ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސޯލިހެއްގެ ނަންދެވިފައި ވީނަމަވެސް އެމަނިކުފާނު ސޯލިހަކަށް ނުވިކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އަނިޔާދީ ނޭއްގާނީ އަމަލުތައް ހިންގަމުންދާތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށެވެ. ރާއްޖޭގެ ތާރީހުގައި ވެސް ވެރިކަން ކޮށްފައި ހުރި މީހަކަށް މިހާ އަނިޔާކުރި ސަރުކާރެއް ދެކިވަޑައިގެންނުވާ ކަމަށް ސަލީމް ވިދާޅުވީ އިސްލާމީ ތާރީހުގައި ވެސް މިހާ އަނިޔާވެރިކޮށް ރައީސްއަކާއި ދޭތެރޭގައި އަމަލުކޮށްފައިނުވާ ކަމަމުގެ މިސާލު ދައްކަވަމުންނެވެ.

މިރޭ އިދިކޮޅުން ކުޅުދުއފުށީގައި ބޭއްވި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ-- ވަގުތު އިމޭޖްސް : މުހައްމަދު އަލީފް

"ރައީސް ޔާމީނަށް އަނިޔާދެމުން ދަނީ ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ. އެކަންތައް މި ސަރުކާރަށް ނުކުރެވޭނެތީ. އެމަނިކުފާނުގެ ލެގަސީ ދުއްވާލުމަށް ކުރަމުންދާ މަސައްކަތެއް މިއީ. ހަގީގަތުގައި އިހުލާސްތެރިކަމުގެ ބަދަލުގައި މީތޯ ކަންތައް ކުރަންވީގޮތަކީ. އެމަނިކުފާނަކީ މި ގައުމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ޔާމީނަށް އަނިޔާކުރާތަން ބަލަހަށްޓައިގެން ނުތިބޭނަން. މި ސަރުކާރު ބަދަލުކުރަން ބޭނުންވަނީ މި ސަބަބުތަކާއިހުރެ. ޑރ.މުއިއްޒު އެ ނިކުންނެވީ އެ މަސައްކަތް ކުރެއްވުމަށް" ސަލީމް ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް މުއިއްޒު ވައުދުވެވަޑައިގެންކަން ފާހަގަކުރައްވަމުން ސަލީމް ވަނީ ރައީސް ސޯލިހް ވެ ވަޑައިގެން ވައުދުތައް ކޮބައިތޯ ސުވާލު ކުރައްވާފައެވެ. "އަބަދުވެސް ކުރަނީ ކުރަނީ، ނިމެނީ ނިމެނީ މި ނޫންތޯ." ސަލީމް ވިދާޅުވިއެވެ. ރައްޔިތުންނަށްވީ ވައުދުތައް ފުއްދަވާ ނުދެއްވައި އަނެއް ފަސް އަހަރު ރައީސް ސޯލިހަށް ދެއްވުމަށް ވިދާޅުވަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ކިހިނެއްތޯ ނަން ދިމާނުވާ މީހަކާ ދޭތެރޭގައި އަމަލުކުރަން އެނގޭނީ. ރާއްޖޭގައި ތިން ރަސޫލު ބޭކަލެއްގެ ނަމުން ނަންދީފައިވާ މީހެއް މަދުވާނެ އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި. މި މާތް ތިން ބޭކަލުންގެ ނަމުން ނަން ދީފައިވާއިރު ވެސް މިއިން އެއްވެސް ނަމަކާ އެމަނިކުފާނުގެ ނަން ދިމާވިތަނެއް ނުފެނެ." ސަލީމް ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ކުޅުދުއފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން-- ވަގުތު އިމޭޖްސް : މުހައްމަދު އަލީފް

