ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބޭފުޅުން އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް 25 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

ފެމިލީ ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • - މުހައްމަދު އިހުސާން / ނޫރުވާދީ، ކ. ތުލުސްދޫ
  • - އާމިނަތު ޒިދުނާ / މ. ހިތަށްފިނިވާގެ، މާލެ
  • - އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫ
  • - އަހުމަދު ރިފްޝާން / ކަޝްމީރުގެ، ސ. ފޭދޫ
  • - ސިޔާމާ މުހައްމަދު / ދަފްތަރު ނަންބަރު ރސ. 13194 މާލެ
  • - ފާތިމަތު ސާޖިދާ / މާލެގަން، މާވިނަ، ޏ. ފުވައްމުލައް
  • - ފާތިމަތު ނަބާހާ / ޝާދީވިލާ، ގދ. ފިޔޯރީ
  • - އާއިޝަތު ނިހާ / މޫންޕްލާޒާ، ހދ. ވައިކަރަދޫ
  • - ނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫ
  • - އަބްދުލްމުހުސިން އަބްދުލްހަކީމް / އާކުރި، ގއ. ނިލަންދޫ
  • - މުހައްމަދު މުނައްވަރު އަލީ / ވެސްޓްބީޗް، އއ. މަތިވެރި
  • - އާމިނަތު އީމާން އަބްދުލްޣަފޫރު / މއ. ރޯޒް 1، މާލެ
  • - އަބްދުއްސަލާމް / މިސްކިތްދޮށުގެ، ގއ. ގެމަނަފުށި
  • - މަރްޔަމް އަފްޝާ / ރޯޒީ، ކ. ތުލުސްދޫ
  • - އަހުމަދު ހަސަންމަނިކު / ސަންސައިން، ނ. ޅޮހީ
  • - ފާތިމަތު ނިޒްނާ / ކަށިކެޔޮމާގެ، ގދ. ގައްދޫ
  • - އާއިޝަތު މާޝިޠާ / ވަލުތެރޭގެ، ތ. ވިލުފުށި
  • - މުހައްމަދު މޫސާ / ސިނަމާގެ، ޅ. ނައިފަރު
  • - މަރްޔަމް ރައުޙާ / ސްކައިވިލާ، ށ. މާއުނގޫދޫ
  • - އަހުމަދު ޝިފާއު / ލަކީސްޓާ، ހއ. މާރަންދޫ
  • - އުސާމާ މޫސާ / ޗަމަން، ށ. ކޮމަންޑޫ
  • - އަލީ ޝަރީފު އަބްދުއްސަމަދު / ސަމާޕެލަސް، ތ. ކަނޑޫދޫ
  • - ފާތިމަތު ނަސޫޙާ / ނޫރާނީވިލާ، ރ. އަލިފުށި
  • - ރަޒާނާ އިބްރާހީމް / ޒިންދަގީ، ގދ. ތިނަދޫ
  • - އާއިޝަތު ސުމައިނާ / ލިލަކު، މ. ކުނަހަންދޫ
  • ފެމިލީ ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 46،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.