ރައްޔިތުންގެ މަޖިލިސް މިހިސާބަށް ގެނެސް ހުއްޓުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މި ސަރުކާރުން ކަމަށާއި، މިއީ ރާވައިގެން ހިންގި ބޮޑު ޖަރީމާއެއްކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ރައީސް ސޯލިހު މަޖިލިސް ހުއްޓުވީ ކަމަށެވެ.

ސަލީމް ވިދާޅުވީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު ހެދިއިރުވެސް ރައީސް ސާލިހު މަޖިލީހުގައި ހުންނެވި ކަމަށާއި، އެހެންކަމުން މަޖިލީހުގެ ކަންކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން މަޖިލިސް ހުއްޓުވުމަކަށް ގެނެވިފައި މިއޮތީ ރައީސް ސާލިހު ގަސްތުގައިކަމަށް ސަލީމް ވިދާޅުވިއެވެ.

"މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ މި މަޖިލީހުގެ ދެ ދައުރު މަސައްކަތްކޮށްފައި ހުރި ބޭފުޅެއް. އޭގެ ކުރިންވެސް ދެދައުރަށްވުރެ ގިނަ ދައުރު މަޖިލީހުގައި އުޅުއްވި ބޭފުޅެއް. އަދި ޤާނޫނު އަސާސީ ހެދި އިރުގަ އާއި މަޖިލީހުގެ ޤަވައިދު ހެދިއިރުވެސް އުޅުއްވި ބޭފުޅެއް އެހެންވީމާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ކަންތައްތައް ހިނގާ ގޮތާއި މަޖިލީހުގައި މިހެން ހަދައިފިއްޔާ މަޖިލިސް ކުރިޔަށް ނުގެންދެވޭނެ ކަމާއި، މިހުރިހާ އެއްޗެއް އެނގިވަޑައިގެން ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ މިކަން ކުރެއްވީ ސީދާ." ސަލީމް ވިދާޅުވިއެވެ.

މިއަދު މަޖިލީސްގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

މަޖިލީހުގެ ރައިސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި މީގެ ކުރިންވެސް މިފަދަ ހާލަތެއް ކުރިމަތިވެފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ. އަދި މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންވާނެ އެއް ފަރާތަކީ ރައީސް ސޯލިހުކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

މިއަދުވެސް އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ މަޖިލީސް ކުރިއަށްގެންދެވޭނެ މަގެއް ފެނޭތޯކަމަށް ސަލީމް ވިދާޅުވިއެވެ. ނޫންނަމަ ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރި ހުރިހާ ދޮރެއް ބަންދުވީކަމަށް ވިދާޅުވެ ސަލީމް ކަންބޮޑުވުންފާޅުކުރެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ މަޖިލީސް ބަންދުކުރުމުގެ މަގްސަދަކީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ހުޅުވިފައި ހުރި ހުރިހާ ދޮރެއް ބަންދު ކުރުން ކަމަށެވެ. މެންބަރުންނަށް ބިރު ދައްކައިގެން ރައީސް ސޯލިހު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު މަޖިލީސްގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

"އަޅުގަނޑުމެންގެ ރައީސް، ރައީސް ޔާމީންއަށް އިންސާފު ހޯދުމަށް އަޅުގަނޑުމެން ކުރަމުންދާ މި މަސައްކަތް މަޖިލީހުގެ ތެރެއިން ކުރަންވެސް ފުރުސަތު ގެއްލިގެން މިދިޔައީ، އެހެންވީމަ އެހުރިހާ ފުރުސަތެއް ގެއްލުވާލުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް މިއީ." ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށް އިދިކޮޅާއި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ހިމެނޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރިއެވެ.

ރައީސް ނަޝީދުވެސް ވަނީ މި ވާހަކަތަކަށް ތާއިދުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ރައީސް ސާލިހުގެ އަރިހުން އެދިވަޑައިގަތީ ނައިބު ރައީސްގެ މައްސަލަ އަނބުރާ ގެންދެވުމަށްފަހު، އެމަނިކުފާނުގެ މައްސަލަ ކުރިއަށް ގެންދެވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަލީމާ

    ރެޑްވޭވް ސަލީމަށް ކޮން އިންސާފެއް ގާއިމް ކުރެވޭނީ އެޅި ހާ ބަތަކަށް ރިހަ

    5
    2
  2. ރައީސް ޞާލިޙް ވަރެއް ހަމަނެތޭ އިނގޭތޯ!

