އޮޅުވާލައިގެން ފްލެޓްތައް ވިއްކި މައްސަލަ މަޖިލީހުން ބޭރު ކުރުމުން އެކަމުގައި ސަރުކާރުން ބައިވެރިވާ ކަން ދޭހަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

"މި މައްސަލަ ބޭރުކޮށްލުމުން ދޭހަވަނީ ސަރުކާރުން މިކަމުގައި ބައިވެރިވާކަން" ތިމަރަފުށީ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމާ ގުޅިގެން ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ރިޔާޒް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 18 މެމްބަރުންނެވެ. އަދި 26 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށެވެ. އެހެންވެ މައްސަލަ ބަލައިގަނެ ބަހުސްކުރަން ފާހެއް ނުވިއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ރިޔާޒް ވިދާޅުވީ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި ހަދަމުންދާ ބޯހިޔާވަހިކަމުގެ ފްލެޓްތައް އިމާރާތްކުރުން ލަސްވުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުންދިޔަ ޕްރޮޖެކްޓައް ހުއްޓި މަކަރާއި ހީލަތުން އެއް ފްލެޓެއް އެތައް ފަހަރަކު ވިއްކާކަމަށް ކުރެވޭ ތުހުމަތުތަކާއި އަދި ފްލެޓްތައް ނިންމަން ބުނި ތާރީހު ފަހަނައަޅާދާއިރުވެސް ނުނިމޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ އޭގެ ސަބަބުން ރައްޔިތުންނަށް މިހާރު އުޅޭ ތަންތަނަށް ކުލިދެއްކުމުގެ ބުރަ ދެ ގުނަވެ، އާއްމު ރައްޔިތުން ބިކަވެފައި ވާއިރު ވެސް ކަމާ ބެހޭ އިދާރާތަކުން އަދި ބެލެނިވެރި ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާ ތަން ވެސް ނުފެންނަ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެހެން ކަންކަން ދިމާވަނީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް އެވޯޑްކުރުމުގައި ބަލަންވާ ވަރަށް ނުބަލާތީ ކަމަށެވެ. އަދި އޭގެ ސަބަބުން މަސައްކަތް ހަވާލުކުރާ ފަރާތުން އެކި ފަހަރު އެކި ގޮތަށް އުޒުރު ދައްކައި އާންމު ރައްޔިތުންގެ ތެރެއިން އެއް ބަޔަކު އުމުރު ދުވަހު މަސައްކަތް ކޮށްގެން ރައްކާކޮށްގެންނާއި އަދި ދަރަނިވެރިވެގެން ހޯދާ ފައިސާ ކޮޅު ބަޔަކު ނިގުޅައިގަންނަމުންދާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ރައްޔިތުންގެ ހައްގު ހޯދައިދޭން އެެއްވެސް މުއަސަސާއަކުން ނޫޅޭ ކަމަށާއި އެފަދަ މައްސަލަތައް ދިގުލައިގެން ދިއުމުން ފްލެޓްތަކަށް ފައިސާ ދައްކާ މީހުންނާއި އާއިލާތަކަށް ބޮޑެތި އަސަރުކޮށް ގެއްލުންތައް ވަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިލީހުން

    މި އިބިލީހުންގެ އިހުލާސްތެރިކަމާއެވެ.

    2
    3
  2. އާދަނާ

    ތިކަހަލުގެ ހުރިހާކަމެއްގެފަހަތުގަވަނީ މިސަރުކާރުގެ ނޫނީ އެމްޑީޕީއަށް ނިސްބައްވާ ބޮޑުވަގުންތައް! އެމީހަކުއަތުޖެހުނުދިމަލަކުން ޒީރޯޓޮލެރެސް (ކިނބޫއެބުނާ) ހިންގަނީ،،!؟ ޢެއީ ޒީރޯޓޮލެރެސްއަކީ! މިސަާރުގަނެތޭ ވައްކަންނުކުރާ އެންމެ މިނިސްޓަރެއްވެސް!

    6
    1
  3. ޒަރާ

    އަތާ ފަޔާ އަނގަވެސް ވުން އެކަށީގެންވޭ..