މިއަދުން ފެށިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އަށް އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި އެމްރާއާރްއެމް އުވާލަން އީސީން ނިންމީ މިއަދުއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި ވަގުތު ތިބީ 2981 މެމްބަރުންނެވެ.
ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް އީސީން ނޯޓިސްވެސް ދިނެވެ.
އީސީން މިއަދު ބުނީ، މެންބަރުން ހަމަކުރުމަށް އެ ޕާޓީއަށް ދިން ތިން މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ އެ ޕާޓީ އުވާލުމަށާއި މިއަދުން ފެށިގެން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެ ޕާޓީއަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށް ފަހު، ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުކުރެވިއްޖެނަމަ އީސީން ދެން ފަށާނީ ޕާޓީ އުވާލުމުގެ މަސައްކަތެވެ.
އެމްއާރްއެމް އުފެދިގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ލިބި އެމަނިކުފާނުގެ އެއްބަފާ ބޭބެ ރައީސް މައުމޫން އާއި ޖެހުނު މައްސަލައެއްގައެވެ. މިގޮތުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ބައެއް މެންބަރުންނާއިއެކު ޕާޓީ ދޫކޮށްލައްވާ އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.
ރައީސް މައުމޫންގެ ބައެއް ދަރިކަލުންވެސް ތިއްބެވީ އެހެން ޕާޓީތަކުގައެވެ.
ދެން އެންމެ އަވަހަށް ތިފަދަ ހާލެއް ޖެހޭނީ ދަނޑިމޮކުޅެޓުސްއަށް ކަމަށް މިބަލަނީ. ކުރިޔަށް އޮތް ފަސްއަހަރަށް ވާގޮތެއް ބަލަމާ!
ތީިމިހާރު ހަދަން ތިއުޅޭ ޕާޓީއަށްވެސް ވާނެގޮތް ބަލަންތިބެމާ"
ސިޔާސީ މަސައްކަތް ކުރެވޭނެ. ސިޔާސީ ޕާޓީއެއް ނުހިންގޭނެ. އީސީންވެސް ދޮގު ނުހަދާ.
30 އަހަރުން ފެޅި ފިޔަ ކޮށާލީ ތޯ ؟ އެމް އާރު އެމް ނުހިންގުނަސް ހެވެއްނު ! ކޮންމެ ޕާރޓީ އެއްގެ އޭގެ އޮށެއް އިންދާފަ އިންނާނެ.
ޒަޢީމު މިވަނީ ކިހިނެއްތޯ ސިޔާސި ހަރަކާތެއް ހިންގަނީ ކޮންމެހެން މާބޮޑު ޖަމާޢަތެއް އޮވެގެންތޯ ! ދައުލަތުގެ ފައިސާ ބަޔަކު ނަހަމަ ގޮތުގައި ހޯދަން ސިޔާސީ ޕާޓީ ހަދަނީ !
އަވަހަށް ފާރިސް އަލުން ގެއަށް ގަންޖާގޯންޏަކާއި އެކު ގެއަށް ވައްދާފަ. އިންޓަރނެޓު ބިލް ދައްކާލާ. އިނދެދާނެ ޕީއެސް ކުޅެން.