އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލި މައްސަލައިގައި އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާއި ދެކޮޅަށް މިއަދު ނިންމައިފިއެވެ.
ޝަހިންދާ އިސްކޮށް އުޅޭ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށް ގިނަ ވާހަކަތައް ޝާޢިއުކޮށްފައި ވެއެވެ. އެގޮތުން އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފާޑުކިޔައި ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ އަކީ ބުއްދި ޤަބޫލުނުކުރެވޭ ވާހަކައެއް ކަމަށާއި އަދި އިސްލާމް ދީނުގެ ބައެއް އަސާސްތަކަކީ ހަރުކަށި ކަންކަން ގޮތުގައި އެރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ.
އެމައްސަލައާއި ގުޅިގެން ސަސްޕެންޑް ކުރުމަށްފަހު، މުދަލާއި ދަރަންޏާއި ޖަމިއްޔާއާ ގުޅޭ މައްސަލަތައް ނިންމުމަށް މުއްދަތު ދިނުމަށް ފަހު، ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން އެމްޑީއެން އުވާލާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އެމްޑީއެން އުވާލި މައްސަލަ ޝަހިންދާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުއެވެ. އޭރު ޝަހިންދާ ބުނެފައިވަނީ އެ ނިންމުމަކީ ގާނޫނު އަސާސީއާއި ހިލާފު ނިންމުމެއް ކަމަށެވެ.
ނަމަވެސް މިއަދު ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ޔޫތު މިނިސްޓްރީން އެމްޑީއެން އުވާލަން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ބުނެއެވެ. މިމައްސަލަ ބެއްލެވީ ސިވިލް ކޯޓުގެ ގާޒީ އަލީ އާދަމްއެވެ.
އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ފުލުހުން ވެސް ވަނީ މީގެ ކުރިން އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެފައެވެ. އެމައްސަލައިގައި އޭރު ގިނަ ދީނީ އިލްމުވެރިންނާއި މަޖިލީހުގެ މެމްބަރުން ވަނީ އެމްޑީއެން އުވާލަން ގޮވާލާފައެވެ.
ތިއީ ވެސް ސަލްމާނު ރުޝްދީ ފަދަ ލާދީނީ އަންހެނެއް. ތިކަހަލަ ލާދީނީ އަންހެނަކަށް މާތްﷲ ހެޔޮ ގޮތެއް މިންވަރުނުކުރައްވާށި! އާމީން.
÷މަނީ ލޯންޑޮރިންއޭ ކިޔައިގެން މީހުން ޖަލައްލާއިރު ރަސޫލާއާއި ދީނައް ފުރައްސާރަކުރި މީހުން މިނިވަން ކަންދީ ނުވިތާކައް ހުކުރު ހުތުބާއައް ޖޯކްޖެހި މީހުން މިނިސްޓަރުކަން ދީ މިމީހުން ލާދީނީއޭ ކިޔާމީހުން ޖަލައް ލެވޭ ގާނޫނު ހަދާ އިތުރައް ލާދީނީ ވާން ފުރުސަތުދީ ހަދާ ދީނާއީ ދެކޮޅު ސަރުކާރެއް މިއީ.
ބުއްދިނެތް އިންސާނާ
ދެކޮޅަށް ނިމުނަސް އެއްވެސް ފިޔަވަޅެއް ނޭޅޭ މިހާރުވެސް ސަރުކާރުގެ ބިޑެތި މަގާމު ތަކުގަތިބީ އެމީހުން
ތީ އިންތިހާބު ކައިރިވީމަ ޖަހާ މަޅި
ޝަހިންދާއެވެ. އަމިއްލައަށް ތިމާ ތިއީ މުސްލިމެއްކަމަށް ޤަބޫލުކުރަންހެއްޔެވެ؟ ފުރިހަމަ މުސްލިމަކަށް ވާށެވެ. ޤިޔާމަތް ދުވަހުންވެސް ސަލާމަތްކަން ލިބޭނީ އޭރުންނެވެ. ވަގުތު ފާއިތުވެގެން ދިއުމުގެ ކުރިން އިސްލާހީ ވިސްނުމަކުން ވިސްނާލާށެވެ. ހަވާނަފުސަށް ނުހެއްލި އެންމެ ފަހަރަކު ކީރިތި ޤުރްއާން ކިޔާލާ އޭގެ ތަފްސީރު ވީވަރަކުން ކިޔާލާށެވެ. ތެދު މަގު ލިބުން އޮތީ އޭރުންކަން ހަނދާންކޮށްދެމެވެ.
