ޗާގޯސް މައްސަލައިގައި ދިރާސާ ނުކޮށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ފަތުވާ ނެރެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝަހީދު އެގޮތަށް ވިދާޅުވީ ޗާގޯސް މައްސަލައިގައި އެންމެ ފުރަތަމަ ރާއްޖޭގެ ސިޔާސަތު ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޝަހީދު ފޮރިން މިނިސްޓަރުކަމުގައި ހުންނެވި އިރު ކަމުގައި އާޒިމާ ވިދާޅުވުމާއި ގުޅިގެން ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެހެން ނަމަވެސް ޝަހީދު ވިދާޅުވީ އޭނާގެ ފޮރިން މިނިސްޓަރުކަމުގައި ޗާގޯސްގެ ސިސާޔަތު ބަދަލު ނުކުރާ ކަމަށެވެ. އަދި 2010 އިން ފެށިގެން ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްއަށް ލިބެން ޖެހޭ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"1968، 1983، 1997، 2002 އަދި އެ ނޫން ވަގުތަކުގައި ވެސް ހާމަ ކުރީ ހަމަ އެ ސިޔާސަތު.". ޝަހީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ 2010 ވަނަ އަހަރު ބައިލެޓަރަލް ވާހަކަތައް މޮރިޝަސްއާއެކު ބޭއްވީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ކަމަށާއި އަދި އީއީޒެޑް ޒޯން ބަހާލަން ނޫން ކަމަށެވެ.

"ކަންކަން ދިރާސާ ނުކޮށް ފަތުވާ ނެރުމަކީ ވަރަށް ދެރަކަމެއް" ޝަހީދު ވިދާޅުވުއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުމަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ވަނީ ރާއްޖެއަށް ބޮޑުބައެއް ލިބޭ ގޮތަށް ނިންމާފައެވެ. އެ ނިންމުން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަންޑިކުޑަ

    ދެވެރިން ޒުވާބު ކުރިއަކަސް މިއީ ދެން ނުވާ ކަމަކަށް ނުހެދޭނެ. ކަން އެ އޮތީ ނިމިފާ! ދެނެއް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ވަރިކަށް އަރާ ބަޔަކު ބަލަނީ ޤައުމު ވިއްކާ ލައިގެން ވިއަސް އެވެރިން ވެރިކަމުގައި ދެމިތިބެވޭނެ ގޮތެއްވޭތޯ. ކޮންމެހެން ރައްޔިތުންގެ އިޙުސާސް ތައް ދަނެގަނެގެން ވެރިކަން ކޮއްދޭނެ އެއްވެސް ވެރިއަކު އަދިއެއް ރައްޔިތުންނަކަށް ނުފެނޭ. އަބަދުވެސް ބަލަނީ ތިމާމެންގެ އަންބޮޑި ބޮޑު ކުރެވޭނެ ގޮތެއް ވޭތޯ. ވ ވެދުން.

  2. ޑރ ޒަންޖަބީލު

    ހީވަނީ ޟަހީދު އަކީ އޯޓިސްޓިކު މީހެއްހެން ނޫނީ މީނަގެ ދޫ އޯޓިސްޓިކު

  3. އަބްދޫ

    1905 ވަނަ އަހަރު ޖެނުއަރީ 11 ވީ ބުދަ ދުވަހު ޖަޕާނުގެ ނޫހެއްގަ ލިޔެފަ ވޭ ޗާގޯސް އަކީ ރާއްޖޭގެ ބައެއްކަމަށް،

  4. އަބްދޫ

    ފަތުވާނެރެނީ ލިއުންތަކުންނާއި ފޮޓޯ އިން ފެންނަންހުރި ހަގީގަޔް

  5. ސައްޔިދުލް ޤައުމި

    ދޮގު ހަދަމުން ހަދަމުން ގޮސް ޑިމޮކްރެސީގެ ފޯރީގަ މައިންބަފައިން ވެސް ނޭނގޭ ވަރަށް މި މީހުންނަށް ދޮގު ހެދިއްޖެ . މިހެންވެގެން ގޮސް ރަށްފުށު މީހުންނަށް ވާނުވާއެއް ނޭނގި ކޮސްވެފަ އެތިބީ

  6. ރާއްޖެތެރެ

    މިކަމުގަ ޑޮލަރު ދޮލަގު ނެގިމީހުން ވަރައްގިނަ

  7. ޕަޕެޓް

    ވ ދެރަ ތިޔަކަހަލަ ޤައުމިއްޔަތެއް ނެތްމީހުންގެ ސަބަބުން މިޤައުމުގެ ހާލަތު މިހިސާބައް ދިޔައީ ތިޔަހުންނަނީ ރާއްޖޭން ނުފޫޒު ފޯރުވޭވަރުގެ މަޤާމެއް ނުލިބޭތީ ރާއްޖޭންބޭރުން އެކަހަލަ މަޤާމެއް(ދޭތެރެޖައްސާ)ހޯދައިގެން ދެންހެވެއްނު ރާއްޖެއައް ކޮންމެގޮތެއްވިޔަސް