ނަޝީދު އުޅުއްވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އިންތިހާބަށް ނެރުއްވައިގެން އެމަނިކުފާނަށް ބޮނޑިއެއް ދޭން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ) ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސައިންމަނިކު ވިދާޅުވެއްޖެއެވެ.

ރޭ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ނަޝީދު އުޅެނީ 18 މަސްދުވަހު ވެރިކަން ކުރެއްވުމުގެ ފުރުސަތު އިބޫއަށް ދެއްވުމަށްފަހު ބާކީ މުއްދަތު ފޭރިގަންނަން ކަމަށެވެ.

" ނަޝީދާއި ކެނެރީގޭ މީހުން ބައިއަތު ހިފައިގެން މިއުޅެނީ އިބްރާހީމް މުހައްމަދު ސާލީހަށް ލޮޓިއެއް ދޭން ވެގެން ނިކަން ބަނިޔާދަން ރަނގަޅު މަޑުމަޑުންހުރި ޅ.އަތޮޅު ހިންނަވަރު ބޭފުޅުޅެއް އިބްރާހީމް މުހައްމަދު ސާލިހު ލައްވައި މިއުޅެނީ ދޮޅު އަހަރު ދުވަހުގެ ވެރިކަމެއް ކުރައްވާފައި ބާކީބައި ފޭރިގަންނަން" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މި ފަސް އަހަރުގެ ވާހަކަ ވަރަށް ރީއްޗަށް އެބޭފުޅުން ވިދާޅުވެ ދެއްވަންޖެހޭނެ ކަމަށާއި އެމްޑީޕީން މިއަށް ޖަވާބު ދެއްވަން ޖެހޭނެ ކަމަށެވެ.

ނިހާން މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ޖުމުހޫރީ ޕާޓީން ބުނެފައިވަނީ ކޯލިޝަނުން ވަނީ ފަސް އަހަރުގެ ދައުރަކަށް ވައުދުވެފަ ކަމަށާއި ދޮޅު އަހަރުވުމުން އިބޫ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ މިހެން ވާނެ ހެން ހީވާތީ ފަސް އަހަރުގެ ދައުރެއް އިބޫއަށް ލިބޭނެކަން އަދިވެސް ކަށަވަރެއް ނޫން ކަމަށާއި ނަޝީދަށްވުރެ ގިނަ ދޮގުހެއްދެވި ބޭފުޅަކު ރާއްޖެއަށް އުފަންވެފައިނެތް ކަމަށެވެ.

" ކެނެރީގެ މުހައްމަދު ނަޝީދަށްވުރެ ބޮޑު ދޮގުވެރިއަކު. އޭނައަށްވުރެ ބޮޑު ދޮގުތައް ހެދިމީހަކު. ރާއްޖޭގެ ވަލިއްޔުލް އަމުރުކަމާ ހަވާލުވެގެން އެންމެ ކުރުމުއްދަތުގައި އެންމެ ގިނަދޮގުތައް ހެދި މީހަކީވެސް ހަމަ ކެނެރީގެ މުހައްމަދު ނަޝީދު،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އޭނާ އެގޮތަށް ވިދާޅުވެގެން ނަޝީދާއި އެމަނިކުފާނުގެ އާއިލާއިން ވަޑައިގަންނަވާނެ ކޮންމެ ކޯޓަކަށް ވަޑައިގެންނެވިޔަސް މައްސަލައެއްނެތް ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ނިހާނު އައް ޕީޕީއެމް އިން ވަރުގަދަ ދޯކާއެއް ދޭނެ ކިތަންމެ ފުއްޕާފަ ހަޅޭއް ލެވިޔަސް

  2. އެމްޑީޕީ

    ނިހާނު އައް ޕީޕީއެމް އިން ވަރުގަދަ ދޯކާއެއް ދޭނެ ކިތަންމެ ފުއްޕާފަ ހަޅޭއް ލެވިޔަސް

  3. Anonymous

    ނިހާންވިސްނާ ފިކުރުކުރޭ އަދި ލިސްޓްކުރޭ ނިހާންގެ ވެރިޔާ ދީފަހުރި ބޮނޑި

  4. މޯޖޯ

    ކެނެރީގޭ ކަލޭގެފާނު އަތްދަމާބަހައްޓާފަ ކަންކަށިމަތީ ޖެހިޔަސް އިބުރާހިމް މެނަށް ވާނީ ފިރުމާލާކަމަށް. އެއީ އެވަރަށް ގުއިކައިފަ ތިބީމަ.

  5. ހުސޭނާ

    ޕުއްޕޫ ބަލައްޗޭ ޟަހީމު އަށް ޔާމީނު ދޭނެ ލަނޑު ،ހަމަ އަހަރެއް ވީ ޖަލަށް ، ނައިބުކަން ދޭނީ ސަން ޟިޔާމް އަށް އެހެންވެ ޟިޔާމު ބޮޑާ ނުހާކާއެހެރީ ތެދެއް އިބޫ އެއްލާލާނެ ،

  6. މީހެއް

    ނޝީދު ވެރިކަން ކުރިއިރުވެސް ނިހާނުމެންނަކަށްވެސް ލަނޑެއް ނުދޭ ޖަލަކަށްވެސް ނުލާ. ތިމީހުން އަމިއްލަޔަށް ތިމީހުންގެ މީހުންވެސް ޖލަށް ލީ.

  7. އަބްދުއްލާ

    އެކުގާ ކުރެވިފާހުރިކަންކަން އެކަކު އަނެކަކަށް ގޮވައިފިނަމަ ލޯ މަރަން ވެސް ޖެހިދާނެ

  8. ޙަސަނު

    އަޅުގަނޑަށް ގަބޫލުކުރެވެނީ އަދީބުއާ ޔާމީންވެގެން ތިބޭފުޅާއަށް ވަރަށް ބޮޑު ލަނޑެއްދީފަހުރިހެން

  9. ޖޮއްބެ

    އިބޫ އަކީ ރީނދޫ ޕަޕެޓެކެވެ. އެހެންކަމުން އިބޫއަށް އޮތީ ރީނދޫމީހުންގެ ރޫޙާނީ ލީޑަރު ވަކި މަސައްކަތްތަކެއް ހަވާލު ކޮށްފައެވެ. އެކަން ރީނދޫ ކޮމެންޓް ކުރާ މީހުން ނަށްވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. ތިރީގައިއެވަނީ އިބޫއާ ހަވާލުކުރެވުނު މަސައްކަތެވެ.
    1- ވެރިކަމުގެ ހުވާކުރުން.
    2- އަންނި މިނިވަންކުރުން.
    3- އަންނިއަށް ނައިބުރައީސް ކަން ދިނުން.
    4- ވެރިކަމުން އިސްތިޢުފާ ދިނުން. މިއެވެ.

  10. މީހެއް

    ޔާމީން ކަލެއައްދީފަހުރި ލަނޑުކުޑައީތަ

  11. ރީނދޫ

    2018 ޔާމީން ޝަހީމް