ފުލުހަކު ގެއަކަށް ވަނުމުން މަޑުއްވަރީ ޒުވާނުން އަޑުއުފުލަނީ – ފޮޓޯ: މަޑުއްވަރީ އޮންލައިން
ފުލުހަކު ގެއަކަށް ވަނުމުން މަޑުއްވަރީ ޒުވާނުން އަޑުއުފުލަނީ – ފޮޓޯ: މަޑުއްވަރީ އޮންލައިން

ރ.އަތޮޅު މަޑުއްވަރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ރޭ ދަންވަރު މީހެއްގެ އަނތްބެއް ދިރިއުޅޭ ގެއަކަށް ވަނުމުން އެ ފުލުސްމީހާ ރަށުން ބާލައިފިއެވެ.

މަޑުއްވަރިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ފުލުސް މީހާ އަންހެން މީހާ ދިރިއުޅޭ ގެއަށް ވަނީ ދަންވަރު 01:00 ޖަހަން އުޅެނިކޮށެވެ. ރަށުގެ ޒުވާނުން އެއްވެ އަޑު އުފުލަން ފެށި ނަމަވެސް އޭނާ ގެއިން ނިކުތީ ފުލުހުންގެ ވެހިކަލް ގެނެސްގެން 02:30 ހާއިރު އެވެ.

ފުލުސް މީހާ އެގެއަށް ވަނީ ފުލުހުންގެ ވެހިކަލްގައި ގޮސް ކަމަށް ވެއެވެ. ގެއިން ނިކުމެގެން އެނބުރި އޭނާ ދިޔައީ ވެސް ފުލުހުންގެ ވެހިކަލްގައެވެ.

ރޭ ފަތިހު 4:45 ހާއިރު ފުލުސްމީހާ ވަނީ އެ ރަށުން ބާލާފައެވެ.

މީގެ ކުރިން ވެސް ބައެއް ފުލުހުން ހިލޭ އަންހެނުންނާއި އެކު އެކަރި ތަންތަނުން ފެނިގެން ބައެއް ރަށް ރަށުގެ މަސްލަހަތު ގޯސްވެފައި ވެއެވެ. މިފަދަ މައްސަލަތަކުގައި ބައެއް ފުލުހުން މަސައްކަތް ކުރާ ތަން ބަދަލުކޮށް އެ ފުލުހުންނާއި މެދު ފިޔަވަޅު ވެސް އަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފުލުސްމީހާ އެގެޔަށް ދިޔައީ އެމީހާއށް ކައިރި ބުނެގެން ދޯ..... މޮޔަ ނުގޮވާ އެއަންހެންމީހާ ބޭނުންވެގެން ފުލުސްމީހާ އެގެޔށް ވެއްދީ... އޭގެ މައްސަލައަކީ ކޮބާ ؟

    • ޙަރާމް ކަމެއް ކުރަން ކިތަންމެ ބަޔަކު އެއްބަސްވިޔަސް އެ ވާނީ ހަމަ މައްސަލަޔަކަށް...

      ތަންދޮރު ނޭގޭ ނަމަ އަނގަނުހުޅުވާ އެއްޗެހީގަ ކޮމެންޓް ނުކޮށް ތިބެ ބަލަ...

      ތިމާގެ ނުބައިކަން ނުވަތަ ތިމާގެ ޖާހިލުކަން އެހެންމީހުނަށް ފަޟީޙައްނުކޮށް

  2. އަންހެން މީހާގެ ރުހުމުގައި ވަން ކަމަށްވަނީވިއްޔާ އަންހެން މީހާއަށް ވެސް އަދަބު ދެވެން ޖެހޭނެ

  3. ފުލުސްމީހާ ވަންނަން ހުއްދަ ދިން އަންހެންމީހާ ގެ ކުށެއް ނެތްދޯ!!!!!

  4. އަންހެންމީހާބޭނުންވިޔަސް ފުހުންވެސް ވަދެގެންނުވާނެ. ފުލުސްމީހާ ބޭނުންވިޔަސް އަންހެންމީހާވެސް އޭނަ ވައްދައިގެން ނުވާނެ. ތިކުރީ ރީތިކަމެއްކަމަށް ނުވަތަ ރުހިއްޖެނަމަ މައްސަލައެް ނެތްކަމަށް ކޮމެންޓުތަކުގައި ހުރުމަކީ ކަންބޮޑުވާންޖެހޭކަމެއް.

  5. ޙުސައިން މ. މުލި

    ތީތި ކަޑަ

  6. މިކަމަކީ ވަރަށްހިތާމަ ކުރާއް ޖެހޭކަމެއް

  7. މުސާރަ ބޮޑުވީމަ ލާރިކޮޅު ހިފައިގެން ތިޔަމަންޖެއާ ހަވާލުކުރަން ދިޔައީބާ،