ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުމާއެކު ކަރަންޓް ބޭނުން ކުރާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ދައްކައިފިއެވެ.

މިދިޔަ އޭޕްރިލް މަސް ވެގެން ދިޔައީ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވި ދުވަސްކޮޅަކަށެވެ. އަދި ގިނަ ގެތަކުގެ ކަރަންޓް ބިލްވެސް ވަނީ ބޮޑުވެފައެވެ.

މިދިޔަ މަހު މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، އިއްޔެ 3:00 އާ ހަމައަށް ކަރަންޓް ލޯޑް މާލޭގައި ހުރީ 66051 މެގަވޮޓުގައި ކަމަށާއި، ހުޅުމާލޭގައި 23458 މެގަވޮޓުގައި ހުރިއިރު، އެހެންކަމުން ޖުމްލަ 93026 މެގަވޮޓަށް އަރާ ކަމަށެވެ.

ނަމަވެސް މިއަދު މެންދުރު ފަހުގެ އެ ގަޑިއާ ހަމައަށް އައިއިރު، އެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އެގޮތުން މިއަދު 3:00 އާ ހަމައަށް ކަރަންޓް ލޯޑް މާލޭގައި ހުރީ 53343 މެގަވޮޓުގައި ކަމަށާއި، ހުޅުމާލޭގައި 18843 މެގަވޮޓުގައި ހުރިއިރު، އެހެންކަމުން ޖުމްލަ 74727 މެގަވޮޓަށް އަރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުދާ

    ބަލަ މިއަށްވުރެ މާހޫނު ގަދަ އަހަރު ތައް ހިނގައްޖެ ދުވަހަކުވެސް މިކަހަލަ މައުލޫމާތެއް ހާމަ ނުކުރޭ، ނަމަވެސް ކުއްލިއަކަށް އެންމެ ހޫނު މަޑު އަހަރު މި މައުލޫމާތު ތަކުރާރުކޮށް އަބަދު ކިޔަން ފެށީ މަޖްލީހު ކެމްޕޭނަށް ސްޓެލްކޯ ހުރިހާ އާލާތް ތަކާއި ވަސީލަތްތައް ބޭނުން ކޮށް އޭގެ އަގު ރައްޔިތުން އަތުން މި ނަގަނީ. އާދައިގެ ދިވެއްސަކަށް މީ ވަނީ ކީއްކަން ނޭނގި ނުހުންނާނެ، މީ އިންޑިއާ މޯދީ ގެ އަޅު އިންޑިއާ ގަމާރުންނެއް ނޫން.

  2. ސޯލިބޭ

    އެކަމަކު ވިއްސަރަ ވީމަ ބިލް ކުޑައެއްނުވާނެ ދެއްތޯ ލޯޑް ކުޑަވިޔަސް

  3. Ahmed

    ކަރަންޓް ބިލް ކުޑަވާނެ ހެން ހީވޭތަ

  4. ދިދަ ދަނޑި

    އެހެންވިއްޔާ ބިލުވެސް ކުޑަވާން ޖެހޭނެތާ…