ހދ. ކުޅުދުއްފުށީ ގެއެއްގެ ފާހަނަ ތެރޭގައި ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އެރަށު މީހަކު ފާހަނައަށް ވަދެ ނުނިކުމެ ގިނައިރުވެގެން ބެލިއިރު ފާހަނަ ތެރެއަށް ވެއްޓިފައި އޮތުމުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 10:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެރަށު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.