އާއިލާ ރޫޅެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އުފާވެރި ޒަވާޖީ ހަޔާތަކަށް ތައްޔާރުނުވެ ކައިވެނިކުރާތީ ކަމަށް ފެމެލީ ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ފެމިލީ ކޯޓުގެ އިސްގާޒީ އަލްއުސްތާޒް އިބްރާހީމް މާހިރު ދެއްވި މެސެޖްގައި ވިދާޅުވީ ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އާއިލީ މައްސަލަތައް އުފަންވުމާއި އާއިލާ ރޫޅެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އުފާވެރި ޒަވާޖީ ހަޔާތަކަށް ތައްޔާރުނުވެ ކައިވެނިކުރުން ފާހަގަކުރެވޭ ކަމަށެވެ.

ކައިވެނީގެ ޕާޓީގެ ކަންކަމާއި މަޝްވަރާކުރެވޭ ވަރަށް ވެސް ދިރިއުޅޭނެތަކާއި ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ޒިންމާތައް ބަހާލުމާއި އާއިލީ ދިރިއުޅުން ބައްޓަންކުރުމަށް ބޭނުންވާގޮތާއި ސިއްހީ މައްސަލައެއް ހުރިނަމަ އެކަމުގައި އަމަލުކުރާނެ ގޮތްފަދަ ދެމަފިރިނާ ސީދާ ގުޅުންހުރި މުހިއްމު ކަންކަމަށް މަޝްވަރާ ނުކޮށް ޒަވާޖީ ހަޔާތެއް ފެށުމަކީ މައްސަލަތައް ޖެހުން އަވަސްވާ ސަބަބުތަކެއް ކަމަށް ވިދާޅުވި އެވެ.

"ދެމަފިރިއެއްގެ ދެމެދު މައްސަލަތައް ޖެހުމުން، ދެމަފިރިންނާއި ދަރިންނަށް އެންމެ ފައިދާހުރި ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އަވަހަށް ކައިވެނި ރޫޅާލުމަށް އާއިލާގެ ތެރެއިންނާއި ރައްޓެހިންގެ ފަރާތުން ހިތްވަރުދެވޭކަން ފާހަގަކުރެވޭ." އިސް ގާޒީގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

އެ މެސެޖްގައި އިސް ގާޒީ ވިދާޅުވެފައިވަނީ ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު އާންމުކޮށް އެންމެ ގިނައިން ހުށަހެޅެނީ ދެމަފިރިން ނުވަތަ ވަރިވެފައިވާ މީހުންގެ މައްސަލަތައް ނަމަވެސް ދަރިންގެ ފަރާތުން މައިންބަފައިންނަށް ގެވެށިއަނިޔާ ލިބެމުންދާތީ ރައްކާތެރިކަމަށް އެދި ހުށަހެޅޭ މައްސަލަތައް މި މިފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ދަރިންނަކީ މައިބަފައިންނަށް ލޯތްބާއި އަޅާލުމާއި ހިމާޔަތާއި އަމާންކަމާއި ލޮލަށް ފިނިކަން ގެނުވާ ބަޔަކަށްވާން ޖެހުނު ނަމަވެސް ބައެއް އާއިލާތަކުގައި މައިން ބަފައިންގެ ހިތުގައި އަޅަމުންދާ ވޭން ކޯޓުގައި އެމައިންބަފައިން އަޅާ ކަރުނައި ފާޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދަރިންގެ ހަރަދު ހޯދައިދިނުމަށް އެދި އެކުދިންގެ މަންމައިން ރޯމަންޒަރާއި ދަރިންނާއި ބައްދަލުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ކުދިންގެ ބަޕައިން އާދޭސްކުރާ މަންޒަރަކީ ކޯޓުން ފެންނަ ހިތްދަތި މައްޒަރުތަކެއް. ކައިވެނި ރޫޅުމަށްފަހު ދަރިންނާއި ގުޅުންހުރި ކަންކަން އެފަދަ ހާލަތަކަށް ގިނަފަހަރަށް ދަނީ އެއީ ދަރިންގެ މަންމައަށް ނުވަތަ ބައްޕައަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވިސްނޭތީ." އިސް ގާޒީ ވިދާޅުވެފައި ވެއެވެ.

