ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކުލީގެ ގޮތުގައި މަހަކު 6،300ރ. ދައްކަން ޖެހޭ ގޮތް ހަދައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ދައްކަން ޖެހޭ ކުއްޔަށް ލުޔެއް ދިނީ ހަތް އަހަރު ދުވަހު ކަމަށެވެ. އެގޮތުން ހަތް އަހަރު ވަންދެން ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 5،300ރ. އާ ކަމަށާއި ހަތް އަހަރު ނިމުމުން 7،500ރ. ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި މަހުން ފެށިގެން ހިޔާގައި ދިރިއުޅޭ މީހުން މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 6،300ރ. ދައްކަން ޖެހޭނެއެވެ. ހަތް އަހަރު ފަހުން، މިހާރު ވެސް ކުލި ދައްކާ ގޮތަށް މެއިންޓަނަންސް ފީގެ ގޮތުގައި ދައްކާ 1،000ރ. އާ އެކު، މަހަކު 8،500ރ. ދައްކަން ޖެހޭނެއެވެ.

އަކްރަމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

މިއާ އެކު، ފްލެޓަށް ލޯންގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުރިން 25 އަހަރަށް ބަހާލާފައި އޮތް ނަމަވެސް، މިހާރު އެ މުއްދަތު ވަނީ 27 އަހަރަށް ބަހާލައިފައެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެންމެ ފުރަތަމަ ކުލީގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައި އޮތީ މަހަކު 10،500ރ. އެވެ. އަކްރަމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އަޑު އަހައި، މަހަކު ދައްކަން ޖެހޭ ކުލި 7،500ރ. އަށް ކުޑަކޮށްދީފައި ވާނެ ކަމަށެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން އޭގެ ފަހުން ވެސް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިފައިވާ ކަން އަކްރަމް ފާހަގަ ކުރެއްވިއެވެ. އަދި ހިޔާ ޔޫނިއަންގެ ފަރާތުން ވެސް ރައީސްއާ ބައްދަލުކޮށް، އެ ފަރާތްތަކުން ވަނީ ރައީސަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.

އެ ހުރިހާ ކަންބޮޑުވުންތަކާ އެކު، ހިޔާ ފްލެޓުގެ ކުއްޔަށް ލުޔެއް ހޯދައި ދިނުމަށް ރައީސް ސޯލިހް ނިންމެވީ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ފްލެޓުތަކެކެވެ. އަކްރަމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިންމައި ހުރުމުން ވަރަށް ބޮޑެތި ތަކުލީފުތަކެއް ރައްޔިތުން އުފުލަން ޖެހުނު ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން އެއް ލައްކަ އާއި ދެ ލައްކަ ރުފިޔާގެ އަދަދެއް ފިނިޝިން މަސައްކަތަށް ހޭދަކުރަން ޖެހުނު ކަމަށް ލަފާ ކުރެއްވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންވެ، ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ވަކި ތަފާތެއް ނެތި، ލުއި ގޮތެއް ހަމަ ޖައްސައި ދޭން ރައީސް ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ސަރުކާރުން މުޅި ހިޔާ މަޝްރޫއަށް 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށްފައިވާ ކަމަށެވެ. މި ސަރުކާރު އައި ފަހުން، ފްލެޓުތަކުގެ %38 މަސައްކަތް ނިމިފައި އޮތް އިރު، އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމަން ފުރުސަތު ދިނުމުގެ ގޮތުން ކުލި ނުނަގާ 7 މަސް ވަން ދެން ކުލި ނަގާފައި ނުވާ ކަން އާތިފް ފާހަގަ ކުރެއްވިއެވެ.

