ލ.އަތޮޅު ގަމުގައި ހުންނަ ފެކަނަ ކޯޕަރޭޝަންގެ އިންޖީންގެއިން ޑީސަލް ހުސްވެގެން އެރަށުން ކަރަންޓް ކެނޑިއްޖެއެވެ.
ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި މިއަދު މެންދުރު ގާތްގަނޑަކަށް 13:30 އިން ފެށިގެން ގަމުން ވަނީ ކަރަންޓް ކެނޑިފައެވެ. ކަރަންޓް ކެނޑުނީ ޑީސަލް ހުސްވެގެން ކަމަށް ފެނަކަ އިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ގަމުން ވާހަކަ ދެއްކި މީހުން ބުނެއެވެ.
ނަމަވެސް މިކަމާއި ގުޅިގެން ފެނަކައިގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ގަމަށް މިއަދު ޑީސަލް ލިބޭނެ އިރެއް އަދި ނޭނގެއެވެ. "އަވަހަށް ޑީސަލް ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވޭ. މިއީ މީގެ ކުރިން ދުވަހަކު ވެސް ހިނގި ކަމެއް ނޫން. މިކަމުން އެނގިގެން މިދަނީ ފެނަކަ އޮތް ހާލަތު." މައުލޫމާތު ދިން އާއްމުންގެ މީހަކު ބުންޏެވެ.
ލ.ގަމުގެ ހުރިހާ އަވަށަކަށް ވެސް ކަރަންޓް ދެމުން އަންނަނީ އެއް އިންޖީނުގެއިންނެވެ. އެހެންވެ އެއިންޖީނުގެ ހުއްޓުމުން މުޅި ރަށުން ވަނީ ކަރަންޓް ކެނޑިފައެވެ.
ފަހަކަށް އައިސް ފެނަކަ އަށް ވަނީ މާލީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.
ތެޔޮ ގަތުމަށްފަހު އެކުންފުނިން އެސްޓީއޯ އަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު ވެސް 1.8 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ އިތުރުން އެކުންފުނީގެ މަސައްކަތްތައް ކޮށްފައިވާ އެތައް އަމިއްލަ ކުންފުނިތަކަކަށް ފައިސާ ނުދީގެން ވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
ފެނަކަ އިން އެތައް ބަޔަކަށް ފައިސާ ނުދޭ މައްސަލައިގައި ވެސް އެކުންފުނިން ވާހަކައެއް ނުދައްކައެވެ.
ތިއީ މިވެރިކަމުގައި ހިގައިގެން އުޅޭކަމެއްތަ؟ ހާދަ ގަބޫލެއް ނުކުރެވެއޭ ތިވާނީ ޔާމިނު ސަރުކާރުގައި ހިގާފަ އޮތްކަމަކަށް. މިއީ ހިންގުންތެރި ސަރުކާރު ވަޒީފާ ފުނުފުންޏަށްދޭ ސަރުކާރު. ބާކީ 4 މަސް. ސާބަހޭ އިބޫ ބާކީ 4 މަހު ކުރެވުނު ޖެއްސުމެއް ކޮއްލާފަ ފޭބޭތޯ ތިބަލަނީ ދެއްތޮ
މިސަރުކާރުން ލިބޭހާ ލާރިގަނޑު ކާލައިގެން ކެންޕޭނުގަ ފެނަކައިން ކުންފުނިތަކައް ދަރާފަ މިކަމާ ސަރުކާރުން އަޅާވެސްނުލާ ބައެއް ކުންފުނިތައް ލަޕަން ޖެހޭހިސާބުގަ . ސަރުކާރު ފެއިލް ދައުރު ނިމުގެކުރިން މީހުންލައްވާ ކުރިމަސައްކަތުގެ އުޖޫރަ ދިނިއްޔާ މާރަންގަޅުވީސް .
ކަލޯމެނޭ ވެރިކަމުގައި ހުރީ ރައީސް ޔާމީނުތަ ؟ އިބޫއަށް އަލިފާން ކެވިއްޖެބާ ؟ ދެވަނަ ދައުރެއް ވެސް ނޫން ފަހުނޭވާ ލެވެންދެން ރައީސް ކަމުގައި ބަގުނޑިބައްދާ
ހަޔާތްކުޑަ ކާޅު ޗޯރު އިބުރާހިމް