ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ބޭއްވޭ ގޮތެއް ނުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީީފް ވިދާޅުވީ މިއަދު މަޖިލީސްއަށް ވަޑައިގެން ތިއްބެވީ 10 މެންބަރުން ކަމަށެވެ. އެހެންކަމުން ކޯރަމް ހަމަ ނުވާ ކަމަށް ވިދާޅުވިއެވެ،

"އަޅުގަނޑު ގަސްތު ކުރަން އަދި ކޯރަމް ހަމަވޭތޯ ބަލާފައި، އަޅުގަނޑުމެން ފަހުން 9:30 ގައި ޖަލްސާ ކުރިއަށް ގެންދަން، 9:30 ގައި ޖަލްސާގެ ކޯރަމް ހަމަވޭތޯ ބަލާފައި، ކޯރަމް ހަމަނުވެއްޖެއްޔާ 9:30ގައި ނޯންނާނެ އެހެން ގޮތެއް ޖަލްސާ ނިންމާލާނީ.".

ފަހުން 9:30 ގައި އަފީފް ވިދާޅުވީ، މިއަދުގެ ޖަލްސާ ގެންދެވެން ނެތް ކަމަށެވެ. އަދި މިހާރު ވަޑައިގެން ތިއްބެވީ 9 މެންބަރުން ކަމަށް ފަހުން ވިދާޅުވިއެވެ.

"އަނެއްކާވެސް ކޯރަމް ހަމަނުވެގެން ޖަލްސާ މިހިސާބުން ނިންމާލަން މި ޖެހެނީ"

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ކޯރަމް ހަމަވާނީ 22 މެމްބަރުން ތިބެގެންނެވެ.

އިއްޔެ ވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

މިއަދުގެ ޖަލްސާއަށް އެެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ މެމްބަރުން ހިމެނޭ ދާއިމީ ކޮމިޓާތައް އެކުލަވާލުމުގެ މަސައްކަތެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދިޔަ އިރު މިދިޔަ ބުދަ ދުވަހު ބާއްވަން އޮތް ޖަލްސާ ވެސް ނުބާއްވައެވެ. އެއީ ކޮމިޓީތައް އެކުލަވާލަން ޕާޓީތަކަށް ވަގުތު ދިނުމަށް ކަމަށް ބުނެއެވެ.

މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ދުވަހު ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި އެ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެކަން މަޖިލީހަށް އެންގެވީ އެންމެ ތިން މެމްބަރުން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނަޝީދު ވިދާޅުވިއެވެ.

އެހެންވެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރައްވާތީ މަޖިލިސް ކުރުކޮށްލައި ނިންމާލިއެވެ. އަދި ޖެހިގެން އައި އަންގާރަ ދުވަހު ވެސް މެމްބަރުން އަޑު ގަދަކުރާތީ މަޖިލިސް ކުރިއަށް ނުގެންދެވި ޖަލްސާ ވަކި ހިސާބަކުން ކުރުކޮށްލައި ނިންމާލިއެވެ.

މިހާރު މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގައި 57 މެންބަރުންނާއި ޑިމޮކްރެޓްސްގައި 13 މެންބަރުން، ޕީޕީއެމްގެ ފަސް މެންބަރުން، ޕީއެންސީ އަދި އެމްއެންޕީގައި ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގައި ދެ މެންބަރުންނާ އެކު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަންނަ

    ތިތަނަށް އެކަކުވެސްދާނެކަމެއްނެތް ތީ މިހާރުބޭކާރުތަނެއް ތިތަނެކޭ ބަކަރިކޮށްޓެކޭ އެއްވަރު ލޮނުމިދުކައިގެން ރާޑިވެފަ އެތިބީ.

    10
  2. ގައުމީ ލޯބި

    މުސާރަކަނޑާ ހާޒިރުނުވާނަމަ، އަދި މެޑިކަލް ވެސް ހުށަހަޅަން ޖެހޭނެ.. ޖެހިޖެހިގެން ނާންގާ 3 ދުވަސް ވެއްޖެ ނަމަ، މަޖިލީހުގެ ނޯޓިސް ފޮނުވާ!

    ތިޔަތަނުން ހެދި ޤާނޫނު އަސާސީއަށް ތިޔަ ތަނުން އަމަލު ނުކުރަނީތޯ؟ އޭގައި ވަނީ އެންމެ ނަކީ ހަމަ ހަމަ ބަޔެއްކަމަށް..

    ދައުލަތުގެ ބަޖެޓުން ސިވިލްސާވެންޓްނަށްވެސް ޕޭކުރަނީ، އަދި މަޖިލީހުގެ މެމްބަރުނަށް ވެސް.. ދެން ކޮބާ ހަމަ ހަމަ ކަން..

    ކުރާ މަސަތްކަތަށް ފައިސާ ދޭންވާނީ.. ކެންޕޭނަށް ގޮއްސަ، އަމިލަ ވިޔަފާރިކުރަން ގޮސް، ނުވަތަ ގޭގައި ތިއްބަސް ނުޖެހޭ ޓެކްސް ފައިސާ/ލޯނު ފައިސާއިން މުސާރަ ދޭން.

    10
  3. ަެއެކްސް

    އަދި މުސާރަ ކުޑަ ތަންކޮޅެއް ބޮޑު ކޮއްލާ... އޭރުން އަންނާނެ...

    8
    0
  4. އަބް

    އެއްބުރުން މުއީޒު

  5. ދަރަނި ދަންތުރަ

    ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދިނީ ވީކަމެއް ހަމަ ހަރާމް ، އެޖެންޑާ 19 ތަފާތުވީ ގައުމު އަޅުވެތިކޮން ލޫޓުވާލީ ދިވެހި ރުފިޔާގެ އަގު ވަށްޓާލީ ، ގައުމުގެ ހާލަތު އިތުރަށް ގޯސްވިީ އިންޑިޔާ އައުޓް ޗޯރޭ އައުޓް

  6. އައްޔަ

    ބޭނުންނުމުރެވޭ ހުސް އިމާރާތެއް ތިއީ. މާލޭގައި ނިދާލާނެ ތަންކޮޅެއްވެސް ނެތިގެން އުޅޭ މީހުން ތި ތަނުގައި ނިންދަވަންވީނު!

  7. ބަރުގޮނު

    މިވެސް ދިވެހި ބިމުގައި ހުރި ތަނެއް ދޮގެއްތޯ...؟ ނަމުގައި ޢިއްޒަތްތެރި ކަމުގައި ދެއްކުންތެރި ހެއްލުންތެރި ، ހީލަތްތެރި ، މަހުންމަހަށް ދޭ އެތިކޮޅުގައި ހިފަންވީމާ އެއްޗެއް ހިތަށްނާރާ ގިނަބަޔަކު އުޅޭތަނެއް. މީހަކު ވާބަލި ޖެއްސީމާ ވާބަލި ފަސޭހަކުރެވޭނެ ބޭހެއް ފަރުވާއެއް ނެތް ތަނެއް. 2024 ހަމަ ފެށޭތަނުން މިހާރު ތިބި މީހުންކޮޅާ އަދި އިތުރު މީހުންވެސް ރަޢިއްޔަތުން ގާތަށް ދާނެ.

  8. ރެޓޭ

    މުސާރަ ޑަބަލް ބޮޑު ކޮށްލާ.