އާބަންކޯ އިން ބުނި ގޮތުގައި ފިނިޝިން މަސައްކަތަށް ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން އެވްރެޖްކޮށް 130،000ރ. ހަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ބޭންކުން ނަގާފައިވާ ލޯންތަކާއި ފައިނޭންސް ސްކީމްތައް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނޫރު

    ވޯޓުގެ ފަހުން 7 އަހަރުވެސް ނުދޭނެ، މިސަރުކާރުގެ ވެރިން ގެއަށް ކަނޑާލާ.
    ރ. ޔާމިންގެ ފޮރމިއުލާ އަކީ އެކު ޖުމްލަ 5000 ރ. ގެއަށް ކަނޑާލާ ބާރު މުނުގައި ޕީޕީއެމް އެބަދުވޭ. އިންޝާ ﷲ 2023 އެއީ ރައްޔިތުންގެ ފަހަރު، އިންޑިއާގެ ގޮޑިކޮއްކޮ، ސަރުކާރު ނޭވާ ހޮޅިޔަށް އެޅި ގޮތް ހުސްވެ ނިމެނީ.

    69
    5
    • Anonymous

      މި ސަރުކާރުގެ މީހަކަށް ދޮގެއް ނުހަދާގޮތަށް އަނގަވެސް ހުޅުވާނުލެވެނީއޭ ދޯ. ކުރިން ހިޔާއަށް ކުލީގެ ގޮތުގައި ކަނޑައަޅަން އޮތީ 5500 ރުފިޔާ. އެއީ މެއިންޓަނަންސް ފީވެސް ހިމެނޭގޮތަށް. އެކަމަކު އަކްރަމަށް ފާފަވެރިނުވާގޮތަށް ހަމަ ހިނދުކޮޅަކުވެސް ނީނދެވިގެން ބޮޑު ދޮގެއް ހަދާލާ 10،500 ރުފިޔާއޭ ބުނެލާފި.
      މިމީހުން ހީވަނީ ސުވަރުގެ ވަދެވިދާނެތީ ބިރުން ތެޅިމަރުވާހެން. އެހެންޏާފަހެ ކޮންމެހެން ޖެހޭތަ ކުރީގެ ވާހަކަ ދައްކަން. ބުނީމަ ވީނު މިސަރުކާރުގެ ހެޔޮފުޅުކަމުން ސޯލިހުގެ ދީލަތިކަމުން ރައްޔިތުންދެކެ ވާލޯތްބެއްގެ ސަބަބުން ކުލީގެ ބުރަ އުފުލުން އިތުރު މުއްދަތަކަށް ދަންމާލީއޭ. އަޅެފަހެ މީހަކު ހަލާކުވެދާނެ.

      30
      2
  2. ހެ

    އޭރު ނުވިކަމެއް މިހާރު ކިހިނެއް މިވީ. ވޯޓު ދޯ. ނުވާނެ ތިކަމެއް

    65
    3
  3. އާދަނު

    ވޯޓުހޯދުމަށް ރައްޔިތުންނަށް ދުވާލަކު 6 ފަހަރު ޕްރޯންސް ރޯސްކޮށްފައި ކާންދިނަސް 2023 ގެ އިންތިޚާބުން ޞާލިޙް ބަލިކުރުން ރައްޔިތުންގެ އަމާޒަކީ! އިންޝާއަﷲ

    72
    2
  4. އަބްދޫ

    ފްލެޓް އެއްކޮށް ނިންމުމަށް ޖެހެނީ 4200 ރުފިޔާގެ މިބްވަރު . އެއީ 464 މިލިއަން ޑޮލަރަށް 7000 ފްލެޓް އަދި އިތުރު 42 މިލިއަން ޑޮލަރު ފިނީސިން އާއެކު ޖެހޭވަރު ފައިދާއާއެކު އަގުހެދުމުން 6500 ރުފިޔާ އަށް ފްލެޓް ދެވޭ. މިކަން ނުކުރެވުނީ މިސަރުކާރު އައިސް މަސައްކަތް ހުއްޓުވާފަ ބޭއްވުމުން ކޮންޓްރެކްޓަރުންނަށް ބަދަލު ދޭންޖެހުމުން. އަގުބޮޑުވީ މިހެންވެ. އެހެން ވެރިކަމެއް ނުވަތަ ޕިޕިއެމް ވެރިކަމެއް އަތުވެއްޖެ ނަމަ 6500 އަށް އަގުބަދަލުކޮށް އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ސަރީއަތަށް ފޮނުވާ ގާނޫނީ ޒިންމާ މަތިކުރެވޭނެ.

