ހދ. އަތޮޅުގެ މެޖިސްޓްރޭޓަކަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މެޖިސްޓްރޭޓަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ދެ މީހަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްޗެއް ފުލުހުން ވިދާޅެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް މަރުގެ އިންޒާރު ދޭ މައްސަލަތަކާއި ބޮޑެތި މާރާމާރީގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    އެހެން އެވަނީ ކީއްވަ؟ އެހެން އެވަނީ ގާނުނުއަސަސިގެ 52 ވަނަ މާއްދާ އޮތްގޮތުންނާއި އަފްރާސީމާއި ރިޒްވާނުގެ މައްސަލަ ކޮޅެއްގަ ނުޖެހި އެމީހުންސަރުކާރުގެ މަތީމަގާމަ ފުރަމުންދާތީ ކަމުގަ ވެދާނެ.؟

  2. ރިޞްވީ

    ޢިންޒާރު ދިން ދެމީހުންނަކީ އެރަށުގެ މީހުން ބަލައި ގަންނަ ކަހަލަ ޒުވާނުން ބާ؟ ފަނޑިޔާރުން ގެ އެކަންޏެއް ނޫނެވެ.މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނަކު އަޅައި ގެންފި ނަމަ ކިތަމެ ބޮޑު ކަމެއް ކުރިޔަސް ސަލާމަތް ކުރާނެ މީހުންތިބޭނެ.