ޗާގޯސްގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވަޑައިގަންނަވަން ކެެރިވަޑައިނުގެން އުޅުއްވަނީ އޭނާގެ ވިޔަފާރީގެ މަސްލަހަތާ ހެދި ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުއް ރަހީމް އެގޮތަށް ވިދާޅުވީ، ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޖަލްސާގައި އަދުރޭ ވިދާޅުވީ، ކަނޑު ވިއްކާލުމެގެ މައްސަލައަކީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށާއި އަދި އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއިން އެ މައްސަލައިގައި ގޯސް ހެދީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވީ ކޮން ބައެއްކަން ވެސް އެ ދުވަހު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެ އެއްވުމަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކީ ޖަރީމާގައި ބައިވެރިވި ބޭފުޅުން ކަމަށެވެ.

"މީ ސުވާލެއް ވެސް އޮތް ކަމެއް. އެހެން ނޫނިއްޔާ ކީއްވެގެންތޯ ގައުމުގެ ހައްގުގައި ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދޭން ދަރަނިން ސަލާމަތް ކުރަން ގައުމުގެ މިނިވަންކަން ދަމަހައްޓަން ވަންތަކަން އާލާކުރަން ރިޔާސީ އިިންތިހާބަށް ކުރިމަތިލައްވާފައި ހުންނެވި ބޭފުޅުންނަށް ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން އުޅޭއިރު ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެގެން އުޅޭއިރު އެކަމާ ދެކޮޅަށް އަޑު އުފުލަން ބަޔަކު ނުކުންނައިރު އެތަނަށް ކެރިވަޑައިނުގަންނަވާ ލީޑަރު ދެން ކީއްކުރަންތޯ ރައްޔިތުންގެ ވޯޓަކަށް ކުރިމަތިލައްވައިގެން މި އުޅުއްވަނީ" އަބްދުއް ރަހީމް ވިދާޅުވިއެވެ.

އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ، ގާސިމް އުޅުއްވަނީ ކޮންމެހެން ގައުމުގެ ހައްގުގައި ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އަމިއްލަ ވިޔަފާރީގެ ހައްގުގައި އުޅެނި. އަމިއްލަ އެދުމުގައި" އަދުރޭ ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ ކޯލިޝަންގައި ޖުމްހޫރީ ޕާޓީވެސް ހިމެނެ އެވެ. ނަމަވެސް ގާސިމް ވަނީ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި އެ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އއ

    އޭނަޔައް ވަޑައުގަންނަވާ ކަމުގަ އަދުރޭ އައް ތިބުނެވެނީ

    2
    3
  2. އއ

    އޭނަޔައް ވަޑައުގަންނަވާ ކަމުގަ އަދުރޭ އައް ތިބުނެވެނީ އޭނަކަހަލ ކޮރަޕްޓް މީހަކައް އަދުރޭވާތީ! ތިމީސްމީހުންނަކީ ވަޑައިގަންނަވަން ވިދާޅުވާން ދަންނަވާ !!!ވަރައްވުރެ މާ ދައްމީހުން!

