ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ވަގެއް ކަމަށް ވިދާޅުވެ އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން މުޣުނީ ޓްވީޓް ކުރުމަށްފަހު އެޓްވީޓް ޑިލީޓްކޮށްލި ނަމަވެސް ޓްވީޓަށް ހަފްތާއެއް ނުވަނީސް އޭނާ މަގާމުން ވަކިކޮށްފިއެވެ.

އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން މުޣުނީ ވަކިކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ކަށަވަރު ކޮށްދީފައެވެ.

މުޣުނީ ކުރި ޓްވީޓެއްގައި ވިދާޅުވީ "ހިންނަވަރު ވަގު އިބްރާހިމްބެ ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ވަގުންގެ ޓީމެއް" ކަމަށެވެ.

މުޣުނީ ވަނީ އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އައު އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއާއި، އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އަދި ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދަކީ ކޮރަޕްޓު ބައެއް ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ހަތަރު މަހުގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށް ވެސް މުޣުނީގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މުޣުނީގެ ޓްވީޓާއި ގުޅިގެން ސަރުކާރަށް ތާއިދުކުރާ ވަރަށް ގިނަ ބަޔަކު ވަނީ މުޣުނީ މަގާމުން ދުރުކުރުމަށް ގޮވާލާފައެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މުޣުނީގެ އެކައުންޓުން ރައީސް ސޯލިހަށް ވަގަށް ގޮވިފައި ވަނީ ފޭކް އެކައުންޓަކުން ޓްވީޓް ކުރަން އުޅެނިކޮށް، އެކައުންޓް ބަދަލުކޮށް ނުލެވި އިންދާ ޓްވީޓް ކުރެވުމުންނެވެ. ނަމަވެސް އެއީ ކީއްވެ ކުރެވުނު ޓްވީޓެއް ކަމެއް މުޣުނީ ވިދާޅެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން މުޣުނީ ފުރަތަމަ އައްޔަން ކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު އޭނާ އެމަގާމުން ވަކިކޮށް އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މުޣުނީ ގިނަ ދުވަސްތަކެއް ވަންދެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަކަރެ

    ލޮލް ރައްޔިތުންނައްވެސް އެނގޭ އޭނައަކީ ވަގެއްކަން މިހާރު ދެން ގޮވާނެދޯ އެންމެންވެސް އެހެން މަގާމުން ވަކިކުރިޔަސް

    30
    1
  2. ކޮރަލް

    ގާސިމް އަށް އެއްޗެކޭ ބުނަން ނުކެރޭނެ އެވެ. އަނބި މީހާގެ މަގާމް ގެއްލިދާނެތީ އެވެ.

    33
    1
  3. Anonymous

    ގަމާރު އިބޫ މީހަކު ވަގައްގޮވީމަ އެއިީ ދޮގެއްތަ

  4. Anonymous

    ހިތްވަރުކޮއްލާ ! ދެންވެސް ތިޔަ މުކައްބަ ދަށުން ނިކުމެ ރައްޔިތުންގެ ހައްގުގައި ބަސްބުނޭ.

  5. ދޫ

    ތެދެކެވެ! އަހަރުމެންނަށް، ބޭނުން މީހަކާއި ދިމާލަށް ބޭނުން އެއްޗެއް ގޮވައި، ހެދިދާނެ އެވެ. ނަމަވެސް ދޫ ރައްކާތެރި ނުކުރެވިއްޖެނަމަ، ހީވެސް ނުކުރާފަދަ ގެއްލުމެއް ލިބިދާނެއެވެ. އާދެ، ދެދުނިޔޭގައި ވެސްމެއެވެ!

  6. ހުސޭނުބޭ

    ސޯލިބެއަށް އޮޅިގެން މުޣުނީ މަގާމުން ވަކިކޮށްފި.

  7. އަހައްމަދޫ

    ލޮލް

  8. ޖަމަލު

    ވަރަށް ބޮޑަށް ޝުކުރިއްޔާ އުފާވެރި ޚަބަރެއް

  9. ކަލޯ

    އަނިޔާވެރި މުގުނީ ސައިޒު ވެއްޖެ ދޯ

  10. ސަރަފަކައްދަ

    ކާންދޭ މީހާގެ އަތުގައި ދަތް އެލީމަ ވާނެ ހަތަރެއްޗެއް ތިވީ!

  11. ނަމަ

    ސްޓޭޓް މިނިސްޓަރުކަމުން މުޣުނީ ވަކިކުރުމުގެ ކުރިން ކުރިންބުނި އެތި ކެންސަލް އޭ ވެސް ބުނަން ހަދާން ނުވީބާ

  12. ޙޮބޭ

    އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އައު އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއާއި، އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދު އަދި މުޣުނީ މިބައިގެތެރޭ ނުހިމެނޭތޯ؟ ކޮރަޕްޓް ވެއްޖެއްޔާ ދައުލަތުން އެކަމާ ގުޅޭގޮތުން އުފައްދާފަ ހުންނަ އިދާރާއަށް ހުށަހަޅަންވީނު؟

  13. ޑައެލޯގް

    ވަކިކުރިއަސް މުޣުނީ އެބުނީ ތެދެކެވެ. އިބޫވަނީ އެމްއެމްޕީއާރުސީގެ ވަގުންނާއި، ޑީއާރުޕީއާއި، އަދާލަތާއި، އެމްޑީއޭއާއި، ޓެކުހަށް ފިލަންއުޅޭ މޫސަމެންކަހަލަ ވަގުންނާއި މީގެ އިތުރުން ތަނެއްގައި ވަގެއްހުރިއްޔާ އެމްޑިޕީއަށް ވައްދާފައެވެ. މިހާރު އިބޫއަކީ އަސްލު އެމްޑީޕީއެއްނޫނެވެ.