ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މޮޓޯއަކީ ލިބެން އޮތް އަގަކަށް ގަނެވިއްކުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑާއި ކޮސޯވޯގެ މިނިވަންކަން ވިއްކާލާފައި ކަމަށެވެ.

"މަސްވެރިންނަށް ގަތީ ބާދަގަނޑަށް ވެފައި ހުރި މަސްބޯޓު. އެގޮތަށް މުއްދަތު ހަމަވާން ކައިރިވެރިފައި ތިބި މަޖްލިސް މެންބަރުން ގަންނަނީ. ޙާސިލްވީ ހުލިކޮށްލައި އޮރިޔާންކޮށްލުން." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ބޮޑު ލޯނެއް ނަގައިގެން ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ގެނައި އާ ބޯޓު "ޖަޒީރާ 103" ގެ ހާލަތު ވަރަށް ދެރަކަން ވަނީ ހާމަވެފައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއްމު ކުރެއްވި ފޮޓޯތަކަކާއި ވީޑިއޯތަކަކުން ފެންނަ ގޮތުގައި އެ ބޯޓުގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހާފަ އެވެ. ވީޑިއޯތަކާއި ފޮޓޯތަކުން އެނގޭ ގޮތުގައި މިފްކޯގެ ބޯޓު އޮތީ ބޮޑު މަރާމާތަކަށް ބޭނުން ވެފައެވެ.

މިފްކޯގެ އާ ބޯޓަކީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކޮރެއާގެ ޑޮކްޔާޑަކުން ރާއްޖެއަށް ގެނެސްފައިވާ ބޯޓެކެވެ. މިފްކޯގެ “ޖަޒީރާ 103” ބޯޓު ރަސްމީ ގޮތުން ބޭނުންކުރަން ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގަ އެވެ. އެ ބޯޓުގައި 120 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ އެވެ. އަދި 420 ޓަނުގެ މަސް ރައްކާކޮށްފައި އެ ބޯޓުގައި ބެހެއްޓޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚޮކި

    ތިބާގެ މޮޓޯއަކީ، ވެރިކަމާއި އާރާއި ބާރު ހޯދުމުގެ ބޭނުމުގައި މީހުންނަށް ދޮގާއި މަކަރާއި ހީލަތްހަދާ ރައްޔިތުންނަށް ކަންކަން އޮޅުވާލެވޭތޯ ބެލުން.،، ދެބައޮޑުވުން،، މާތްﷲއާއި ކީރިތި ރަސޫލައިގެ ލައުނެއްހުރި.

  2. ދީމުގުރާތުސް

    ޖަމީލުމެން، މިވާހަކަ ދައްކަން ހަޑި. ޕޕމ ގެ ވެރިކަމުގައި ހިންގި "ޑޮލަރު ގަނެވިއްކުމުގެ" ގިނަގުނަ މުއާމަލާތްތަކާހެދި އޭރުގެ ރައީސްމީހާ އޮންނަވަން މިޖެހެނީ ޖަލުގައި. ނައިބު ކަމުން ވަކިކުރީމާ ޚުދު ޖަމީލު ދެއްކިވާހަކަތައް ނޫސްތަކުގައި އެބަހުރި. ލަދެއް ނުގަނޭތަ؟

  3. ބޯހަލާކު

    ޅިބެން އޮށްވަރަކަށް ގަނެވިއްކުމާއި، ،ނެގެން އޮށްވަރަކަށް ވަގަށް ނެގުން ،މީރައިއިތުން ބޭނުންވީ ގޮތް، ކޮބާތަފާތަކީ، ،،ރުފިޔާއް ވޯޓުވިއްކުން ،ވަކި ޕާޓީއަކަށް ސަޕޯޓުކުރުން، ،ރުހުމުގެ ލޮލަކަށް އައިބެއްނުފެންނާނެ،،،،ޖަމީލުވެން ކާންބޯން ކުރާކަމަކީ މިމީސްމީހުންގެ ކޮޅަށް ބޯޅަ ޖަހާދިނުން ،