ޗާގޮސް މަތީގައި އުފެދިފައިވާ ކޮޅިގަނޑު "ފެބިއަން" ގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ކޮޅިގަނޑު ފެބިންގެ މިސްރާބު ހުރީ ރާއްޖެއާއި ދުރަށް ކަމަށެވެ. އެހެން ކަމުން އެ ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

ނަމަވެސް ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެތެރޭގެ ރައްތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެ އެވެ. އަންނަ ބުދަ ދުވަހުން ފެށިގެން ވައި މަޑުވެގެންދާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އިން ވަނީ ލަފާކޮށްފަ އެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

މެޓް އިން ބުނެފައިވަނީ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހަތް ފޫޓާއި ހަތަރު ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެލެއްވުމާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓްއިން ވަނީ ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަބްދުﷲ

    ދެން މޮރިޝަސް އަށް ވަރަށް ބޮޑަށް އަސަރު ކުރިބާ

  2. އަބޫ

    މިއިންވެސް މި އެނގެނީ ޗާ ގޯހާއި ރާއްޖެއާއި އެއްވެސް ގުޅުމެއް ނެތްކަމެއްނު

    1
    4
  3. އއ

    ޗާގޯސް އައް ކޮޅުގަނޑު އެރުމަކީ ދިވެހުރާއްޖެ އަށް އެކޮޅިގަނޑު އެރުން .!! ދިވެހިރާއްޖޭގެ އެއްމެ ދެކުނުގައިވާ އަތޮޅަކީ ޗާގޯސް . އައްޑުއަތޮޅެއްނޫން!

    4
    1
  4. ގަލަން

    މެޓުން އަބަދުބެސް ބުނާނީ ތޫފާނުގެ އަސަރެއް ނުކުރެއޭ ރާއްޖެއަކައް މިހިސާބުގަ ތޫފާނެއް އުފެދިއްޖެޔާ ދޮގުހަދާނީ

  5. ތުއްތުނާ

    އިމާހެދި ހޭބަލިވާ އިއްތިހާދުގެކަމެއްނޫންބާ؟؟؟؟؟؟؟؟؟؟؟

    3
    3
  6. ކޮޅިގަނޑާ އެއްޗިހި ނުދާވަރެއްތަ!

    އެންމެފަހުން އަދުރޭމެންގެ އެސްފީނާގައި ޗާގޯސް ޖެހުނީ އެވެ.

    3
    2
  7. Anonymous

    މިމީހުން ދުލުން ދުވަހަކުވެސް އެއްވެސް ތޫފާނެއްގެ ސީދާ އަސަރެއް މިޤައުމަށް ނުކުރޭ އެކަމު ވާރޭވެހި އޮންނަނީ އެވާނެ އެއްޗެއް ރަށްތަކަށްވެފާ ދެން މިވާގޮތެއް ނޭނގޭ

    • ހަޖަމު

      ތިޔާ ކަލޭ އަށް ރާއްޖޭގެ މޫސުންތައް ނޭންގޭތީ ވާގޮއި

  8. މުއްތު

    ޗާގޯސް އަށް އަސަރުކުރީމަ އެކުރީ ރާއްޖެއަށްތާ އެހެންތާ އެބުނާ ފަކުރެއްގެ ދިރުމުން އެބުނަނީ

    1
    1
  9. ހެހެސް

    ވަރުގަދަ ޗާގޯސް އެއް ތިލަވެގެން މިއުޅެނީ…މިއޮތް ހުރިހާ ޒަމާންވީއިރު ތި ޗާގޯސް ކޮބާ..ޗާގޯސް ކައިރިން ކޮޅިގަޑެއް ވެސް ދަތުރު ނުކުރޭ އޭރު…

    3
    1
  10. މަސްވެރިޔާ

    އެއީ ޑިންގީ އެއް ނޫން. ބޮއްކުރައެއް.