އޭގެ އިތުރުން ސަލީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގައި ތިބި ވަރުގެ ބައެއް މި ސަރަހައްދުގައި ވެސް ނުތިބޭނެ ކަމަށެވެ. އެ ޕާޓީ ރޫޅާލުމަށްޓަކައި ފުޑާލުމަށްޓަކައި ރާއްޖޭގެ ހުރިހާ ދިމާލަކުން މަސައްކަތްކުރި ކަމަށާއި ސަރުކާރުން އެ މަސައްކަތްކުރި ކަމަށާއި އެހެން ޕާޓީތަކުން އެ މަސައްކަތްކުރި ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްގޮތެއް ހަދާނުލައި އިދިކޮޅުގެ ލީޑަރު ޖަލުގައި ހުންނަވައިގެން އެ ޕާޓީ ކޮންޓްރޯލް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އޭގެ މާނައަކީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަކީ މި ސަރަހައްދުގައި ނެތްވަރުގެ މޮޅު މީހުންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ސަފުތައް އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. މުޅި ރާއްޖޭގައި ސަފުތައް ރުކުރުވާލަންޖެހޭ ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެނެން އެ ބޭފުޅުން މައިތިރި ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ކުޅުދުއފުށީގައި ބޭއްވި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ-- ވަގުތު އިމޭޖްސް : މުހައްމަދު އަލީފް

"އިމްރާން ވިދާޅުވީ އެ ކޯލިޝަންގެ ބޭފުޅުން ދެ ގަޑިއިރު ނިދާ ވަހާކަ. އަޅުގަނޑުމެން ދެ ގަޑިއިރެއް ކީއްކުރަން އެއް ގަޑިއިރުވެސް ނުނިދާނަން. މިތާ އެބަތިބި އެންމެ ރެޔަކުވެސް ބައި ގަޑިއިރަށް ވެސް ނުނިދާ މީހުން. ރޭގައި މި ރަށަށް ފުރައިގެން އައީ އެއް ބައި މީހުން ގަޑިއިރެއް އަނެއް ބައި މީހުން ދެ ގަޑިއރު. އަނެއްބައި މީހުން ނުވެސް ނިދާ. އެހާލުގައި މިއައީ މި ރަށަށް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރަނގަޅަށް ނިދި ނުލިބިވެސް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުއިއްޒު އަދި ލީޑާޝިޕްގެ ބޭފުޅުން ހދ. އަތޮޅަށް ވަޑައިގެން މިއަދު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެކަމުން އެނގިގެންދަނީ އެ ވަރުގެ ޓީމެއް ރާއްޖޭގައި ނެތްކަން ކަމަށް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މާތްﷲގެ ރަހުމަތްފުޅާއެކު ރިޔާސީ އިންތިހާބުގައި ވާދަވެރިން ބަލިކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އާނުބެ

    ޞާލިހަކަށްވަނީ ދައުލަތް ލޫޓުވައިގެން ހޯދި ފައިސާއިން 18 ފިހާރަ ހުޅުވީމަތޯ؟

    21
    5
  2. މުއިއްޒު 2023

    އެއީ ސޯލިހެއް ނޫން ގައިރު ސޯލިހު، އިބޫ ޖަހުލު، ނުވަތަ އާންމު ނަމުންނަމަ ޗޯރޭ

    14
    10
    • އެސް ޒެޑް

      ޝަރީޢަތަށް ޞާބިތުވެ ކޯޓުން ހުކުމްކޮށްގެން ޗޯރު އޮތީ ޖަލުގަ، ދެންތިކިޔާ ޗޯރުއަކީ ސިޔާސީ ބޭނުމަށް އެހެންމީހުން އޮޅުވާފަ ނާޖާއިޒު ފައިދާނަގަންވެގެން ކިޔާ ޗޯރުއެއް، ކިޔާ އެއްޗެއް ޞާބިތު ހިފޭގޮތަށް ކިޔަމާދޯ؟ ޞާބިތު ނުހިފޭގޮތަށް ކިޔާ އެއްޗެއްސަކީ އަނެހެކާ ދެރަކޮށްފަ ސިޔާސީ މަންފާ ލިބިގަންނަން ކިޔާއެއްޗެހިތައް

  3. އ މ ރ ބ

    އާނ ޖާހިލަށް ކީ، އިޔޮން ރީތި ނަމަށްވެސް ހުރި ހުތުރެއް ތީ

    8
    6
  4. ޕިސްޕިސް

    އާން . . އެހެންވެ ދޯ އެއްމެ ސޯލިހު ޔާމިނު ފަހަތުން ތި ތެޅިބާލަނީ . . . .

