ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރައްވާނީ އެމަނިކުފާނު ސިޔާސީ ވާހަކަ ދުވަހަކުވެސް ދައްކަވަން ކެރިވަޑައި ނުގަންނަވާހާ "ބޮޑުތަނުން" ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން އއ. ތޮއްޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން މިގައުމު މިހާރު ހިންގަވާ ގޮތަށް ހިންގަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ކަމަށެވެ.

"ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރައްވާނީ އެމަނިކުފާނު ސިޔާސީ ވާހަކަ ދުވަހަކުވެސް ދައްކަވަން ކެރިވަޑައި ނުގަންނަވާހާ ބޮޑުތަނުން , ރައްޔިތުންނެއް ރައީސް ޔާމީން ބަލައެއް ނުގަނޭ ,ރައްޔިތުން ބޭނުންވަނީ ޖަޒީރާވަންތަ ގައުމެއް" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އިދިކޮޅު ވެރިކަމެއްހައި ރާއްޖެއަށް ޖަޒީރާ ފަތުރުވެރިކަމެއް ތައާރަފް ކުރައްވާނެ ކަމަށެވެ. އޭގެ ދަށުން ރަށުގެ ފަތުވެރިކަމުގެ ޕްލޭން ހެދުމަކީ ކައުންސިލުން ހަދާ އެއްޗެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ.

"ރަށު ކައުންސިލަކީ ރަށުގެ ފްރޮންޓް އޮފީސް ކަމުގައި ވެގެންދާނެ. ހަމަ އެހެންމެ ރަށުކައުންސިލްގެ ރައީސކީ އެއީ ރަށުގެ ޖެނެރަލް މެނޭޖަރު ކަމުގައި ވެގެންދާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ މި ގޮތަށް ހަދަން ބޭނުންވަނީ ތޮއްޑޫފަދަ ފަތުރުވެރިކަން އޮންނަ ރަށްރަށް ދުނިޔެއަށް މާކެޓު ކުރުން ކަމަަށެވެ. . އެހެން ކަމުން ކައުންސިލުން ކުރަންޖެހޭ އެއް މަސައްކަތަކީ ތޮއްޑޫ ފަދަ ރަށްރަށް ޕްރޮމޯޓު ކޮށް ރަށާބެހޭ މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހެދުން ކަމަށާއި އެ ވެބްސައިޓުން ރަށާ ބެހޭ ހުރިހާ މައުލޫމާތެއް ލިބެން ހުންނާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ތޮއްޑޫފަދަ ދަނޑުވެރިކަންކުރާ އަންހެނުންނަށް ޚާއްސަ އިނާޔަތެއް ދެއްވާނެ ކަމަށާއި ދަނޑުވެރިކަމުގެ ރަށްރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނު ފީނުވަނީސް ވިއްކައި ފައިސާލެބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަށްދު

    ކަލޭ އެކަނިތަ ހުރިހާ އެންމެންގެ ވޯޓް ލަނީ

  2. ޢަލީ

    ތިފަދަ ވާހަކަތަކުން ބަޔަކަށް ހިއްވަރެއް ލިބުނަސް ޤަބޫލުނުކުރާމީހުން ގިނައީ، ބުނީމެއްނު، ރަމަޟާންމަހު ރޯދަހިފަން ފަށާނީ ރައީސް ޔާމީން ގެއަށް ފޮނުވާލަފައޭ، އަދި ޢީދުކުރާނީ ގެއަށް ފޮނުވާލާފައޭ، މިނިވަންދުވަސް ފާހަގަކުރާނީ ގެއަށް ފޮނުވާލާފައޭ، އިންތިޚާބަށް ކުރިމަތިލާނީ ގެއަށް ފޮނުވާލާފައޭ، ތީ އެފަދަ ވާހަކައެއް، ތީ އެއްވެސް ބާރެއް އާރެއް އޮތް ބައެއްނޫން، ވެރިކަމާއި އާރާއި ބާރު ދެއްވަނީ، ގެންދަވާނީވެސް އެކަލާނގެ، ތީ އެކަން ޤަބޫލުނުކޮށް މަމީ އެންމެ ބާރުގަދަމީހާއޭ ހިތައްއަރައިގެން އުޅޭބައެއް،

  3. ލަތީފް ހަސަބް

    ހަސަން ލަތީފަކީ ހާދަ ގޮތްނެތް އިންސާނެކޭދީ

  4. އަލީ

    އިންޝާﷲ މިފަހަރު ބޮޑު ތަފާތަކުން ރައީސް ޔާމީން ކާމިޔާބު ކުރާނެ.

