ސްކޫލު ކުދިން ވޭޕްކުރާ މައްސަލައާއި ގުޅިގެން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ޖަވާބެއް ނުދެއްވި އެވެ.
މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރީ ތ. ވޭމަންޑޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ސުވާލު ކުރެއްވުމަށް އެދިވަޑައިގެންނެވުމުން ނެވެ.
އެ ފުރުސަަތުގެ ތެރެއިން އިތުރު ސުވާލު ކުރުމުގެ ފުރުސަތު އެހެން މެމްބަރުންނަށް ވެސް ހުޅުވާލުމުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ވޭޕްއާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.
ޝިޔާމް ވިދާޅުވީ ވޭޕް ބޭނުން ކުރުން ސްކޫލުތަކުގައި މިހާރު ވަރަށް ބޮޑަށް އާދައަކަށް ވެފައިވާ ކަމަށާއި އަދި އެކަމުގައި މިނިސްޓްރީގެ ދައުރަކީ ކޮބައިތޯ ސުވާލު ކުރެއްވި އެވެ. އޭގެ އިތުރުން ފާއިތުވި އަހަރުތަކުގައި ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް ދަށްވި ސަބަބާއި ގުޅުވައި ވެސް ސުވާލު ކުރެއްވި އެވެ.
އޯ ލެވެލް ނަތީޖާއާއި އަދި ދަސްވާރު ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓަރު ޖަވާބު ދެެއްވި ނަމަވެސް ވޭޕްއާ ގުޅޭ ގޮތުން ޖަވާބެއް ނުދެއްވި އެވެ.
ވޭޕްކުރާ މިންވަރު ސްކޫލުތަކުގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މާލޭގެ ބައެއް ސްކޫލްތަކާއި އަދި އަތޮޅުތެރޭގެ ސްކޫލްތަކުގައި ވެސް ދަރިވަރުން ވޭޕް ބޭނުން ކޮށްގެން ވޭޕް ސްކޫލްގެ މެނޭޖްމަންޓުން އަތުލުން ފަދަ ކަންކަން ކޮށްފައި އެބަހުއްޓެވެ. ނަމަވެސް ދަރިވަރުންނާއިމެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.
ސްކޫލު ކުދިންގެ ގަވައިދު ބުނާގޮތުން ވޭޕްއާއި އެހެނިހެން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސްކޫލު ކުދިންނަށް މުޅިން މަނާ ކަމެކެވެ.
މާލޭ މާ ފަންނުގަ ހުންނަ ސުކޫލެއްގެ ފާހާނާގަ އައްމުކަމެއް
ޝިޔާމް މި ދެފަޔަށް ލެވިފަހުރި މީހެއްބާ، ވޭޕް ކުރުން ހުއްޓުވޭނީ ބެލެނިވެރިންނަށާއި އަދި ވިއްކާމީހުންނަށާއި އަދި އެތެރެކުރާމީހުނަށް. މާދަމާ ބުނެފާނެ ރާއްޖޭގެ ހުރިހާ ފާޚާނާ ތަށި ތަށް ޕިންކަށް ބަދަލުނުރާނީ ކީއްވެހޭ...
ހަމަގައިމު ވެސް ސްކޫލުން ވޭޕް ކުރާކަށް ދަސްކޮށެއް ނުދެއެވެ. ވޭޕް ކުރާ ޢާލާތެއްވެސް ސްކޫލަކުން ނުދެއެވެ. ވޭޕް ކުރަން ހުއްދައެއް ވެސް ނުދެއެވެ. އެފަދަ ކަމެއްކޮށް، އެފަދަ އެއްޗެއް ގެނައިކަން އެނގޭހިނދުން ފިޔަވަޅު އަޅައެވެ. ބެލެނިވެރިންނަށް ވެސް އެކަން އަންގައެވެ. ބައެއް ކުދިން ސްކޫލަށް އަންނައިރު އެތަކެތި ގެނައުމަކީ ސްކޫލް ނުވަތަ ޕްރިންސިޕްލް ނުވަތަ އެޑިއުކޭޝަން މިނިސްޓަރު ޒިންމާވާން ޖެހޭނެ ކަމެއް ނޫނެވެ.
