ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވާނުވާގައި ހުންނަ ބޭފުޅެއް ކަމަށާއި ވާނުވާގައި ހުންނަ މީހަކަށް ދެވަނަ ދައުރެއް ދީފިއްޔާ ދިވެހި ރައްޔިތުންވެސް ދެން ތިބޭނީ ވާނުވާގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީގެ ކެމްޕޭނު ޓީމުން މިއަދު ނ.ކެނދިކުޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ކޮންމެ ރަށަކަށް އެރިޔަސް އަޑު އިވެނީ އެ ރަށެއްގައި ފަށާފައި ނުނިމި ހުރި މަސައްކަތް ތަކުގެ ވާހަކަ ކަމަށެވެ. އެ ގޮތުން ނަރުދަމާގެ މަސައްކަތް ފެށުމަށް ފަހު ނުނިންމާ ކަމާއި، ބަނދަރުގެ މަސައްކަތް ފަށައި ނުނިންމާ ކަމާއި، ސުކޫލްގައި އިމާރާތް ކުރަން ފެށުމަށްފަހު މެދު ކެނޑިފައި އޮންނަ ވާހަކަތަކާއި، އަދި މަގުތަކުގެ މަސައްކަތް ވެސް ނުނިމޭ ވާހަކަތައް އިވޭ ކަމަށް ވިދާޅުވިއެވެ. މިއީ ކޮންކަހަލަ ތަރައްގީއެއް ތޯ އޭނާ ސުވާލުކުރެއްވިއެވެ.

"ނުނިމޭ ނުނިމޭގައި ގިނަ މަޝްރޫތައް ހުރީ، ދެން އަނެއް ބައި މަޝްރޫއުތައް ހުރީ އަންނަނީ އަންނަނީގަ. އަޅުގަނޑަށް ބޮޑައް ހީވަނީ ރައީސް ޞާލިހް އެ އުޅުއްވަނީ ވާނުވާގައިހެން، އެހެން ނޫނީ އޭނަގެ ސަރުކާރުން ފައްޓާފައި ހުރި މަސައްކަތްތައް ނިމުނިއްޔާ ނިމުނުކަން ނުނިމެންޏާ ނުނިމޭކަން އެނގެންވާނެ، އެ ވަރު ނޭނގެނީ ވާނުވާގައި ހުރީމަ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ފަސް އަހުރު ތެރޭ މި ސަރުކާރުން ގެނައީ ކޮން ގޮތަކަށް، ކޮން އިރަޔަކު، ކިހިނެއް ގެނައި ތަރައްގީއެއްތޯ އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ. މުޅިން ވެސް އިވެނީ ނުވާ ކަންތައްތަކުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ތަރައްގީ ފެންނަނީ ކޮންބަޔަކަށްތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީނުގެ 5 އަހަރު ފެނުނީ ބިންގާ އެޅުމާއި، ބޮޑެތި މަޝްރޫތައް ހިންގެންވި ތަންކަން އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ފުރަތަމަ އެމަނިކުފާނުގެ ފަސް އަހަރު ބްރިޖް އަޅާ ނިންމާލިކަން އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީން ކެމްޕޭނަށް ވަޑައިގެންނެވީ އެމަނިކުފާނު ކޮށްދެއްވި ކަންތައްތައް ނިންމުމަށް ފަހު އިފްތިތާހު ކޮށްދެއްވަން ކަމަށާޢި، ނަމަވެސް މި ސަރުކާރުން ފެންނަނީ ފަސް އަހަރު ނިމިގެން ދިޔައީމަ އަންނަން ވެފައި ހުރި ވައުދުތައް ނުފުއްދިގެން އަނެއްކާ އެ ވައުދުތައް ފުއްދުމަށް އިތުރު ފަސް އަހަރު ހޯދުމައް އުޅޭ މަންޒަރުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިގާއި އެންމެ ދެރަކަމަކީ އިބްރާހިމް މުހައްމަދު ޞާލިހަށް ވާނުވާ ނޭނގޭކަން ހުދު އޭނާއަށް ވެސް ނޭނގޭކަން" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ވާނުވާ ނުދިއުމަށްޓަކައި އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދެއްވާ ޑރ. މުޢިއްޒު ހޮވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތު

    ވާނުވާ އެގޭ މީހުންނަ ދޯ މި ހިސާބް ދިމާ ނުވަނީ

  2. ވޮޑެވާ

    ހަމަ ހައްގައް ތިޔަ ބުނީ އަދުރޭ

    2
    4
  3. ޙާލު

    ތިޔަކަން ހުއްޓާލާފަ ނަވަތަ ދަސްކުރަން އުޅެބަލަ

    1
    1
  4. 13ވގ

    ވަގެެއްގެ ފޮޓޯ ހިފައިގެ އިތުރައް ވައްކަން ކުރައް ތިއުޅެނީ

    1
    1
  5. 13ވގ

    ޔާމީން ހުރީ ވައްކަން ކޮއްގެން ޖަލުގަ ވެރިކަން ލިބިއްޖެއްޔާ އެންމެން ޖަލައްލާނެ