މަޝްހޫރު ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓަކީ ކާކު ހިންގާ އެކައުންޓެއްތޯ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ނަޝީދު ފޮނުވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓަކީ އެމަނިކުފާނު ހިންގާ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ގެންދާ ކަމަށާއި އޭގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މި އެކައުންޓުގެ އަސްލު ހޯދައި ދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައިވެއެވެ.

މި އެކައުންޓުގެ ވެރިފަރާތަކީ ކޮބައިކަން ހޯދައި ދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައީސް ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަޝީދުގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔުއްވާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ.

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުން ގެންދަނީ އާއްމުކޮށް ވާހަކަ ނުދެކެވޭ ބައެއް މައުލޫތަކަށް ވެސް ވާހަކަ ދައްކަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ)ވެސް ވަނީ މިއީ ރައީސް ނަޝީދު ގެންގުޅޭ ފޭކު އެކައުންޓެއް ކަމަށް ވިދާޅުވެފައެވެ. ރޮޒޭ ވިދާޅުވާ ގޮތުން އެއީ ރައީސް ނަޝީދު ހިންގާ އެކައުންޓެއްކަން ފަޅާއަރާފައިވަނި ރޮޒައިނާ ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅު ރަށްތައް ބެހި ކަމަށް ވިދާޅުވެ ރޮޒެއިނާ ކުރި ޓްވީޓަކަށް ހަސަން ކުރުސީ ރައްދު ދިން ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އިބްރާހިމް

    https://vaguthu.mv/news/695053/

    ކޮބާ މި މައްސަލަ. އޭރުގައި ހިންގީ ނަޝީދު. ދެން ފަހުން އޭނާ ދޫކޮށްލީމާ މިހާރު އެހެން ބަޔަކު، ތިޔަ އޮތީ ބޮނޑި ބޮައިފާ

    11
  2. ނަމަސްތޭ

    މީނާ ނޫނެކޭ ބުނިއްޔާ ބަލާ އެއީ މީނާކަމަށް . . .ޕުރައިމަރީން ބަލިވީމަ ގޭގަ ހުންނަށް ބުނިމީހާއެއްނު ތި

    18
  3. ބަރުގޮނު

    އަނެއްކާ އަނެއް ވާހަކައެއް ފެންމަތި ކުރުވައިގެން މީހުންނަށް އޮޅުވާލަނީ. ލަންޑަން ގެ ރެސްޓޯރެއްގައި ޢާއިލީ ކެއުމެއްގައި އިންނަވަނިކޮށް ނަޝީދުގެ ފޯނު ގެންދިޔަ ވާހަކަ ފަދަ ދެވަނަ ވާހަކަ މިއީ. އެފޯނު ވަގަށްނެގީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ބަދުުއަޚްލާޤީ 4 ފޮޓޯ ފޯނުގައި އެބައިންކަމަށް ވާހަކަ ދައްކަވާފައި އޮއްވާ ރާއްޖެ ވަޑައިގަންނަވާ ތަނުން ޕޮލިސް ފޯނު އަތުލާފާނޭތީ ކުލެޅި މޮޅުު ޑްރާމާއެއް އެއީ.

    19
  4. އެލޮކޮސް

    ތީނަބުނި އެލެކުސް އަހުމަދަކީ އަކީވެސް ތިމަންނާއެއްނޫނޭ ބެނެ އެންމެ ފަހުވަގުތު އަނބިގޮއްޔަމެންނާއި ކައިރީގައުޅޭ މީހުންގެ ފަރާތުން ފަޅާއެރީމަ އެއްބަސްވެ ދޮގުބުހުތާން ހެދުން ހުއްޓާލީ. ތީނަ ނޫނެކޭ ބުނެފިތަ. ކުދިންނޭ ބަލާ އެއީ އާނއެކޭކަމަށް. ދޮގުވެރިޔާގެ ބަސްދާނީ އިދިކޮޅަށް އަބަދުވެސް.

    15
  5. މުހައްމދު

    ފައްކާ ހިޔަޅެއް

    16
  6. ހެހެހ

    ހެހެހެ ނުބާ ޖާހިލް ކަލޭގެ ، މިއަދު ކީއްވެތޯ އެ އެކައުންޓް ގޯސްވި ، މީގެ ކުރިން އެކަން އޯކޭ ، ކަލެއަށް އެ އެކައުންޓް ހިންގާދޭ މީހާ މިހާރު ފައްޔާޒުފަޅީގައި ހުރީތޯ ، މީނަޔަށް ދިވެހިން ވ.ވިސްނާތި

    13
    1
  7. ޚޫޚް

    ހުސް ގަހަކައް ގަޅިއެއް ނޫކާނެ. ކީޕް އިޓް އަޕް އަންނި.👍🏼

    6
    3
  8. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    މިއީ ޕޮލިހަށް ހުށައަޅުއްވަން-ޖެހޭ މައްސަލައެއް ނޫން ބައްލަވާ! މިއީ ޓްވިޓަރ އަށް ހުށައަޅުއްވަން-ޖެހޭ މައްސަލާ އެއް. ޓްވިޓަރ އަށް ހުށައެޅުއްވީމާ ވަޤުތުން ބުލޮކް ކުރާނެ. ޤައުމެއްގެ ރައީސް-ކަން ކޮށްފައި ހުރި މީހަކު ހުށައެޅީމާ އަދި މާ-އަވަސް ވާނެ މައްސަލަ ބަލާ ބްލޮކު ކުރާލެއް. މިއޮއް ހުރިހާ ދުވަހު ބުލޮކް ކުރައްވަން އެދިވަޑައިނުގަތީ ކީއްވެ-ބާ؟

    13
  9. Anonymous

    ސިމްޕަތީ ހޯދަން ކުރާކަމަކާ ވައްތަރީ

    11
  10. ޟަގަރޭ

    ނަހުލާގެ ފޮޓޯތައް ލީކުކޮށްފަ އެންމެ ފަހުން އަތަށް ގޮވީދޯ ހަހަހާ

  11. Anonymous

    ޢެހެން މީހުން މޮޔަ ހައްދަން ހިޔަޅު އުޅެނީ

  12. ލާދީނީ

    ރައްޔިތުންގެ މަޖްލިހުގެ އިދާރާގެ ރައީސްކަމުގައި އިނދެ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިޓީ ފޮނުވުމަކީ ލަދުގަންނަށްޖެހޭކަމެއް. މިގައުމުގައި ތިނަށްކިޔާ އިދާރާއެއް މިހާރު ނުހުންނާނެ. ހުންނާނީ ދިވެހި ފުލުހުންގެ ޚިދުމަތްކިޔާތަނެއް. އެނަން ބަދަލުކުރީވެސް އެމީހުން.

  13. ޖަންގަލީގެ ރަސްގެފާނު

    ހިޔަޅަކީ ވިސްނުންތެރިކަމާ މަކަރުވެރިކަމުގެ މިސާލެއް. ނަޝީދު ފަދަ ބީތާއަކަށް ހިޔަޅެކޭ ބުނުމުން ހިޔަޅުގެ ކަރާމާތަށް އަރަގަނެވޭކަމަށް ދެކެން. ވީމާ އެގޮތަށް ކަން ނުކުރުމަށް އިލްތިމާސް ކުރަން.