ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި ވަގުތު ތިބީ 2981 މެމްބަރުންނެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް އީސީން ނޯޓިސްވެސް ދިނެވެ. އީސީން 2022ގެ މާރިޗް މަސް ތެރޭގައި އެ ޕާޓީއަށް ނޯޓިސް ދިންއިރު، އީސީން އެންމެ ފަހުން ނޯޓިސް ދީފައި ވަނީ މިދިޔަ ފެބްރުވަރީ މަސް ތެރޭގައެވެ.

ފަހުން ނޯޓިސް ދީފައި ވަނިކޮށް އެމްއާރްއެމްއިން 3000 މެމްބަރުން ހަމަކޮށް ފޯމްތައް ފެބްރުވަރީ މަސް ތެރޭގައި ހުށަހެޅިއެވެ.

ނަމަވެސް ދާދި ފަހުން ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީން ވަނީ ވަކިވެފައެވެ.

މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށް ފަހު، ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުކުރެވިއްޖެނަމަ އީސީން ދެން ފަށާނީ ޕާޓީ އުވާލުމުގެ މަސައްކަތެވެ.

އެމްއާރްއެމްއަށް މެންބަރުން ހަމަކުރުމަށް ދިން މުއްދަތު ހަމަވެ، އެ ޕާޓީ އުވާލާފައިވާއިރު، އެކަމާ ގުޅޭގޮތުން އަދި އީސީގެ ބަހެއް އަދި ނުލިބެއެވެ. އަދި އެ ޕާޓީންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްއާރްއެމް އުފެދިގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބި އެމަނިކުފާނުގެ އެއްބަފާ ބޭބެ ރައީސް މައުމޫން އާއި ޖެހުނު މައްސަލައެއްގައެވެ. މިގޮތުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ބައެއް މެންބަރުންނާއިއެކު ޕާޓީ ދޫކޮށްލައްވާ އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ރައީސް މައުމޫންގެ ބައެއް ދަރިކަލުންވެސް ތިއްބެވީ އެހެން ޕާޓީތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަސާސް

    ލެޖެސީއެއްގެ ނިމުން

    20
  2. ޝާކިރު
  3. މޗވ

    މިހާރު ކާކު މައުމޫނުބުނެގެން ޕާޓީއަށްވަނާނީ

    20
    1
  4. ޝައިޚް

    ތިމާގެ ލޭހިނގާ ތިމާގެ އަމިއްލަ އަޚާ ތިމާގެވެސް އަދި އަޚާގެވެސް ޢަދާވާތްތެރިންގެ އަތްމައްޗަށް ދޫކޮށްލައި ޢަދާވާތްތެރިންނާއެކުވެ ހަށިފޮޅާލާފަ ނުތެދުވެވޭނޭކަން އެއީ ފެންނަން އޮތް ކަމެކެވެ. މައުމޫނު ، ނާދިރާ ، ޔުމްނާ ، ފާރިޝް އަދި ދިރިތިބި އެންމެން ޢިބުރަތް ލިބިގަންނާށެވެ.

    21
    1
  5. ހުވަދޫ އަލިބެއްޔާ

    ދޭނެ ނަސޭހަތެއް ނެތް.. ދެން އުފައްދަން ވީ މާލޫދު ކިޔާ ގްރޫޕެއް..

    15
    • ޙަފޯ

      ރަނގަޅު ވާހަކައެއް. ޢެންމެފަހުން އެމް އާރ އެމް (މަގޯތި ރުޤިއްޔާ މޫވްމަންޓް) ވެސް ތި އުވުނީތާ. ޤައުމްށްވުރެ އަމިއްލަ އެދުން އިސްކޮށް ލޭގެގުޅުން ހަރާބްކުރީމަ ކޮންމެމީހަކުވެސް ބަލިކަށި މިވަނީ. ދެންވެސް އެންމެ ރަނގަޅުވާނީ ރޔ ފަހަތަށް އެރީމަ

  6. ގަލަން

    އިބޫ އާއެކީ ކޯލިސަން ނުހެދީމަ ލަންޑުތި ލިބުނީ މިއަދު ބާކީތިޔަވީ އެނެއްކާވެސް ސިޔާސީ މައިދާނުން މާރަގަޅު ވީސް ޔާމީނާ އެކުގަ ގުޅިގެން އުޅުނުނަމަ. އެހެނެއްވެސް ނުވި އެވެރިކަންބެސް އުޅުނީ ނުގަވައިދުން ވައްޓާލަން އެހެން ވެގެން އެބޭފުޅާ ޖަލައްލީވެސް މީހުން ކިތަންމެ ފާޑުކިޔަސް…

