ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ވަގެއް ކަމަށް ވިދާޅުވެ އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން މުޣުނީ ޓްވީޓް ކުރުމަށްފަހު އެޓްވީޓް ޑިލީޓް ކޮށްފިއެވެ.

މުޣުނީ ކުރި ޓްވީޓެއްގައި ވިދާޅުވީ "ހިންނަވަރު ވަގު އިބްރާހިމްބެ ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ވަގުންގެ ޓީމެއް" ކަމަށެވެ.

މުޣުނީ ވަނީ އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އައު އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއާއި، އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އަދި ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދަކީ ކޮރަޕްޓު ބައެއް ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ހަތަރު މަހުގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށް ވެސް މުޣުނީގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މުޣުނީގެ ޓްވީޓާއި ގުޅިގެން ސަރުކާރަށް ތާއިދުކުރާ ވަރަށް ގިނަ ބަޔަކު އަންނަނީ މުޣުނީ މަގާމުން ދުރުކުރުމަށް ގޮވާލަމުންނެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މުޣުނީގެ އެކައުންޓުން ރައީސް ސޯލިހަށް ވަގަށް ގޮވިފައި ވަނީ ފޭކް އެކައުންޓަކުން ޓްވީޓް ކުރަން އުޅެނިކޮށް، އެކައުންޓް ބަދަލުކޮށް ނުލެވި އިންދާ ޓްވީޓް ކުރެވުމުންނެވެ. ނަމަވެސް އެއީ ކީއްވެ ކުރެވުނު ޓްވީޓެއް ކަމެއް މުޣުނީ އަދި ވިދާޅެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން މުޣުނީ ފުރަތަމަ އައްޔަން ކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު އޭނާ އެމަގާމުން ވަކިކޮށް އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މުޣުނީ ގިނަ ދުވަސްތަކެއް ވަންދެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރަން ރީނދޫ

    ޕަކާސް. ފަޅަލަޅައިގެން މިހިރަ ދަނީ.

    64
    2
    • ގެެޒިކް23

      ގެއްލުނު އެތީގެ ބޮޑުކަމުން ބޯ ގޮވާފަ ހުރި ގަމްރީދެއް..މީނާ ހިތުން މިއީ ހުދު ކާފޫރު އެކަމު ބޮޑު ވަގެއް

      9
      2
  2. މަންމާފުޅު އަދުރޭ

    އޮޅިގެންނެއްނޫން ހަމަގަސްތުގަ ކުރިކަމެއްއެއީ، އެއީމިހާރުގެ ހަޤީޤަތް، ހުސްވަގުން ދައުލަތްކާތްހުސްކުރަނީ

    71
    4
  3. މާމީ

    ވަގެއް ވާނީ ވަގަކައް އެހެން މީހުން ރަސްކަލަކައް ހެދިނަމަވެސް

    67
    2
    • ނިކް23

      ވަގުކަލޭގެ ކުށް ސާބިތުވެ ޖަލުގެ ކުޑަ ގޮޅީގަ އެބަ އޮތް

      2
      19
  4. ާމުހައްމަދު

    ބޭރުުކުރޭ ބޭނުންހާ ވައްތަރެއްޖައްސައިގެން މަގާމުގައި ނުހުރެވޭނެ މިކަހަލަ މީނުން ފަރާތުން ރައްޔިތުންނަށް ރަނގަޅެއް ނުވާނެ

    18
    38
  5. ލައުރާ

    އޮޓޯ ކަރެކްޓް ޖެއްސިފަ އިންކަމަށް ވަނީ. ބިޒީ ކޮށް އުޅޭ އިރު އެވަރު ކަމެއް ވެދާނެ ދޯ.

    34
    1
  6. ކާނޭ

    އެވަރު ކަމެއް ވެދާނއެ. އޮޅިގެންވެސް އެއްމެ ފަހުވަގުތު ނުކުންނާނީ ހައްގުބަސް، މުޣުނީއަށްވެސް މިވީ ހަމަ އެހެން..4 ވަރަކަށްމަސްތެރޭ އިރާދަކުރެއްވިއްޔާ މި ބަލާވެެރިކަން ނިމިދާނެ..

    57
    3
  7. ލިކާ

    މިހާރު އޭއައި ޓުވިޓާ މެދުވެރިކޮއް ހަދާ ދޮގުތައް ރަނގަޅުކޮއްދޭ..މިފަހަރު އިބުރާހިމައް ސަނާ ކިޔަން އުޅެނިކޮއ އޭއައި އެކަން ރަނގަޅުކުރީ

    19
    2
  8. މަންނަ

    ކޮބާހީވޭ ވަގަކަށްހާސް ދުވަހޭ ބުނެއެއްނު ހަމަހަގީގަތުގަވެސް ވަގަކު ވާނީހަމަވަގަކަށް އެބުނީ ހަމަރަނގަޅަށް ދެންއޭނަ ވަގަކަށް ނުވެއެއްނުދާނެ ތަށްގަނޑު އެޖެހީ .

    25
    1
  9. މޭޖަރ.......

