މާލޭގެ ފަތާ ޓްރެކަށް އެރިގެން އުޅުނު މީހަކަށް ފިޓު ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.

"ވަގުތަށް"އެނގިފައިވާ ގޮތުގައި ޒުވާން ފުރައިގެ އެ ފިރިހެން މީހާއަށް ފިޓު ޖެހުނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ޒުވާނާއަށް ފިޓު ޖެހުނު އިރު އޭނާއާއެކު އަންހެނަކު ވެސް އުޅުނެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ މީހާއަކީ ކުރިންވެސް ފިޓު ޖެހޭ މީހެކެވެ. ނަމަވެސް މި ފަހަރު ފިޓު ޖެހުނީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހުއެވެ.

އެ ޒުވާނާއަށް ފިޓު ޖެހުމުން ފުލުހުން އައިސް ވަނީ އެހީތެރިވެދީފައެވެ.

އަދި ފަހުން އެމްބިއުލެންސްއެއް އައިސް އޭނާ ވަނީ ފަރުވާ ދޭން ގެންގޮސްފައެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.