ބަންދުގައި މީހުން ބައިތިއްބާ ގޮޅިތައް ހޫނުވިޔަ ނުދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްޑް (އެޗްއާރްސީއެމް) އިން ދާއިރާތަކަށް އަންގައިފިއެވެ.
ރާއްޖޭގެ އިހްސާސް ކުރެވޭ ފިނިހޫނުމިން 43 ޑިގްރީގައި ހުރިކަން މެޓް އޮފީހުން ހާމަކޮށްފައި ވާތީ އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި އަދި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ހިންގާ މީހުން ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުން އެޗްއާރްސީއެމް އަށް ހުށަހަޅާ މައްސަލަތަކުންނާއި ކޮމިޝަނުގެ ފަރާތުން އެފދަ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި، ގިނަ ފެސިލިޓީތަކުގައި އާންމު ދުވަހެއްގައިވެސް ހޫނު ގަދަކަން ފާހަގަކުރެވިފައިވާކަމާއި ގިނަ ގޮޅިތަކުގައި ވައި ދައުރުވުމުގެ މައްސަލަތައް ހުންނަ ކަމަށެވެ.
އެހެންކަމުން މިވަގުތު ރާއްޖޭގެ ހޫނުމިން މަތިވަމުންދާ މިންވަރަށް ރިއާޔަތްކޮށް، ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރާއި އަދި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކާއި، ނޭޝަނަލް ރީ-އިންޓިގްރޭޝަން ސެންޓަރާއި މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ހާއްސަ ސަމާލުކަމެއް ދެއްވާ، މުއައްސަސާތަކުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް ހަމަޖައްސަވަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް ރެކްޝަނަލް ސަރވިސް އަދި ފުލުހުންނަށް އެޗްއާރްސީއެމް އިން ވާނީ އިލްތިމާސްކޮށްފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ ހޫނުމިން މައްޗަށް ދާތީ ބަންދު މީހުންނާއި ގުޅޭ ގޮތުން އެޗްއާރްސީއެމް އިން ބަޔާނެއް ނެރުނުއިރު ބުރާސްފަތި ދުވަހުން ފެށިގެން ހޫނުމިން ދަށަށް ދާނެކަމަށް މެޓް އޮފީހުން އޮތީ ބުނެފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްޑް އަށް ގޮވާލަން ވަޅިޖަހާ މަރާލެވޭމީހުންގެ ހައްގު ކަށަވަރުކުރުމަށް މަސެތްކަށް ކުރުމަށް.
ކުއް ކޮށްގެން ބަންދުގައި ބައިތިއްބާ މީހުންގެ ގޮޅި ހޫނު ނުކުރުމަށް އެޗްއާރް ކޮމިޝަނަށް ގޮވާލެވޭ.. އެހެންނަމަވެސް ސަރުކާރު ސްކޫލުތަކުގައި ކިޔަވަމުން ދާ ކުދިންގެ ކްލާސްރޫމްތަށް ހޫނު ވިޔަސް އެކަމަށް ފިޔަވަޅެއް ނޭޅޭ.. ގިނަ ސްކޫލް ތަކުގައި ކްލާސް ރޫމްތައް މިހާ ހޫނު ގަދަ ދުވަސްވަރުތަކުގައި ތިބެލަން ވަރަށް ދަތި... ގައުމު ތަރަށްގީ ވިޔަސް ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އަދިވެސް ހުނަނީ ފަންކާ އިން ފިނި ކުރާ ގޮތަށް.. 🙁
ކުއްކުރާ މީހުންނަށް ފިނި ކޮޓަރި،،، އެމީހުން އަނިޔާވެރިވި މީހުންނަށް؟
ހުރުމާކެއުން ލިބެންޖާ އޭސީ ވެސް ލިބެންޖެހޭނެ ތިކަމަށް ތާއީދު
ނަރަކަ މިއަށްވުރެ ހޫނުވާނެ