    މިހިރަމިހިރަ ކަންކަން ފެނިފައި ރައީސް ޞާލިޙަށް ކުރެވޭ ތާޢީދު ދަނީ އިތުރަށް ވަރުގަދަ ވަމުންނެވެ. ނިމިދިޔަ ސަރުކާރުގައި ފެނުނީ މަޖްލިސްގެ 12 މެމްބަރަކު ކިރިޔާ ޚިޔާލު ތަފާތުވެލިތަނުން ޝަރީޢަތަކާއި ނުލައި ގެންގޮސް ޖަލުގައި ބަންދުކުރެއްވި ތަނެވެ. އެހާ ހިސާބުން އެމީހުންގެ އަޑު މުޅިން ކެނޑުނީއެވެ. ނުވިތާކަށް އެކިއެކި ޕޯޑިއަމް ތަކުގައި އޭރުގެ ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ "އެ 12 މެމްބަރުން ޖަލަށް ލުމުގައި އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އެމަނިކުފާނު ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެމީހުން ދޫ ނުކުރައްވާނެ ކަމަށެވެ." ކަންތައްވީ ވެސް އެހެންނެވެ. ރައީސް ޞާލިޙް ތަފާތީ މިހާރުވެސް 12 މެމްބަރަކު އެމަނިކުފާނާއި އިދިކޮޅުވެ ޖެއްސުން ކުރަމުން ގެންދާއިރު ވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވުމެއް ނެތި ކެތްތެރިކަމާއި ޙިކުމަތްތެރި ކަމާއިއެކު ވެރިކަން ކުރައްވާތީ އެވެ.

    5
    2
  3. ޓެރެސް

    މި މީހުންނަށް ހީވަނީ އަދި ގަބޫލްކުރަނީ ރައްޔަތުންނަކީ ގަމާރު ބީތާއިންކަަމަށްތޯ؟ ބަލަގަ ތިޔަ މެނބަރުން ހަދާ ދޮގާ ގޮވާ އައުގުރާނަޔާ މަޖިލީހުގެ މުދަލަށްދޭ ގެއްލުމާ ތަނަކީ ތިމާމެން ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއްކުރަން ލިބިފައިވާ ވާރުތަމުދާތޯ. މަޖީލީސް ރައީސްގެ އަގެއް އިތުބާރެއް މިހާރަކުނެތޭ. ޕޕ އެމް މެންބަރުންގެ ހަމައެކަނި މަސެއްކަތަކީ ވަކިމީހަކަށް ވެރިކަން ހޯދާދެން ތިބިޔަޔެއްކަހަލަ. ރައްޔަތުން އެބަޖެހޭ ހޭވެރިވާން މިމީހުންނާމެދު.
    0

    4
    1
  4. ޙަސަން

    ފިތުނަ ފަސާދަ އުފައްދަން އުޅޭ ބައިގަޑެއް

    5
    2
  5. ގައުމީ ލޯބި

    ޕޕއމ ކުދީންވެސް ރައްޔަތުންނަށް އޮޅުވާލަނީ މާރޯދުވާލު ފެންނަ ކަމަކާއި ގުޅިގެން..

    އަންނި އޭނާގެ ނޯކޮންފިޑެންސް ލީމާ ބިރުން ގޮނޑި ގެއްލިދާނެތީވެ، އުޒުރު ވެރިވީއޭކިޔަނީ..

    ކޮން އުޒުރެއް ތޯ ބަޔާންކޮށްބަލަ.. އޭނާ ދޯ މަޖިލީހުގެ މަސްލަހަތު ނަގަހައްޓަން ހަވާލުވެ ހުރީ.. ހަމަ ހުރެފަ އަމިއްލަ ބޭނުމަށް މަޖިލީސް ނާޖާއިޒު ކޮށް ބޭނުން މިކުރަނީ އަންނި ދޯ..؟

    ސޯލިހަކީ މަޖިލީހާ ކޮންގުޅުމެއް ވާމީހެއް ދަ ސޯކޯލް 3 ބާރު ވަކިވެފައިވަނީ؟

    6
    3
  6. ސަންގު

    މިހާރު ރައީސް ސޯލިހަށް ތާއިދު ކުރަން ފެނޭ.

  7. ޓިނުއަސު

    ރެޑްވޭވް ސަލީމް ހުޅުމާލެ ފިހާރަ ގަވައިދަށް ނުފެތޭކިޔާފަ ޔާމިނު ވެރިކަމުގައި އަތުކަން ހިފާލާއިރައް ސަލީމް ރޮއިހޭރި ޔާމިނަށް ސަނާ، އެނެއްދުވަހު ފިހާރަ ގަވައިދަށް ފެތިބާރުވެއްޖެ،