  7. ނަމަ

    ހުންނާނީ ރަގަޅައް ރައީސް މައުމޫން އަށް ރާކަނި މަސް ކެވިފައި

  8. އިނގުރައިދޫ ޒުވާނާ

    އަދިވެސް ހަމަ ޖެހިލައިގެން މަޑުމަޑުން ހުރެވޭތޯ ބަލާބަލަ
    ޕާޓީއެއް ހަދާއިރަށް އެ ޕާޓީ އެއް ގެއްލޭ
    ތިރިސްއަހަރުގެ ވެރިކަން ވެސް ނިމުނީ އެހާ ހިތިކޮށް
    އެކަމަކު އަދިވެސް ފިތުނަ އުފެއްދުމާ މީހުންނަށް ފުރައްސާރަ ކުރުމުގަ މައިތިރި ވާން ނޭންގިފަ
    އަމިއްލަ އެދުން ބޮޑަށް ފުކެއް ބޮޑުވަރު

  9. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އިބޫ އުޅުނު މައުމޫނު ގެ ތާޢީދު ވެސް ލިބޭތޯ. މިއަދު ދިވެހި ޖައްވުގައި އިބޫ އަށް ތާޢީދު ކުރާ ތިބީ މައުމޫނު ޕާޓީ ފަދަ ކުދިކުދި ޕާޓީ ތަކެއް. މި ވަރުން ވެސް އިބޫ އަށް ފިލާވަޅެއް ދަހެއް ނުވި. އަދިވެސް އިބޫ ގޮވަނީ، "އެއް ބުރުން އަހަރެން ހޮވޭނެ!". އިބޫ ގެ ނިމުން ވަރަށް ހިތި ވާނެ!

  10. ކާނިވާއިން

    އެންމެ، ރަނގަޅު. ރ މައުމޫންގެ ޚިދުމަތަށް ވ ބޮޑަށް ޝުކުރިއްޔާ

  11. ޒަބީ

    އެމްއާރްއެމް(މައުމޫނު ރިފޯމް މޫމެންޓް) މައުމޫނު ރިފޯމުކޮށް ނިމުނީ. ޞޮދަޤައްﷲލް އަޡީމް.

  12. Anonymous

    ދެންވެސް ޕާރޓީއޭ ނުކިޔާ ގޭގައި ރީއްޗަށް އިންނަވާ. 30 އަހަރު ވަންދެން ދިވެހިން ދިނިން ލޯއްބާއި އޯގާތެރިކަން ، އަދި ވޯޓްވެސް. އެކަމް ދެން ނެތް މިގައުމުގަ މަނިކުފާނަށް ބަލާނެ މީހަކު، މަނިކުފާނު ތިހުރީ ތިމަގެ ލޭހިގާ އަޚު އާދެކޮޅުވެ އެ އަޚާއަށް އަނިޔާވެރި ވާ ބަޔެއްގެ ފަހަތުގަ. ސަލާމް

  13. އެލެކްސް

    މައުމޫނުގެ އެއޮތް ބޮޑު ޕާޓި އުވުނީ؟ ދެން އެޕާޓީގެ މިނިސްޓަރުން ކިހިނެތް ވާނީ؟ ދުނިޔޭގެ އެހެން ގައުމެއްނަމަ ޕާޓީ އުވާލީމާ މިނިސްޓަރުން އިސްތިއުފާ ދޭނެ. 3000 ހަމަ ނުވުން މައުމޫނުގެ ސައިޒު

  14. ޟަނޓޭ

    މިބޭ ގަނޑުވެސް ވެއްޖެ އެއްނު މައިތިރި ވާން

  15. ހުސޭނުބޭ

    އަވަހަށް ނަޝީދު ޕާޓީއަށް ސޮއިކޮށްލާ! ކެކެކެކެކެެ

  16. Anonymous

    ދެން ތި ގޮތަށް އުވިގެން ނިމިގެން ދާނީ ދާދި ފަހުން އުފެދުނު އެމެރިކާގެ ކޮޕީ ނަަން ދަ ޑިމޮކްރެޓްސް