ވަރި ސާބިތުކުރުމަށް އެދި ހުށަހެޅި ދެ މީހަކު ފަށްކަނޑަން މީހަކާ އިންކަމުގެ ކުށުގައި -/5000ރ އިން ޖޫރިމަނާކޮށްފިއެވެ.

ފެމިލީ ކޯޓުން ވިދާޅުވީ، އެ ދެ މީހުން ޖޫރިމަނާކޮށްފައި ވަނީ އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެ ކޯޓުން ފާހަގަކުރެއްވިގޮތުގައި މިފަދައިން ނިންމުމުގައި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިންފަށްވެފައި ވަނިކޮށް ކައިވެނިކޮށްފައިވުމާއި، ކާވެނީގެ އަގްދުވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން އަމަލުކޮށްފައިވާ ގޮތަށާއި ކައިވެނީގެ އަގްދުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށާއި، ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން، ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ޝަރީޢއަތުން ރިއަޔަތްކޮށްފައި ވެއެވެ.

އަދި އެކަމުގެ އަދަބު ކަނޑައަޅާފައިވަނީ، ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެ މީހުން ރާވައިގެން ކައިވެނި ކޮށްފައިވާކަން އެނގޭތީ ކަމަށްވެސް އެ ކޯޓުން ވިދާޅުވިއެވެ.

"އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގައި ވާގޮތުން، ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެކެވެ.". އެ ކޯޓުން ވިދާޅުވެފައި ވެއެވެ.

މިފަދަ ހާލަތްތަކުގައި މީގެކުރިން ވެސް ކޯޓުން އަދަބު ކަނޑައަޅާފައިވާ ކަމަށްވެސް ކޯޓުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަތަރު ފަތް

    ތިންފަތްވެފައިވާ އަންހެނާ އެހެން މީހަކާ އިދެގެން ގިމާއު ނުވާނަމަ ފަތް ނުކެޑޭނެ

    10
  2. ޕޮޕޮރީ

    އަންހެން މީހާ ޑަބަލް ކޮށް ޖޫރިމަނާ ކުރަން ޖެހޭ. ޢޭރުން އެހެން މީހުންނަށް އެކަން ކުރަން ނުކެރޭނީ

  3. ރަަންނަ

    5000 އިޒް ވޯތް.

  4. މިނީޝާ

    ޖޫރިމަނާ ތިކުރީ ފަޤީރު މީހަކަށްވީމަ ޔަޤީން. ރާއްޖޭގައި ތިފަދަ ކައިވެނިކުރުމަކީ މިހާރު އާންމުކަމެއް. ތިން ފަށް ވެފައިވާ ދެމީހުން ފަށް ނުކަނޑާ އަލުން އިދެގެން އެކުރަނީ ހަމަ ޒިނޭ ކަން ނޭގެނީބާ! ފަހު ޒަމާނުގެ އަލާމާތް .....ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ މިފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވާނދޭ! އާމީން

    • ސުކޫ

      ދެން ފައްކަނޑާނެ އެހެން ފޮރެް ބުނެބަލަ

  5. މުކި

    ފައްކަނޑާނެ އެހެން ގޮތެއް ކޯޓުން ބުނެދިންތޯ

  6. ގަބުޅި

    ފަށް ކެނޑުން އެއީ ޝަރުޢު ގައި އޮތް ކަމެއް ނޫން. އެހެންވީމާ ތިހިރީ ތިންފަށްވެ ފަށް ނުކަނޑާހުރެ ތިންފަށްވި މީހާއާއި އިނދެގެންނޭ ނުބުނެވޭނެ. އެހެން ބުނުމުން އެ ބުނެވެނީ ނުސީދާ ކޮށް ފަށްކެނޑުން އެއީ ޝަރީއަތުގައި އޮންނަ ކަމެކޭ. އެހެނެއް ނޫން! ބުނަން ޖެހެނީ ތިހިރީ ތިންފަށްވެ އެހެންމީހަކާއި ކައިވެނި ނުކޮށޭ. ނުވަތަ އެހެންމީހަކު އެ ދެމެދަށް ނައިސް ތިންފަށްވި މީހާ އާއި އެކު ޞައްހަ ނޫން ކައިވެންޏެއްގަ އޭ.