މަށަކަށް ހީނުވޭ ކަލެއަކީ ޝަހިންދާ އަށް ނަސޭހަތް ލާދެވެވަރުގެ ތަންދޮރު އޮޅުންފިލާފަ ހުރި މީހެއް ހެން...
މިފަދަ މީހުންވެސް ހިނޭގޮތުން އަޅަމެންނަށް ތެދުމަގު ދައްކަވާށި!
އަންހެން ދައްޖާލު !!! ސަކިންދާ އެއްކޮއް ނިންމާލާ !!!
ބިނޑި އަނބުރަނީ މީސްތަކުން ތިބޭ އަތްޖަހަން ދީން ވިއްކާލާފަ
ނުބައި ނުލަފާ ދައިތަގަނޑު
ސާބަހޭ އިބޫ ސާލިހް އަދި ޤާޟީން
ތީ ހުސް ހޮޅިވާހަކަ
އެއްވެސްޝައްކެތްނެތްގޮތަށް އިސްލާމްދީނަށް މިއޮތީ ފުރައްސާރަކޮށްފައި ވީމާ،އެމް.ޑީ.އޭ
އުވާލައިގެން ގާނޫނުއަސާސީއާޚިލާފްކަމަށްބުނެ ޝަހިންދާ ކޯޓަށްމައްސަލަ ހުށަހެޅުމުގެ
ބޭނުމަކީ ކޮބައިތޯ އިސްރާއާއި.މިއުރާޖުގެ ވާހަކަގަބޫލްކުރެވޭ އެއީﷲގެ ކުޅަދުންވަންތަކަމުން
ކޮންމެކަމެއްވެސް ވާނެތީ މިވާހަކައަކީ ބުއްދިގަބޫލްނުކުރެވޭ ވާހަކައެއްކަމަށާއި، އިސްލާމްދީނުގެ ބައެއްއަސާސްތަކަކީ ހަރުކަށިކަންކަންގޮތުގައިސިފަކުރަނީލާދީނީކަމުން އަދި ބުއްދިގަބޫލް ނުކުރެވޭ ވާހަކައެއްކަމަށް ބުނަނީ ބުއްދީގައި މައްސަލައެއްއުޅޭތީ ވީމާ،
މިފަދަރިޕޯޓެއްނެރޭ ޖަމިއްޔާއެއްއުވާލައިގެން ރިޕޯޓްދިފާއުކޮށް ޖަމިއްޔާއުވާލިމައްސަލާ
ކޯޓަށްހުށަހެޅުމުން ހުށަހެޅިފަރާތާދެކޮޅަށް ނިމުމުގައި މިހާދުވަސްނަގާފައިވަނީ ކީއްވެތޯ
ޝަހިންދާ، ނޫނީ ޖަމިއްޔާދެކެ ބިރުގަންނާތީތޯ ނޫނީ ލާދީނީކަމުންތޯ ނޫނީ ބައެއްގެ
އޯޑަރަށްތޯ ،މުހިއްމު އިންތިޚާބެއްގާތްވެފައޮތީމައި ރަށްޔިތުންގެ ލޮލުގައި އަނދުނެތްއުޅުވުމަށް ޝައްކުކުރާ ފަރާތްތަށްގިނަވާނެ