އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރީރެޖިސްޓްރޭޝަންގެ މަރުހަލާގައި އޮޅުވާލައިގެން ފޯމުތައް ހުށައަޅާފައިވާ ކަމަށާއި އެކަންކުރި ފަރާތްތަކާއި ދެކޮޅަށް ޖިނާޢީ ދައުވާކުރައްވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރީ-ރެޖިސްޓްރޭޝަން އޮޅުވާލުމަށް އެއްވެސް މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިނުވާނެ ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުން އެއްވެސް ހާލެއްގައި ރީ-ރެޖިސްޓްރޭޝަން އޮޅުވާލުމަށް އެއްވެސް މަސައްކަތެއް ކޮއްފައެއް ނުވާނެ, އެއްވެސް ފޯމެއް ރީ ރެޖިސްޓަރ ކުރަން އިލެކްޝަން ކޮމިޝަނަށް ވެއްދީމަ ނޫނީ އަޅުގަނޑުމެން އެ ފޯމެއް ރީ ރެޖިސްޓްރީ ކޮއްފައެއް ނުވާނެ " ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޮޅުވާލާފައިވާ ކަމުގައި ވަނީ ނަމަ އޮޅުވާލީ އެ ފޯމް ވެއްދި ފަރާތްތަކުން ނުވަތަ ސިޔާސީ ޕާޓީތަކުން ކަމަށާއި ރީ ރެޖިސްޓްރޭޝަން އާއި ގުޅޭ މައުލޫމާތު ހާންމަ ކުރުން ލަސްވެގެން ދަނީ ހަގީގަތުގައި ފޯމްތަށް ވައްދާފައި ހުރި ފަރާތްތަކުން އޮޅުވާލުމާއި ކަންކަން ކުރަމުން ދިޔުމުން ކަމަށެވެ.

"އިންތިހާބުގެ ކަންކަން އޮޅުވާލުމަށް މައްސަކަތް ކުރި ހުރިހާ އެންމެން ގޮވައިގެން އަޅުގަނޑުމެން ދައުވާ ކުރާނަން ރީރެޖިސްޓްރޭޝަންގެ މަރުހަލާގައި އޮޅުވާލައިގެން ފޯމުތައް ހުށައަޅާފައިވާ ކަމަށާއި އެކަންކުރި ފަރާތްތަކާއި ދެކޮޅަށް ޖިނާޢީ ދައުވާކުރާނަން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މީޑިއާތަކަށްވެސް ވަނީ ކޮމިޝަނުގެ ބަހެއް ނެތި ކޮމިޝަނާއި ގުޅޭ ކަންކަމުގައި ޚަބަރު ފަތުރާފައި ކަމަށާއި އެފަދަ ހަބަރު ފަތުރާ ފަރާތްތަކާއި ދެކޮޅަށް ވެސް ކަމާއި ބެހޭ ފަރާތްތަށް މެދުވެރިކޮށް މައްސަލަ ބަލާނެ ކަމަށެވެ.

މި ރަސްމިޔާތުގައި ޝަރީފް އިތުރަށް ވިދާޅުވީ، ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދު ރަސްމީކޮށް ހުޅުވާލާ ކަމަށެވެ. ކެމްޕެއިން ކުރުމުގައި އަނެއް ކެންޑިޑޭޓްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނަ ފަދަ ނުކުރުމަށާއިި އަނެއް ކެންޑިޑޭޓާ ގުޅޭ ގޮތުން ދޮގު ވާހަކައެއް ނުދެއްކުމަށާއި ގާނޫނާ ހިލާފު ކަމެއް ނުކުރުމަށް ޝަރީފް އިލްތިމާސް ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ސާބަހޭ ޝަރީފް

  2. Anonymous

    ތިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ފިތުނަ އުފެއްދުން އޭގައިހިމެނޭ. ކަނޑައެޅިގެން ރައްތިތުންގެ ހިތްތަކުގައި އީސީއާމެދު ނަފުރަތު އުފެއްދުމަށް ގއ ވިލިނގިއްތަށް ނިސްބަތްވާ ބަޔަކު ކުރި އަމަލެއް އެއީ

  3. Anonymous

    އޮޅުވާލީ ކުށްތަކުންބަރީޢަވެފައިވާ ޕާޓީ ޕީޕީއެމް ކުދިން ކެރެންޏާ އެމީހުން ގޮވައިގެން ކޯޓަށް ދޭބަލަ

  4. ސަނދުވާ

    ތިޔަ ހުރިހާ ނުބައެއް ހަދާފަ އޮންނާނީ މިއުޅޭ ލައްވާނުލާ ގްރޫޕް. ޔަޤީން. އިލެކްޝަން ބަދުނާމްކުރަން ހިނގާފައިއޮތް ޖަރީމާއެއް ތިޔައީ.

  5. ސަނދުވާ

    ތިޔަ ހުރިހާ ނުބައެއް ހަދާފަ އޮންނާނީ މިއުޅޭ ލައްވާނުލާ ގްރޫޕް. ޔަޤީން. އިލެކްޝަން ބަދުނާމްކުރަން ހިނގާފައިއޮތް ޖަރީމާއެއް ތިޔައީ. ހަރުކަށިފިޔަވަޅު އެޅުމަށް ގޮވާލަން.