އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކޮށްފިއެވެ.

"ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން އެދުމުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

މިއަދު މެންދުރު ފަހު އެ ބައްްދަލުވުން ކުރިއަށްގެންދިޔައިރު، އެ ބައްދަލުވުމުގައި ވަނީ އާޒިމް މެންބަރުކަމުން ވަކި ވެފައިވާ ކަމަށް ނިންމަވާފައެވެ. އެހެން ނަމަވެސް އެ ނިންމުން އަދި ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.

އާޒިމް ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދި ފަހުން އާޒިމް ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އުފައްދާފައިވާ "އިދިކޮޅު އިއްތިހާދު"ގެ ބައްދަލުވުމެއްގައިވެސް ބައިވެރިވަޑައިގަންނަވާފައެވެ. އަދި އޭގެ ފަހުން އެކަމާއި ގުޅޭގޮތުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެވެ.

އާޒިމް އެމްޑީޕީން ވަކިވެފައިވާކަން ނިންމީ އެ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

ފިކުރެއްގެ ދިރުމުގެ މެމްބަރުންތަކެއް ވިޕްލައިނާއި ހިލާފްވަމުންދާތީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ. އެ ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ، ސަރުކާރަށް ފާޑު ވިދާޅުވިޔަސް ފިޔަވަޅު އަޅަން އެމްޑީޕީއަށް ނުކުރޭނެ ކަމަށެވެ.

އެމްޑީޕީއާ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މީގެކުރިން ވަނީ ވަކިން ޕާލަމެންޓްރީ ގްރޫޕެއް ވެސް ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަން ރީނދޫ

    ދެން ދިޔާތަކެތި ޑެލިވަރީ ކުރާނެ މީހަކު އެމްޑީޕީއިން އަލުން ހޯދަން ޖެހޭނީ

    14
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އަމިއްލަ އަށް ހެދޭ ގޯހަށް ކިޔަނީ ޅަ އެއްޗެހި ނޫނީ ޅަ އެއްޗެއް އެޅިއްއޭ. މިކަހަލަ ގޯސް އަމިއްލަ އަށް ހެދެމުން ހެދެމުން ގޮސް، އެންމެ ފަހުން އިބޫ ވެސް ވަކި ކުރާނެ!

  3. ޙދުެޖިއ

    މިކަހަލަ ބޮޡެތި ނިންމުންތައް ނިންމަނީ ބޮޑެތި ކަންކަން ޕޮޒިޓިވްކޮށް ނެގުމުގެ ވިސްނުން ރައްޔިތުންނަށް ފޯރުކޮށްދޭން.
    މައިގަމޑު މަގްސަދަކީ އިންޑިއާ ބޭނުންވާގިތަށް ޔާމީންގެ މައ1ސަލަތައްވެަް ނިންމަން. ޥެރިކަމަަށް ކުރިމަތި ނުލެވޭގޮތް ހެދުން. އެކަންވެސް އެއީ ޖުޑިޝަރީގެ ނިންކުން ކަމުގައި ބަލައިގަންނަން ވިސްނައިދިިނުންް.

  4. އައިކެ

    އިޒްލޭލު އަންނިވެސް އެން ޑީ ޕީ ން ވަކިކޮއް ޖަލައްލާންވީ ކިހާބޮޑުބަލާއެއްމީ މިގައުމައްދިމާވި

    1
    1
  5. އާދަނު

    ވެރިކަމުގެ ނިމުން ކައިރިވީވަރަކަށް ޞާލިޙް ޅައެތި އަޅަމުން އެދަނީ! ތިޔަ ގެއްލުނީވެސް 100 އެއްހާ ވޯޓު

  6. އަބްދުﷲ އަލީ

    ފިސްތޯލަ ނާޒިމް ޕާޓީ މިހާރު ވަރަށް ސަޅި ، ވަރަށް ސަޅި ބިޓުން އުޅޭ