ޝާހިދާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންދިއުމަށް ފުލުހުންގެ ލޯންޗް ނައްޓާލަނީ
ޝާހިދާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންދިއުމަށް ފުލުހުންގެ ލޯންޗް ނައްޓާލަނީ

ހދ.ނޮޅިވަރަމުން ރޭ ފަތިހު ދަން ޖެހިފައި ހުއްޓާ ފެނުނު އަންހެން މީހާގެ މަރާއި މެދު ޝައްކުތަކެއް އުފެދިގެން ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަން "ވަގުތަށް" ކަށަވަރު ކުރެވިއްޖެއެވެ.

ދަން ޖެހިފައި ހުއްޓާ ފެނުނީ ޝާހިދާ އަލީ ކިޔާ އަންހެނެކެވެ.

ނޮޅިވަރަމުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ކަރުގައި ވާގަނޑު އައްސާފައި ހުރި ގޮތުން ޝައްކުތަކެއް އުފެދޭ ކަމަށް ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު މީހުން ބުނާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އެގޭގެ ގިފިލީގައި ކަމަށާއި އެ ގިފިލި ހުންނަނީ ވަރަށް އުސްކޮށް ހިޔާ ކޮށްފައި ކަމަށެވެ. އެހައި އުސްކޮށް ގިފިލީގެ ފުރާޅު ހުންނައިރު ގިފިލީ ފުރާޅުގައި ވާގަނޑެއް އެއްސުމަކީ އަންހެނަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ދަން ޖެހިފައި ހުރި ސަރަހައްދާއި ކައިރި ހިސާބެއްގައި ވެސް ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު ގެ ހިމެނޭ ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންހެން މީހާގެ މަރާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެވޭ ވަރަށް ކަންކަން ސާފުވުމުން މީޑިއާ އަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާަަިެޮàބުތުް

    ޣަހަރެމެން ގަބޫލެއް ނުކުރޮ

  2. ޔާރު ނެތޭ ސޮރީ...

  3. ގަބޫލެއް ނުކުރޮ