ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން މީސް މީޑިއާގައި އެންމެ ވަރުގަދައަށް ކެމްޕޭން ކުރި މީހުންގެ ތެރޭގައި ހިމެނޭ އަހްމަދު އަންވަރު (ސިމްވާރް) މިއަދު ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު ޑިމޮކްރެޓްސް އަށް ސޮއި ކޮށްފިއެވެ.

ސިމްވާރު ހުރީ ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައެވެ.

އިސްތިއުފާގެ ސިޓީގައި ސިމްވާރް ވިދާޅުވީ ސަރުކާރުގައި މަސައްކަތް ކުރަން ރައީސް ސޯލިހް ދެއްވި ފުރުސަތަށާއި، ރައީސް ސޯލިހް ބަހައްޓަވާ ގާތް ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސިމްވާރް ސަރުކާރުން އިސްތިއުފާ ދެއްވިއިރު އޭނާ އާއިއެކު މިސަރުކާރު ގެނައުމުގައި މީސް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޝައްމޫން ޖަލީލް (ލޫކަސް) ވެސް ވަނީ މިދިޔަ ހަފްތާގައި ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު ޑިމޮކްރެޓްސް އާއި ގުޅިފައެވެ.

ސިމްވާރް އާއި ލޫކަސް އަކީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ދެބޭފުޅުންނެވެ. ސިމްވާރް ސަރުކާރުން އިސްތިއުފާ ދިނުމަށް ޑިމޮކްރެޓްސް އަށް ސޮއިކޮށް ފޯމް ވަނީ ރައީސް ނަޝީދާ ހަވާލު ކޮށްފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ލޫކަސް އާއި ސިމްވާރް ސިޔާސީ މަގާމުތަކަށް އައްޔަން ކުރެއްވި ނަމަވެސް ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށްފަހު ސަރުކާރު ޕްރޮމޯޓް ކުރަން މީސް މީޑިއާގައި މާބޮޑަށް އެބޭފުޅުން ހަރަކާތްތެރިއެއް ނުވެއެވެ.

މިސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދީ ޑިމޮކްރެޓްސް އާއި ގުޅެމުންނެވެ. ނަމަވެސް އިއްޔެ ވެސް ރައީސް ސޯލިހް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީއަކީ އެމަނިކުފާނަށް އޮތް ޗެލެންޖެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙާލަތު

    ކިށިކެޔޮގަނޑު ރޫޅެނީ ފަހަރަކު ވަކެއް ވެއްޓެނީ

    36
    4
    • ހަޖަާންބެ

      ކަށިކެޔޮގަނޑު ރޫޅުނަސް އޭގެއިން ނެއްޓޭ ވަކިތައްވާނީ ހަމަ ކަށިކެޔޮ ވަތްކަށް.

  2. ސައްޕު

    ވަޅޯވެގެން ވެއްޓެނީ. ގަހަށް ވާނީ ރަނގަޅު. ރައީސް ސޯލިހު ބާރަށް ކުރިޔަށް.

    9
    37
    • ޓައްޕު

      ގަހުގައި އަޅާމޭވާ ވަނދުވެ ވަޅޯވެގެން ވެއްޓެނީ ގަހުގެ ބާރު ދެރަވީމާ. އެކަން ސައްޕަށް ނޭގުނީ ހާދަ ގަމާރުވީމައޭ.

      17
      3
  3. ބޯކަށިކެޔޮ

    ގޮނޑުދޮށުގައި ރީނދޫކުލަ ހުންނަ ބޯކަށިކޭލަކީ އަނގަ ކަހާ އެއްޗެއް. ވަކިވިޔަސް އެކުގައި އޮތަސް އެއިން އަނގަކެހުމެއް ނުފިލާނެ. އަދި ވަކިވެގެން ވެއްޓޭ ވައް ޗަސްވެފައި އޮންނަވަރުން އަމުދުން ބޭނުމެއް ނުކުރެވޭނެ.

    14
    5
  4. ޑރ ސާޖީ

    ރޫޅާލަން ރޫޅާލަން ރޫޅާލަން

    16
    3
  5. Anonymous

    الحمدلله.

  6. އައްމަޑޭ

    މީނައަށް ލިބޭނީ މީނަގެ އާއިލާއިން ލިބޭ ހައެއްކަ ވޯޓެއްނު. ސޯޝަލްމީޑިއާގަ މާ ހަރަކާތްތެރިވިމަ ސިޔާސީ ބޮޑު މަގާމެއް ދިނުމަކީ ހާދަ ދެރަވަރު ކަމެކޭ...

    3
    4
  7. ޖަސްޓިސް ވޮރިއަރ

    އެބަ ރޫޅޭ.... އެބަ ރޫޅޭ........

    8
    1
  8. ކުރުކޮށް

    ސްލޯ ވެއްޓެނީ

  9. ސާކިރު ނޯތު

    ތިޔައީ ހަމަ ހުސްލަނޑާ ލަނޑަޔާވާނީ ލަނޑާ