  5. ާއަހުމަދު

    ޙަސަން ކަލޭ މޮޔަވީތަ ކުރިން ނުކުރެވުނުކަމެއް ދެންކުރެވިދާނެތަ؟

  6. ޙާލުގެ ދުލުން

    ޙަސަން ލަޠީފު ފަރަށްދޭ. އިންޝާﷲ ރައީސް ޔާމީން އެއްލަކިން

  7. ދޮންޔޫސުފު

    ހަސަނު ދެފައިދަނޑިއަށް ތިކަން ކުރެވޭނީ.

  8. ޙަސަން

    ާތިމިހާރު ފެއިލް ވެފަތިބިބައެއް

  9. ހަސަނު

    ހަސަނާ ނުވާނެ ކަންތަކުގެ ވާހަކަ ނުދައްކާ.މިއޮޑިއެއް ނުފެތޭނެ އޭ ކިއަކިއާ ތިއްބާ އޮޑިވެސް ފެތުނީ

  10. މުހައްމަދު

    ތިކިޔަނީ ހަޑިއެއްޗެއް. ސިޔާސީ ވާހަކަ މިހާރުވެސް ނުދައްކަންވީ ތިޔަބއިގަންދު.
    ތިޔަތިބީ ސިޔާސީގޮތުން ފެއިލްވެފާ. އުޅެއުޅެވެސް މިސަރުކާވެއްތޓިނުތަކަލޯމެންނަށް ވިތާ އެކަން.

  11. ސްކޯރޕިއަން

    ރައީސްޔާމީނަކީ މިހާރު ތިވިދާޅުވާވަރަށް ވުރެ މާބޮޑަށްވެސް ރައްޔިތުންގެ އިހްސާސް އެގިވަޑައިގެން ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައް ދުރާލާރާވައިގެން ޤައުމު ހިންގަވަން ނިކުމެ ހުންނެވި ދެވަނައެއްނެތް ފަހުލަވާނެއް. ތިބުނާ ކަންތައް ކުރެވޭވަރެއްނެތް ތިއިދިކޮޅު އިއްތިހާދަކު. ސިޔާސީ ވާހަކަދައްކަވާނީ ގޮަންޖައްސަވާފަ ހަމަ ރައީސްޔާމީނު. ތިމީހުން ކިޔާނީ ވަރަށްސާފު ދެލަފުޒެއް ސިޔާސީގޮތުން. އެއީ ޙައްޤުހޯދައިދޭނަން، އިންސާފު ޤާއިމްކޮށްދޭނަން. ތިބުނާ ބައްޔެއްނުކުރެވޭނެ. އެއަށްވުރެ މާބޮޑަށްވެސް ޤާނޫނާއި އިޤތިސާދު ރައީސް ޔާމީނުހުންނެވީ އެގިވަޑައިގެން. ނިކަންބައްލަވާ މިރާއްޖޭގެ ހަމަހިމޭންކަން.

  12. ހުސޭނުބޭ

    ހަސަނާ! ލަދު ކޮބައި! ލަދެއް ހުންނަނަމަ މިނިސްޓަރުކަމުގައި ހުރެ އެތަކެއް މިލިއަން ރުފިޔާ ދަވާލުމަށްފަހު ތިހެން ކިޔާކަށް ރައްޔިތުން ކުރިމައްޗަށް ނުކުންނާކަށް ނުކެރޭނެ.

  13. އަލީ

    ކަލޯ ތިޔަ ބުނާ ކައުން ސިލް ތަކުގަ ތިބެނީ ކިރިޔާ ލިޔަނ ކިޔަނ އެނގޭ މީހުން ދެން ކޮން ޕލޭނެއްތަ ހެދޭނީ ދހެނވެސ ރައްޔިތުން ގުބޯނުހައްދާ ކަލޭވެސް ބޭރައްގޮސް ފިލޭތޯ ބަލާ

  14. ފާއިޒް

    ބަލަ ބޯ ގަމާރާ ރައްޔިތުން ބޭމުންވަނީ ވަސީލަތްތަަކާއެކު ތަރައްގީވެފައިވާ މުޖްތަމައެއްގައި އުޅެން ކޮން ޖަޒީރާއެއް ބޮޑުތަނުން އެމް ޑީ ޕީގެ ސޯޓު ބޭލޭނެ މިފަހަރު ތިބޭ ބަލަން ރައްޔިތުން ބަރު ދައްކާނެ ކަމެއް ނެތް ....