ކޮންމެކަމެއް ސިޔާސީކޮށްފަ މިނިސްޓަރު ބޮލަށް ނުކެޑޭނެ. ސްކޫލުން ފިޔަވަޅެއް އަޅާއިރަށް ހައްގޭ. މިވެނި އެވެނި ކަމެމެކޭ ކިޔައިގެން އެކަންކުރި ބަޔަކާދެކޮޅަށް މައިން ބަފައިން ގޭންތައް ގޮވައިން އައިސް ދިމާކުރާނެ. ނުވިތާކަށް މުޒާހަރާކޮށް ކޯޓަށްވެސްދާނެ. ވޭޕް ގެންނަނީ ސްކޫލަކުން ނޫން. ބޭރުން ނޫނީ ގެއިން. ކޮބާތޯ ވޭޕްބޯކުދިންގެ މައިންބަފައިން؟ ގިނަފަހަރު މައިން ބަފައިން ވެސް ތިބޭނީ ކޮންމެވެސް އެއްޗަކަށް އެޑިކްޓްވެފައި. މި ގައުމުގެ މުސްތަގުބަލް ވަރަށް ބަނަ. ޖީލުތަކެއް ހަލާކުވެއްޖެ. ރަނގަޅަށް ބޯ ޢުމުރު 50އ އާއި 65އ ދޭތެރޭ ގައިވެސް އެބައުޅޭ، ވީއިރު މައިން ބަފައިންނާއި ކާފަ މާމަ މެންގެ ހާލަކީ ކޮބައިތޯ؟ ކަށިނެތް ދުލެއް އޮތިއްޔާ ކޮންމެފަދަ އެއްޗެއް ވެސް ކީދާނެ. ހަގީގަތް އޮތީ އޮތްތަނެއްގައި. މިކަން ގާނޫނަކުން ނޫނީ އެހެން ގޮތަކުން ނަމަވެސް ރަގަޅު ކުރެވޭނެ ވަރުގެ ވެރިއެއް އަދިނެތް ފެންނާކަށްވެސް. ޖީލުގައި ދަނޑިމާރު ނާޅާ ޅައުމުރުގައި އަގީދާގެ އެތެރެ ފުރާލެވުނީމަ ނޫނީ ތިކަން ނުހުއްޓޭނެ. އެކަން ކުރެވޭނެ ވިސްނުމެއް މިތާވެރިކަމާ ހިފާ މީހުންގެ އެއް ނެތް. ދެންވީރު އަންހެން މިނިސްޓަރ ތިސުވާލަށް ދޭނެ ޖަވާބެއް އޮންނާނެތޯ؟
ހުރިހާ ދިމާއަކުން ފެންނަނީ ސަރުކާރު ފޭލިވެފައިވާތަން
ބެލެނިވެރިން ލައްވާ ކުރުވާ ޚަރަދު އިންތިހާ އަށް ބޮޑު
ރަނގަޅު ތަރުބަވީ ނިޒާމެއް ނެތް، ބޮޑެތިވާ ކުދިންގެ އަދަބެއް ސަދަބެއް ނުހުރޭ .ދިރިއުޅުމަށް ބޭނުންވާ ހުނަރެއް ނުހުރޭ. އެންމެ ކުޑަމިނުން ފޯމެއް ފުރާކަށް ވެސް ނޭނގޭ.
ބޮޑެތިވަނީ ސިގިރެޓް ބުއިމާ ވޭޕް ކުރުމުގަ. އަދި އެއަށްވުރެ ވެސް ބޮޑެތި ނުބައިކަންކަމުގަ
ތިބާވަތުގެ ކަންކަމުގައި މިނިސްޓަރަށް ޖަވާބެއް ނުދެއްވޭނެ. އެއީ އެޑިޔުކޭޝަން މިނިސްޓަރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މިސާލަކަށް ހުޅުމާލޭގެ ފޭސް 2 ގައި ޔޫތު މިނިސްޓްރީން ހަދާފައިވާ އެކްޓިވިޓީ ސެންޓަރު ފުދޭނެ. ޒުވާނަކަށް މިވަނީ 18 އަހަރު ވުމުން. އެކަމަކު އެތަނުގައި މިތިބެނީ 18 އަހަރުން ދަށުގެ ކުދިން. އެތަނަށް އެއްވާ ކުދިންގެ މެދުގައި ވޭޕްކުރުމާއި ސިގިރޭޓަކީ އާންމު އެއްޗެއް. 18 އަހަރު ނުފުރޭ ކުދިންނަށް މިކަހަލަ ތަންތަން ހުޅުވާލާފައި އޮންނަ ކަމަށް ވަންޏާ އެޑިކޭޝަން މިނިސްޓަރަށް ޖަވާބެއް ނުދެއްވޭނެ. އެއީ އެކަމަނާއަށްވެސް ޖަވާބު ދޭން ފަސޭހަ ކަމަކަށް ނުވާނެ.
ތިމިސްޓަރު ރަގަޅުވާނީ ނަށާ ކުލާހަކައް ދިޔައިއްޔާ.
ތި ސުވާލު ކުރަންވީ ބެލެނެވެރިންނާ؟
ޥޭޕުކުރުން ޑުރަގު ނެގުން،،،އޭފެށުން،މިނިސްޓަރ އަށް އެގޭތަ،! ޢެގެންނަ ބަޔަކާ ބޭނުންކުރާ ބަޔަކާ ސުވާލު ކުރަންވީނުން،،،،،
މިހާރު ދޫދީގެން މުޅި ގައުމު ހަލާކު. އަދަބެއް ދެވެންނޯވޭ.ޓީޗަރަކުއެއްޗެއްބުނީމައެވީއެމީހަކާދިމާކުރަން