    28
    1
  5. އިސްތިއުފާއޭ

    ރައީސް އިބޫ އިސްތިއުފާ މަމެން ވެރިކަމަށް އަތުވެއްޖެނަމަ ހިޔާ ފްލެޓްސް ތަކުގެ ކުލި 100 އަހަރަށް ބަހާލާ މަހަކު 2 ހާސް ރުފިޔާ ކުއްުޔެއގެ ގޮތުގައި ހަދާނަމޭ މިނިސްޓަރުންނާއި ހާކިމާ ގައިމޮޑެން ވެގެން ސަރުކާރުގެ ބަޖެޓުން ރާއްޖޭން ބޭރަށް ކުރާ ޚަރަދު އެއްކޮށް ހުއްޓާލާ އެފައިސާ އިން އިތުރަށް އަހަރަކު 20 ހާސް ފްލެޓްްސް މާލެ ސަރަހައްދުގައި އަޅާނަމޭ ތަމެން ނަށް ނުވާނެއޭ ތަމެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ ތަމެން އިސްތިއުފާ

    19
  6. އިއްބެ

    ފައިސާ ހަމަނުޖެހި ، ބަޖެޓް ނުކުރެވި ، ފައިސާ ލިބޭނޭގޮތެއްވެސް ނެތި ، މަޝްރޫޢުތަކުެ ނަންކިޔައިގެން ވޯޓުހޯދުމަށް ރައްޔިތުންނަށް ދަޅަދެއްކިޔަސް ޞާލިޙްކަހަލަ ދެން ރައްޔިތުން ވޯޓެއް ނުދޭނެ!

    28
  7. މާލް

    ދަންނައެ، ރޔ ވެރިކަމުގަ -/5500 އަށް ބިނާކުރި ފްލެޓްތަކުގެ ކުލިބޮޑުކޮށް، މިވެރިކަމުގަ އެތަނުން ނުހައްގު ފައިސާނަގާ، އެއީ ތިމަތިމާގެން ޕްރެޖެކްޓްތަކަކަށް ހަދާ، ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިފޫއެވެ. އހ. ދެންފަހެ އިންތިބް ބޯމަތިވުމުން، އެއުރެންނީ ހެޔުވެެރިކަމެއްގެ ބަޔެކޭބުނެ، މިދެންނެވިކުލި -/6500 އަށް ހަދައި މިގޮތުން މިކަން ނިންމިކަމީ، މިކަމުން ރައްޔިތުން ގުނބޯހެދޭނެކަމަށް މިއުރެން ދެކުންމީ ހާދަހާވާ ނުބައިކަމެކެވެ. ޔަގޫލުލް މުތަރުޖިމް.

    25
    0
  8. ގަބުޅިބާދަލާ

    ވާއޮ🐌🐌🐌👏👏👏ކޮތަރުކޮށިވެއްޖެރަންކޮއްޓަކަށް. ކިތަންމެވަރެއްކުރިޔަސް ތާއީދެއްނެތްކަން ހާމަވަމުންދަނީ. ނަފްސާނީގޮތުން އަރެމެނަށް ލިބުނުގެއްލުމުގެ ބަދަލު ދޭންކެރޭނެތަ.ގޮތްހުސްވެގެންތެޅިފޮޅެނީ.އަދާލަތުގެ ކައްޒާބުންނާއެއްކޮށްތާއީދެއްނެތްކަން ޔަގީންވާތީ ދެންމިއުޅެނީ ހިޔާފްލެޓްގެ ނިކަމެތިން ބޮލަށް ޗިޕްޖެހޭތޯ. އަވަހަށް މޮޅު ދޮގުޚަބަރުފަތުރަން މިހާރުނޫހަށް ރިލޯޑްކޮށްލާނެ.އެއީ ކުރެވޭކަމަކީ. ނިކަމެތިންގެ ދުޢާއާ ﷲ އާދެމެދު އެއްވެސްހުރަހެއްނޯންނެކަން ހަނދާނކުރާަތި.ﷲއިރާދަކުރެއްވިއްޔާ ހިތިގޮތަކަށްމިބައިގަނޑުބަލިކުރައްވާށި.އާމީން