    4
    4
  3. ލައްޓި

    ގާރޫނު އުޅޭނީ ގާރޫނު އުޅޭހެން. އެކަމަކާ ރައްޔިތުން ޝައްކެއްވެސް ނުކުރޭ

    10
  4. އަބްދޫ

    އަމިއްލަ ގައުމުގަ ވިޔަފާރީގެ މަސްލަހަތު އޮންނަމީހުންނަކީ ސިޔާސީމައިދާނާއި ދުރުގަ ވިޔަފާރީގެތެރޭ އުޅެންޖެހޭ ބައެއް . މިސާލަކަށް ބަލަމާ އުއްޗު އަދި ކޮލިގެ މި ދެފަރާތުން ސިޔާސީ މައިދާނަށް ނުނިކުމޭ އެހެން ވެ ކޮންމެ ސަރުކާރެއް ަޔަސް މިދެފަރާތުގެ ބޭނުން އެ ސަރުކާރަކަށް މުހިންމު އަދި މިފަރާތްތަކަށް ވިޔަފާރީގެ ނަފާ ވެސް ބޮޑު. ގާސިމްށް ވެގެން އުޅޭގޮތަކީ ދުނިޔޭގަލެއްވި ހުރިހާ ވިޔަފާރިއަކަށް ވަދެ އޭގެ އިތުރުން ސިޔާސީ ހަރަކާތަށް ވަނުމުން ވިޔަފާރި ހަލާކުވެ ދިއުމުގެ ބިރު އަބަދު އޮންނަނީ އަތމްތީގަ މަދު ވިަފާރިއަކުންމެނުވީ ފައިދާނުވޭ ސިޔާސީ ހަރަކާތަކީ ގެއްލުމުގަ ހިނަގާކަމެއް އަނެއްބައިސެކްޓަރުވެސް ހިންގަނމިޖެހެނީ ނަފާލިބޭ ތަންތަނުންނާއި ލޯނުނނަގައިގެން މިވިޔަފާރުން ގާސިމް ކުރިނާރަނީ މިހެންވެ. ބައެއް މީހުނަށް ހީވެދާނެ ހާދަ ފިހާރަ އެކޭ ހާދަ ރިސޯޓެކޭ ހާދަކަމެކޭ ހާދަގިނަފައިސާއެއް ވަންނާނެޔޭ . ހުރިހާތަނަކުން ލިބޭ އެއްޗަކަށް ވުރެ ކުރަމުންދާ ހަރަދު ބޮޑު. ދެއްކުންތެރިކަމަކީ ފިލައި ހިގައިދާފަދަ ކަމެއް.

  5. އުގުރި

    ގާސިމާކީ ވަރަށް ބޮޑު ފިނޑިއެއް..

    17
    1
  6. ނަމަސްތޭ

    ކަނޑޭ ކިޔައިގެން ކުރިން ސަރުކާރު ވެއްޓިހެން ވެއްޓޭނެ ކަމަށްތަ ހީކުރީ . . ޔާމިނު ބޭރުކުރުން މީ މީގެ މަގުސަދަކީ . . ވ ސާފް

    5
    8
  7. ވާނުވާ

    ދެންކަލޭ ދާންވީނު ވިޔަފާރި ކޮޅަށް ޖަހަން
    ބަލަ މޮޔަވެގެން ނޫޅެބަލަ
    ކޮން އިރަކުތަ ތިޔަބުނާ ތަނަކަށް ދިވެހިން ގޮސް އުޅުނީ
    ކޮން އިރަކުތަ ތިޔަބުނާ ކަނޑެއް ބައިކޮއްފަ އޮތީ
    ބާހާފަ ދީފަ އޮތް އެއްޗެއް ގެއްލިގެން އުޅޭހެން ހީވަނީ
    އައްވެސް އަސާސްއެއް ނެއްކަމެއްގަ ގައުމު ފިތުނަ ވެރިކުރަން ބޯހަމަ ޖެހޭމީހަކު ނުދާނެ

  8. އަދީލް

    ގާސިމް އަކީ ރާއްޖޭގައިހުރި އެންމެ އަމިއްލަ އެދުން ބޮޑު މީހާ

    12
  9. އަލީ

    ލައްބައޭ ، އެހެން ވީމާ ، ކަސްޓަމުސް ، ޕޮލިސް ވިލާގެ ހުރިހާ ރިސޯޓަކަށް އެރުވީ

  10. ކެލާ އާރިފް

    މަންމާފުޅު އަދުރޭ ތިވިދާޅުވީ ހަމަހެޔޮކޮށް، ޤާސިމަކީ އަބަދުވެސް އަމިއްލަ ވިޔަފާރި އިސްކުރާމީހެއް، މިކަހަލަ މީހަކަށް ޤައުމުގެ ވެރިކަންކުރެވޭނީ ކިހިނަކުންތޯ، މީނަ އަބަދުވެސް އިސްކުރާނީ ރައްޔިތުންނަށްވުރެބޮޑައް މީނަގެ ވިޔަފާރި، މީނަ ރަނގަޅުވާނީ އަމިއްލަ ވިޔަފާރި ހިންގަން ސިޔާސީ ކަންކަމުންދުރުވުން

  11. އަލީ

    ކަސްޓަމާއި، ފުލުހުން ވިލާ ރިސޯޓު ތަކަށް ފޮނުވީ ވެސް ތިބަ ގަނޑު

  12. ހަމަބުނެލީ

    އަދުރޭއަށް ދާން މަޖުބޫރު ވަނީ ކެވިފަހުރި އެއްޗެއް ގިނިވަޔަށް އަންނާތީ ދޯ

  13. އަހްމަދު

    ޓިނޭމެން ދަމާ ގުއި ރޯނުގަ ގާސިމު ނުޖެހޭނެކަން ނޭނގޭތަ ގާސިމަކީ ތިޔަކަހަ ގަމާރެއްތަ؟