ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަހުމަދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދިފާއުގައި ކުރެއްވި އެއްވެސް ކަމެއް ނެތް ކަމަށާއި، ޕީޕީއެމްގެ ހައްގުގައިވެސް ކުރި ކަމެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވ. ފެލިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން އަދި، ޕީޕީއެމްގެ ދިފާއުގައިވެސް ޑރ. ވަހީދު ކޮށްދެއްވި އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އެހެން ނަމަވެސް އެދުވަސް މާޒީވެއްޖެ. އެދުވަހު އަޅުގަނޑުމެން ވަރަށް ހިތްދަތި ހާލުގަ ވަރަށް ނިކަމެތި ހާލުގަ އަޅުގަނޑުމެންގެ ދެޕާޓީ ފަސް އަހަރު ހޭދަކޮށްފިން. އޭރު ކޮންތާކުތޯ ވަހީދު ހުންނެވީ، ކީއްތޯ ޕާޓީއަށް ކޮށްދިނީ. ރައީސް ޔާމީންގެ ހައްގުގަ، ދިފާއުގަ ކޮށްދެއްވީ ކޮންކަމެއްތޯ؟ ހަމަ ކުއްލިއަކަށް ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެ ވާހަކަ ސުޕްރީމް ކޯޓުން ކުރުމާއެކީގައި އަނެއް ދުވަހު އަޅުގަނޑުމެންގެ ލީޑަޝިޕް މީޓިން ބޭއްވި ގަޑީގަ އައިސް އޮފީހަށް އައިސް ވަތްއިރު، ގޮނޑީގަ އިށީނދެވަޑައިގެން އިންނެވި. އަޅުގަނޑު ހައިރާންވި." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޑރ. ވަހީދަކީ އެޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، ފާއިތުވި ފަސް އަހަރު އެދެޕާޓީގެ ލީޑަރޝިޕްގައާއި، ސެނެޓުގައި ހިމެނޭ މެންބަރުންނާއި، ޕާޓީގެ މެންބަރުން އުޅުއްވީ ވަރަށް ހާލުގައި ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ މިއަދަށް 1007 ދުވަސް ވެފައިވާކަން ފާހަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ، އޭރު ރަނގަޅު ކުރަން ކަންކަން ހުރި އިރު އެމަނިކުފާނު މިނިވަންކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުންވެސް ޑރ ވަހީދު އެވާހަކަ ނުދެއްކެވީ ކީއްވެތޯ އަދުރޭ ވަނީ ސުވާލު ކުރައްވާފައެވެ.

"ކޮންތަކަށް ގޮސްގެންތޯ އެވާހަކަ ދެއްކެވީ، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ކޮން ބަޔާނެއްތޯ ނެރުނީ، މީގެން އެއްވެސް ކަމެއް ނުކުރައްވައި ހުންނަވައި ބައްކިޔާފައި އައިސް ބާޒެއްހެން އަޅުގަނޑުމެންގެ މައްޗަށް އައިސް ޖެހިގެންފަ ޓިކެޓް ހޯދާފައި އެދިޔައީ. އަޅުގަނޑު ހަމަ ހަގީގަތުގަވެސް މިއަށް އެއްޗެއް ނުދަންނަވަން.". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވިއިރު، ޑރ. ވަހީދު މިހާރު ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންފައެވެ. އަދި އެ ޕާޓީގެ ޖަލްސާތަކުގައި އިދިކޮޅު ކޯލިޝަނަށް ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންެނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އާނ ނަޝީދުއަށް އޮޅުމަކުން ކުރެވުނު ކަމަކުން ވަހީދަށް ވެރިކަން ލިބުނީ ދެން މީނާ ހީކުރީ ދޮން ފަޅޮލޭ އެހެން ހިތާ މިއުޅެނީ ވެރިކަމަށް ނާދެވިގެން.

    17
    1
  2. Anonymous

    އަންނި އަތަށްކާންދީ އޮޅުކޮށްގެން ގެންގުޅުނު ފިޔޮއްތައް އިބުރާހީމު ބޮޑުއަގުދީ ގަނެލައިގެން އަންނި ދުރަށް ކޮއްޕާލީ! ބާރަށް ކޮއްޕާލީ! ކޮއްޕާލީމާ ވެއްޓުމުން ތެދުވެ ނަޝީދު މިހާރު އެހެރީ މާ ވަރުގަދަ އަޒުމެއްގަ އިބޫސުލޯލިހު ސީދާ ބަލިކުރަން ނުކުމެފަ

    4
    3
  3. ރޫސްޓަރ

    ކުކުޅަށް އެނގޭ ކާޅެއްގެ ސިފަޖައްސާގެން ހުރި ބާޒެއް ފިޔޮށް ޖަހާގަންނަން އުޅޭކަން.. ކުރިން ކާޅަކަށްވެގެން ހުރެވެސް އެހެން ކުކުޅެއްްގެ ފިޔޮށް ޖަހާގަނެ ހާލިތެރެއަށްވެސް ވަދެ އިނީ

    8
    1
  4. Anonymous

    ރިޔާސީ ޓިކެޓް ހޯދަން ދިޔަ ބާޒު !

    9
    1
  5. މޫސަ

    އަދުރޭ އަކީ ތިޔަ ފިކުރަށް ޖެހިފައި ހުރި ބޮޑު މުޞީބާތެއް. ގާސިމް އަތުން ލާރި ނަގައިގެން ދުވަސްކޮޅަކު އަމިއްލަ ރަށުގަ އަމިއްލަ ވިޔަފާރި ކުރިއަރުވަން ހުރި އިރު ވެސް ޔާމީނު އޮތީ ޖަލުގަ.

    8
    3
    • ރާއްޖެ

      ގާސިމް އަތުން ވިޔަފާރިއަކަށް ފައިސާ ނެނގުން މައްސަލައަކަށް ވަނީ ކިހިނެއް؟ އަދުރޭ އަމިއްލަ މަސައްކަތެއް ކުރުން ވެސް މައްސަލައެއް؟

  6. އަޒާ

    ޔާމީނުގެ އަނގައިން މުއިއްޒަށް ވޯޓު ދޭށެ ބުނާ އެއްވެސް ވީޑިއޯއެއް އޯޑިއޯއެއް ނުދެކެމެވެ. ބުންޏެ ބުންޏޭ ކިޔާ އަޑު އެކަނި އިފައޮތީ. ހެއްކެއް ނެތް.

    5
    5