    އެއީ ކަންނޭގެ ކައިރީގައި ތިބި މީހުންގެ ވިސްނުން ހުރިގޮތަކީ. މަޤާމާއި ޖާހަށް ޓަކައި ކައިރީ ތިބެނީ. އެކަމަކު މަސައްކަތް ކުރަނީ ދިމާ އިދިކޮޅަށް. އެހެން އުޅެނިކޮށް އެއޮތީ މުޣުނީގެ އަތަށް ގޮވާފަ.

    28
    2
  10. އާދަނާ

    ހަގީގަތަކީ ތަނެއްދޮރެއްނޭގޭ ނާގަބިލު މީހުން މިސަރުކާރުގެ މިނިސްޓަރުންނާއި ގިނަކުންފުނިތަކުގެ ވެރިންނަށް ލާފަވުމުން ގައުމުވިއްކާ ހުސްކޮށްލެވޭއިރުވެސް އިބުރާހިމަކަށްނޭގޭ، ތަންދޮރުނުދަންނަ ނާގާބިލު ސަރުކާރަކަށްވީމަ އިންޑިޔާ އޭގެނާޖާއިޒް ފައިދާނަގަމުންދަނީ!

    30
    2
  11. ސަރަފަކައްދަ

    ހަމަ މިހާރުން މިހާރަށް ، ވަޤުތުން ވަގުތަށް ، ލަސްނުކޮއް ވަކި ކުރޭ! ވަކި ކުރޭ! ވަކި ކުރޭ! މިފަދަ ދެ އުލިއެއްނުވާ މީހުނަށް މިފަދަ ބޮޑެތި މަޤާމު ތައް ދިނީމާ ވާނެ ހަރެއްޗެއް ތިހިރަ ވަނީ! ނަސީބެންނު ކަތި ވަޅި އެ ސޮރުގެ އަތުގައި ނެތްކަން.

    4
    4
  12. އަލީ

    ވަގަކު ދޭ މުސާރަ މިބީތާޔަށް އޯކޭ؟ ލާރި ލިބެންޏާ މި ވަގަށް އޯކޭ. ހަރާން ކޯރު މީހުން ވެސް ފެނޭ.

  13. ކަރަޕްޓިރާއްޖެ

    ހުރިހާ ކޮރަޕްޓު އެމްޑީންތަށްވެގެން ކޮރަޕްޝަނުން ޖަގުލަރީ ހަދައިގެން ބަތާކަނީ. ދެން އެމީހުން ފާޚާނާކުރިޔަސް ނިކުންނާނީ ކަރަޕްޝަން ދެއްތޯ. އަދި ތަނެއްގަ އަތް ފޮހެލިޔަސް ތަނަކު އިށީނަސް ހުސް ހުންނަނީ ކަރަޕްޝަންހޭކިފަ. ރާއްޖެއިން ވެއްޖެނޫންތޯ ނެޝަނަލް އެކުސްޕޯޓެއްގެ ގޮތުގައި ކަރަޕްޝަން ވިއްކަން. އަދި ކަރަޕްޝަން ޑިގުރީ އަދި މާސްޓާރސް އަދި ޕީއެޗްޑީ ފެންވަރުގަ ދުނިޔެއަށް ހުޅުވާލައިގެން ރާއްޖެއިން އެހެން ގައުމުތަކަށް ކަރަޕްޝަން ދަސްކޮއްދޭންވީ. ކަރަޕްޝަނުން ގުޅަ ބަޖިޔާ ތެލުލާފަ ހޮޓާތަކުގަވެސް ކަރަޕްޝަން ވިއްކަންވީ. ރާއްޖޭގެ ނަންވެސް ކަރަޕްޝަނަށް ބަދަލުކޮއް އެއީ ރާއްޖޭގެ ސިނާޔަތަކަށަ ހަދަންވީ. މަސްވެރިންމަހަށަ ގޮސްފަވެސް ބާނަންވީ ކަރަޕްޝަން.

  14. ސައްތާރު

    ކުންފުނިތަކުގެ އެމް.ޑީންނަށް އައްޔަނުކުރެވިފައިތިބާ ވަގުން ކަމުގައި މުގުނީއަށް މިހާރު ތިޔަބުނެވެނީ ތިކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިހުރީމާ. އަދި ކުރިން ލިބެމުންދިޔަ ކަޓުތައް މިހާރު ތިޔަހުރި މަގާމުން ނުލިބޭތީ އެކަން ހަޖަމް ނުކުރެވިގެން. ދައުލަތުގެ ކުންފުނިތަކުގެ އެމް.ޑީން ހިތުހުރިގޮތަކަށް ކުންފުނިތަކުގެ ފައިސާ ހޭދަކުރާއިރު މިކަން ބެލޭނޭ ނިޒާމެއް ގާއިމުވާންޖެހޭ. މިއީ ރައްޔިތުންގެ ފައިސާ. ސިޔާސީވެގެން ނުވާނެ. ޕީސީ ބޯޑުންވެސް އެއްކަމެއްވެސް ނުވޭ. ވެމްކޯގެ އެމް.ޑީ ސަސްޕެންޑުކުރި ނަމަވެސް ވީކަމެއްނެތް.

  15. އައިމޯ

    އަސްލު ދޮގެއްވެސް ނޫން ، ޖާހިލުގަމާރު ކޮރޮޕްޓް ޓީމެއް އެއީ ހަމަ