    7
    2
  5. Anonymous

    މަވެސް ބޭނުމެއްނޫން ސޯލިހެއް.

    3
    5
  6. ނަމަ

    ރެޑްވޭވް ސަލީމް ތިޔަބުނީ ސަލީމް ކިއީމަ ރެޑް ނުވި ބީދާއިންތަ

    1
    1
  7. ނިންމާ

    ބޮޑު ވަގެއްގެ ފޮޓޯ ފުރަހުން ބޮޑު ސްކްރީން އަކުން ދައްކާފަ ކޯއްޗެކޭ ކިޔާ ބައެއްމީ.

    3
    1
  8. މުއިއްޒު

    ދިދަ ވަގު ކަލޭ ރަފަޅުވާނީ ތިޒާތު ވާހަކަ ނުދައްކާ ހުރިއްޔާ ދައުލަތް ލޫޓުވައިގެން ހޯދި މުއްސަނދި ކަމުގައޭ ތިއުޅެނީ އެޓޯލްސް އިން ވަގު ލާރި ބަމޑު އެޅި އެކަކު ކަލެއކީ ދެން ކޮން އަނގައެއް ތިއަތުވަނީ...

    2
    1
  9. ޙާލު

    އަޖައިބެއް ނުވާނެ ބާ؟ ވެރިކަމާހެދި އެކަކު އަނެކެއްގެ މަސްކކައި ، މަގެއްމައްޗަށް ނިކުމެވޭ ވަރަށް ވުރެ ލަދު ހަޔާތް ނެތިގެން ގޮސް ތިޔަތިބީ ތި ހުރިހާ އެންމެންވެސް. ސޯލިހެއް ޔާމިނެއް ގާސިމެއް ނަސީދެއް ނެތް، ހުސްވެސް ހަސަދަޔާ އަމިއްލަ އެދުމުން ފޯވެފަ.ލާރި ނުކާ އެކަކުވެސް ނެތް. ގުދޯ ގުދޯ ގޮވާއިރު ތިމާގެ ގުދު އޮތްކަމަށްވިސްނޭ މީހަކުނެތް. ވެރިކަން ފިޔަވައި އިތުރު އެއްޗެއް ބޭނުމެއްނުވޭ ހެޔޮވިސްނުން ދެއްވާށި !

  10. ޜެޑް

    ސަލީމް ކަލޭތީ މާ ސާލިޙް މީހެއްތަ؟ ހަމަ އަހާލީ.

    4
    1
  11. ސަރުތު

    ބޭނުމީ ސޯލިހު އެވަރެއް ނެތް ހަމަ

    4
    1
  12. ރަތް ރާޅޭ

    މީނަ މޮޅުކަމުން ނުހައްޤުން ބިންތަށް ހޯދައިގެން ފިހާރަ ހުޅުވާފަ ހުރީ...ލަދު ކޮބާތަ

    3
    1
  13. ރާގޮނޑި ރާޖާ

    ވަގަކު ސާލިހަކަށް ވާނީ ހަމަ ސާލިހު ވީމަ...

  14. އެސް ޒެޑް

    އަޅެ ކަލެއަކީ ޞޯލިހު މީހެއްތަ؟ މީހުންގެ ވާހަކަ ނުދައްކާ ފުރަތަމަ ތިމާއަކީ ޞޯލިހުމީހަކަށްވެ އިސްލާހުވާން މަސައްކަތްކޮށްބަލަ