މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" އަދި އެ ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒުއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފައި ކަމަށާއި އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ ކަމަށެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާއި ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާ އެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކައުންސިލަށް ދެ އަހަރު ފުރޭއިރު ވަރަށް ބޮޑު އުފަލެއް އެއީ އަޅުގަނޑުމެން ތަސައްވަރު ކުރި ޕްލޭންގަ އޮތް ގޮތަށް، ވަރަށް އުނދަގޫ ކަމެއް ނަމަވެސް ވަރަށް މުހިންމު ކަމެއް ހާސިލު ވާތީ" މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ދިވެހިން ތަކަކަށް ވަޒީފާ ލިބިގެން ގޮސްފައިވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ، ހިތްހަމަ ޖެހޭ ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސައުދީ އިތުރަށް ވިދާޅުވީ މިއީ މުޅިން އަލަށް ފަށާ ކަމަކަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އަދި އަައު ކަންކަމާ ކުރިމަތިލައްވައި، ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިޔަތު އަދާކުރެއްވުމުގައި ދެމިހުންނާނެ ކަމަށް ވިދާޅުވިއެވެ.

މަގުފާރަވެރިންނާއި ހަވާލުކޮށްފައިވާ ބައެއް ޒިންމާތަކަކީ މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން، މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން، ޕާކް ކުރުމުގެ މައްސަލަތަކާއި ޓްރެފިކްގެ (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން) މައްސަލަތައް ބެލުމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނޫރު

    މިއީ ވަރަށް މުހިންމު މަސައްކަތެއް، މާލޭގެ ރައްޔިތުންނަށް ދެވޭ ރަގަޅު ޚިދުމަތެއް. ނަމަވެސް ސްޓިކަރ ޖަހާ، އާމްދަނީ ހޯދަން ވެއްޖެ ނަމަ ކަނޑަވާނެ. ޝުކުރިއްޔާ، ޑރ. މުއިޒް، ކައުންސިލަރުން.

    6
    3
  2. ިހިކިހިކި ކުއްޖާ

    ވ ރަނގަޅު މަސައްކަތެއް 🤲

    3
    1
  3. އާދަނު

    ތިޔަ މަސައްކަތަކީ ވަރަށް މުހިއްމު ބޭނުންތެރި މަސައްކަތެއް! ތިޔަ މަސައްކަތުގައި އުޅެންވާނީ ކާކުކަން އެނގޭ މީހުން! މޫނުފޮރުވަފައި އެހުރި މީހާ ތި މަސައްކަތަކަށް ކަމަކު ނުދޭ!

    5
    12
    • މުހައްމަދު

      އާދަނުމެންގެ ޙިދުމަތަށް ރަނގަޅުވާނީ ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންދޯ... ﷲ ދެއްވި ރިޒްގުން ކައިގެން ލަދެއްނުގަނޭ ހިތައްއެރިހާ ވާހަކައެއް ދައްކާކަށް

      1
      1
  4. ޑީޑީ

    ދެމެހެއްޓެނިވި ގޮތެއްގައި ތިޔަކަން ކުރެވެންޏާ ވަރައްރަނގަޅު ކަމެއް މާލޭގެ ސާފުތާހިރުކަމާ ގަވާއިދާޚިލާފައް މަގުމަތި ބޭނުންކުރުމާ މިކަން ކަމަކީ ރައްޔިތުންގެ ސަލާމަތައްޓަކާ ހުއްޓުވަންޖެހޭކަންތައްތައް

    2
    1
  5. މާލޭ ދަފްތަރު އިއްސެ

    މިއީ ޕޮލިސްގެ އެސްޕީ ފާތިމަތު ނަޝްވާ ހަދާފައިވާ ކމިއުނިޓީ އެންގޭޖް ޕްރޮޖެކްޓެއް. އޭރު ސައުދީ އަކީ ޑެޕިއުޓީ ކޮމިޝަނަރ އަދި އޮޕަރޭޝަންސް އާއި ޙަވާލުވެހުރި ފަރާތް. މި ޕްރޮޕޯސަލް ސައުދީ އަތުގައި ވާނެ. މިއޮތީ ނަޝްވާ ހަދާފައިވާ ޕްރޮޖެކްޓު ވަގަަށް ނަގާފައި .އޭރު އަހަރެން އުޅުނީ ނަޝްމޭމް ކައިރީގައި ޕީއޭޑީގައި.

    3
    3
    • Anonymous

      ޑރ މުއިޒުގެ ވައުދު ފުޅެއް

  6. ޔޯގޭޝް ވަރާޔަ

    މޫނު ބުރުގާ ވީމަ އޯކޭއެއް ނޫން.. މޫނުފެންނަން ވާނެ.. ދުނިޔޭގެ އެއްވެސް ގައުމެއް ގަ މޫނު އަޅާގެން ސެކިއުރިޓީ ތިބަލަހައްޓަން ފެށީ މިގައުމުގަ!

    4
    12
  7. Anonymous

    ސިޓީ ޕޮލިސް ދުނިޔޭގެ މަދު ތަނެއްގައި ސިޓީ ޕޮލިސް ތިބެނީ ރަގަޅު ހެޔު ފާލެއް،

    6
    1
  8. ބްރަދަރސް

    ދެން އެހެން ވިއްޔާ ހ. ޢަބަދައްފެހި މަގުގަ މިޅި ސަރައްދުގަ ދަގަޑު ޕެލެޓް ބަހައްޓއަިގެން ތިބޭ މާފިޔާ އާއި ކުޅެވޭތޯ ބަލާބަލަ

  9. Anonymous

    ކޮމެންޓް ތަށް ކިޔާލާފައި ވަރަށް އުފާވެއްޖެ . އުންމީދު ކުރަން އާންމުން އެބޭފުޅުންނަށް އެއްބާރުލުން ދޭނެކަމަށް . ފެންނަތާކުން ބަވާނުލާނެ ކަމަށް ބަލަމާ