އެމްއާރްއެމްގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީއިން ހުޅުވާލައިފި އެވެ.

އެމްއާރްއެމްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު މި މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ މަގާމުތަކަކީ:

  • އެމްއާރްއެމްގެ ނައިބު ރައީސް
  • ޒުވާނުންގެ ކައުންސިލުގެ ރައީސް
  • އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަންހެން
  • އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ފިރިހެން
  • ޒުވާނުންގެ ކައުންސިލްގެ މެންބަރު ފިރިހެން (10 މަގާމު)
  • ޒުވާނުންގެ ކައުންސިލްގެ މެންބަރު އަންހެން (8 މަގާމު)
  • އަންހެނުންގެ ކައުންސިލްގެ މެންބަރު (13 މަގާމު)

އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްއާރްއެމްއިން ބުނެ އެވެ.

އެހެންކަމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެމްއާރްއެމްއިން ވަނީ އެދިފަ އެވެ.

އެމްއާރްއެމްއިން ބުނީ އެ މަގާތުތަމަށް ކުރިމަތިލުމަށް އެދި ފުރިހަމަކުރާ އެޕްލިކޭޝަން ފޯމާއި އިންތިހާބުގެ ޓައިމްލައިން އެ ޕާޓީގެ ވެބްސައިޓް އަދި ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.

3000 މެންބަރުން ހަމަނުވެގެން އުވާލުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާ އެމްއާރްއެމްގެ ސީނިއާ މެންބަރުންތަކެއް ވަނީ ދާދިފަހުން ޕާޓީން ވަކިވެފައެވެ. އެމެންބަރުން ޕާޓީން ވަކިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަމަސްތޭ

    މުސާރަޔާ އެކު ޝަރުތުތަށް ބުނެބަލަދޯ . . ޝުއެއިބު ޝާހުމެން ޤައުމު މީހުންނަށް ވެސްކުރިމަތިލެވޭތަ

  2. އުމޭ

    އުވާލާފައޮތް ޕާޓީއެއްގަވެސް މަގާމުތަށް އެބަހުރި ....އަވަހަށް އެޕުލައިކުރޭ.

  3. ޢަހަންމަދު

    ތި ޕާޓީ އުވާލަބަލަ!

  4. 244

    މިވެސް ސިޔާސީ ޕާޓީޔެއްތަ

  5. އިއްބެ

    ޕާރޓީ އޮތީ ހުސްވެފަ ދެން ހުސްވެފައިވާ މަގާމަށް ކުރިމަތިލަނީ ކޮންބައެއްބާ

  6. ޑޮން

    ތީ ޕާޓީއެއްތަ؟ކާކު އުޅެނީ ތިޕާޓީގެ މަގާމުތަކަށް ކުރިމަތިލާން.މަށަށް ވައްތަރީ ކޮންސްޓުރަކުޝަން ގުރޫޕަކާ.