮށް، ރިޔާސީ އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދޭން ސަރުކާރަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން އެކެއް ފެބްރުއަރީގައި ސިޔާސީ މަސްރަހުގައި ހިނގި ކަންތައްތަކާ މެދު އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރަން އެ ގައުމުން ތަކުރާރުކޮށް އިންޑިއާއިން ގޮވާލާފައިވެ އެވެ. އަދި އިންޑިއާއިން އެ ގޮތަށް ގޮވާލުމުން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި، ސިޔާސީ ގުޅުމަށް ބުރޫއަރާފައިވެ އެވެ.

މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާގެ ހާރިޖީ ސިޔާސަތު ބަލިކަށިވެ ޒަމާންތަކެއް ވަންދެން އިންޑިއާގެ އެކުވެރި ގައުމުތައް ގޮތުގައި އިންޑިއާ އިން ކޮންޓްރޯލް ކުރަމުން އައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ކޮންޓްރޯލް އިންޑިއާ އަށް ގެއްލިފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.