ދަރިންނަށް ހަރަދު ލިބުމާއި މައިންބަފައިންނާ ބައްދަލުކޮށް އެކުގައި ވަގުތު ހޭދަކުރުމަކީ އެކުދިންގެ ހައްގެއްކަން ދަނެ، އެ ހައްގުން އެކުދިން މަހްރޫމް ނުކުރުމުގެ ވިސްނުން އިސްކުރާނަމަ ކައިވެނި ރޫޅުމަށްފަހު ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށް އިސް ގާޒީ މާހިރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    އާއިލާ ރޫޅުވާކަށް ނޫންތޯ އަލަތު ކައިވެނީގެ ފްލެޓް ތައް މި ސަރުކާރުން ކައްވާ ލައިގެން އެ އުޅެނީ؟ ކޯޓްން އަމުރެއް ނެރެން ވީނު ދިރި އުޅެވޭނެ އަމިއްލަ ބާރުވެރި ތަނެއް ނެތި ކައިވެނި ކޮށްދެވެން ނެތް ގޮތައް؟

    7
    1
  2. ނިޒް

    ވަރަށް ރަގަޅު ވާހަކަތަކެއް ފާހަަގަ ކޮށްފައި މިވަނީ....

  3. ހިތް

    އާއިލާތައް ރޫޅި ދަރިން ބިކަވަނީ ފިރިހެނުން ބޭވަފާތެރިވާތީ. އަނބިމީހާއަށް ދޮގުހަދާފައި ފޯނުން ކޮންމެ ވެސް ހިލޭއަންހެނަކާ ގުޅުން ބާއްވާތީ.

  4. ރެޓޭ

    ބަބުރުވަސް ދުވުމަކީވެސް އާއިލާ ރޫޅޭކަމެއް!

  5. Anonymous

    އާއިލާތައް ރޫޅެނީ ސީދާ ޔޫރަޕުގެ ފަރަންޖީން މިރާއްޖެއަށް އައިސް ފާހިޝް ކަންތައް ކުރަން އަންހެނުންނަށާއި ފިރިހެނުންނަށް ދަސްކޮށްދިނީމަ. އަދި ނުވިތާކަށް މީހުންގެ ބޮލަށް އެރިގެން ކާވެނި ރޫޅުވުމަކީ ވެސް އެމީހުން އަޑީގައި ތިބެގެން ކުރުވާ ކަމެއް. އެމްޑީޕީގެ ބައެއް މީހުންނަކީ އެކަމުގައި އެމީހުނަށް އެހީތެރިވެދޭ ބަޔެއް. އަންނިގެ ހުރިހާ ރޭވުމެއް ރާވާފައިވަނީ ކާވެނި ރޫޅުވުމަށާއި ދަރިން ނިކަމެތިކުރުމަށާއި ޒިނޭކުރުން އާންމުކުރުމަށް.

  6. އަލީ

    އެހެން މީހުންގެ ކާރީގައި ދަރިން ބައިތިއްބާފައި ވަޒީފާތަކަށް ދާ މައިން އެބައުޅޭ. އެ މައިންގެ ފިހާރަތަކުން އެ މައިންނަށް ލައްކައިން ފައިސާ ލިބޭ. ދެން އެމީހުން ވަޒީފާއަށް އެދަނީ ކޮންކަމަކުބާ؟ އިސްލާމްދީނުގައި ހަރާންކުރައްވާފައިވާ ކޮންމެވެސް ނުބައި ކަމެއް ކުރަން ނޫންބާ؟ އާއިލާ ރޫޅެނީ އަނބިން ހިލޭ ފިރިހެނުންނާ ގުޅޭތީ ނޫންބާ؟ އާއިލާ ރޫޅެނީ ފިރިން ހިލޭ އަންހެނުންނާ ގުޅޭތީ ނޫންބާ؟

  7. ގާދިރު

    ބައެއް އާއިލާތައް ރޫޅެނީ ނުފޫޒު ގަދަ ލާރިއަށް ދަހިވެތި މައިދައިތައިންނާ އަދި އެމީހުންގެ ލަދު ހަޔާތް ކުޑަ އެއްބަޑު މީހުނާ ހެދި