އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު ފިލައިފިއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެރަށު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރު ކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގޮޅިން ނެރެފައި ހުއްޓާ ފިލާފާއިވާ ކަަމަށެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭނައަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅުވައި، ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލި ކަމަށް ބުނެ މީސް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ދެކެވެމުން ދަނީ ތެދު މައުލޫމާތުތަކެއް ނޫން ކަމަށެވެ.

"އަދި ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވޭ". އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހަންމަދު

    ޕޮލިސް ފޭލި އަންދަވާފަ ބެޗީ.
    އިސްތިއުފާ.

  2. މައިނޯރިޓީ ހިއްސާދާރު

    ހައިރާނެއްނުވޭ! އިމުރާނާއި ސީޕީ ހަމީދު ޕޮލިހާ ހަވާލުވިފަހުން މުޅި ޕޮލިސް ބަކަރި ކޮއްޓަކައް ހަދައިފި. ބަކަރިކޮށިން ބަކައްޓެއް ފިލައިފިއްޔާ ތިބޭފުޅުން ހައިރާއްވާނެތޯ.....

  3. ފާތުން

    މިތިބަ ނާޤާބިލް ދިފެހި ފުލުހުންތަކެއް ރާއްޖޭގަ. މީހަމައެކަނި ލިބޭ މުސާރައަށް ތެޅޭބައެއް. ޢެއްވެސް އުރައްޕެއްނެތް ކަޑަ ފުލުހުންތަކެއް ރާއްޖޭގަ އުޅެނީ.

    3
    2