    28
    1
  9. 2023 ޔާން

    2023 ރައީސް ޔާމީން އިންޝާﷲ..އާމީން

    35
  10. އައިއޭ

    ހަމަ އެކަނި ކަރަންޓް ބިލުން ތިޔަބައި ކަވަރުކޮށްލާފަ އޮތީ.

    24
  11. ބާޑިއާދަނު

    انشالله ރައީސް ޔާމީންގެ ވެރިކަމެއްގަ ހިޔާފްލެޓްތަކުގެ ކުލި މެއިންޓެނެންސް ފީއާއެއްކޮއް ދައްކަންޖެހޭނީ 5000ރުފިޔާ ކުލި ނުދެއްކޭ މީހުންނައް ސްކީމެއްގަ ބައިވެރިވެގެން މަހުންމަހައް ކުލީގެ ކޮންމެވެސް ވަރެއް ދެއްކޭގޮތައް ހަމަޖެހޭނެ

    26
  12. މަހާ

    މިއަށްވުރެ ކަންކަން ހަލުއިވާން އެބަޖެހޭ،
    އަދިވެސް މި އުޅެނީ ހިޔާ ފްލެޓުން ސަލާމަތް ނުވެވިގެން، އެންސަރުކާރަކުން ކުރިކަމެއް ނުނިންމި ދައުރު ހަމަވީ، މި ދައުރުގަ ނިންމަން ވަޢުދުވި ކަންކަން ދައުރު ހަމަވުމުގެކުރިން ނިންމުމަކީ ވަރަށް މުހިއްމު ކަމެއް، ރައްޔިތުންނަށްވީ ވަޢުދުތައް ނުފުއްދާ އިތުރު ދައުރަކަށް ރައްޔިތުންގެ ވޯޓް ހޯދަން އައުމުން ރައްޔިތުން ދޭނީ ކޮންޖަވާބެއްތޯ؟
    މެއިމަހު އިއުލާންކުރަން ބުނި ފްލެޓް ލިބޭ މީހުންގެ ލިސްޓް ކޮބައިތޯ؟
    ފުރަތަމަ ބުނީ މާރޗްމަހު އިޢުލާން ކުރާނަމޭ،
    ދެން ބުނީ މެއި މަހު އިޢުލާން ކުރާނަމޭ،
    ހަމަ އިބިލީހު ކައިވެއްޏަށް.މިދަނީ،
    އަދުނޫން މާދަން ހައްތާވެސް،

    17
  13. ފަލަކް

    ވާހަކަ ގިނަވެފަ ކަންކަން ނުވާ މަންޒަރު ފެންނަމުންދަނީ، ގޮނޑިކޮޅުގަ އިންނަވާ
    ކޮންމެ 3 މަހުން 1 މަހު ހިޔާ ފްލެޓާބެހޭ ގޮތުން އެއްޗެއް ވިދާޅުވީމަ އެ ނިމުނީ،
    ރއްޔިތުންވެސް ނުތަނަވަސްކަންމަތީ ބައިތިއްބަނީ،
    އެންމެ ފުރަތަމަ ދުވަހުވެސް 5600 ރުފިޔާއަށް ތި ތަނުގެ ކުލި ހަމަޖައްސާފަ، އެކަމުން އަތްދޮވެލާ ، ޖުރަން ވަޢުދުވި ކަންތައް ނިންމާ، ފްލެޓްތައް ނިންމާ ރައްޔިތުންނަށް ދެވުނު ނަމަ ، ރައްޔިތުން ތިބޭނީ ހިތްހަމަޖެހިގެން ، ދެވަނަ ދައުރެއްވެސް ލިބުމުގެ ފުރުސަތު ބޮޑުވާނެ،
    މިހާރު މިހިނގަމުންދަނީ މެއިމަސް ،
    މެއިމަހު އިޢުލާން ކުރަން ބުނި ފްލެޓްލިބޭ.މީހިންގެ ލިސްޓް ވީ ހިސާބެއް ނޭނގެ ، އެ ވާހަކައެއް ނުދައްކާ ،
    ދެން ކޮން ވޯޓެއް ލިބޭނީ،

    18
  14. އަލިފް

    އިބޫ ކަލޭގެ އިސްތިއުފާ

    12
  15. އަލީ

    ސަރުކާރެއްހިންގުމުގެ ޤާބިލްކަންނެތްބައެއްކަން ރައްޔިތުންނަށް ހާމަވެނިމިއްޖެ. ހިޔާޓަވަރުތަށް 95% ނިމިފަހުރީ ވެރިކަމަށް އައިއިރު އެކަމު އެވަރުވސްކުރަން ނޭގުނު އަދި ހަދާނެގޮތްނޭގިގެން ހުރިގޮތަށް ހަވާލްކޮއްފަވެސް ކުއްޔަށް ހަދާނެގޮތް ނޭނގުނެއްނު ދޯ
    އިންތިހާބު ކައިރިވީމަ ވޯޓަށް ހަދާގޮތް ގޮތް...

    11
  16. ގޮވާ

    މިނޫނީ މި ގައުމުގަ ބަޔަކު ނެތެއްނު

    1
    1
  17. ސުފާ

    ސަރުކާރުން ކަންކަން އެކުރަނީ ރައްޔިތުންނަށް މަލާމާތް ކުރާ ބީދާއިން.. އަޅުންނާއި ދޭތެރޭ ރަސޫލު ޒަމާނުގަ ރަސްކަލުން ކަންކުރާ ބީދާއިން.

  18. ކާސިންޖީ

    އެއްބަޔަކަށް ތިންކޮޓަރި ގަނޑުވެސް ނެހެދޭވަރު ތަންކޮޅެއް 6300 ރުފިޔާއަށް ދީފައި. އެމީހަކު ބޭނުންވަރަކަށް ކޮޓަރިއާއި ފިހާރައާއި ގަރާޖާއި ސުވިމިންގ ޕޫލާއި ގެސްޓްހައުސް ހެދޭ ވަރުގެ ބިމެއް މިދެނީ ހިލޭ. މީތަ އެބުނާ އިންސާފަކީ އަދުލުވެރިކަމަކީ.

  19. ސާޖިދު

    ހިތުން ވޯޓު ހޯދަން ދޯ ތި އަގު ހެޔޮކުރަނީ ؟ އެކަމު ކިނބޫ އަށް ދޭނެ ވޯޓެއް ޙަރާން

  20. އަފީ

    ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަށް ބުނެލަން އޮތީ ބަޔަކު މީހުން އޮރިޔާންވެ ފަލީހަތްވީމަ ދެން ދެއްކޭ ނުދޭ ވާހަކައެއްވެސް ނޯންނާނޭ! ހިޔާ ފްލެޓްގެ ކުއްޔާ ބެހޭގޮތުން އޭރު ދެއްކި ވާހަކަ ރައްޔިތުން ހަނދާން އެބަހުރި. މި އިންތިހާބް ގައި ހިޔާފްލެޓް އިން ސޯލިހު އަށް ދައްކާނީ %99 ރަތްކާޑް.

    2
    1