އައްޑޫ ސިޓީގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން މަސައްކަތްކޮށްފައިވާތީ އެ ސިޓީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފިއެވެ.
ރައީސް ސޯލިހް، އައްޑު އަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާ ރޭ ވަނީ އެމަނިކުފާނު ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އައްޑޫގެ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އޮތް ބައްދަލުވުމުގައި އެ ސިޓީގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާ އެކު ފާހަގަ ކުރެއްވިއެވެ.
އެގޮތުން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލްގައި ގިނަ އާ ހިދުމަތްތަކެއް ތައާރަފް ކުރެވި، އަދި ކެތުލެބްގެ މަސައްކަތް ވެސް ނިމުމަކާ ގާތްވެފައިވާ ކަމާއި ހުޅުމީދޫގެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވި، ރައްޔިތުންނަށް އޭގެ ލުއި ފަސޭހަތައް ލިބެމުން އަންނަ ކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާ އިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކޮށްފައިވާ މަސައްކަތްތަކާއި އަދި ތަޢުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ކައުންސިލުން ފާހަގަ ކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީ ވަސީލަތް އިތުރު ކުރުމަށް ބޭނުންވާ ކަން ފާހަގަ ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން އިގްތިސާދީ އިޖުތިމާއީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްގީ އަށް މުހިންމު އިތުރު ކަންކަމާއި އަދި ހައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.
ވަގުތު ނޫހައް ކިހާވަރެއް ދީގެންތަ ހުސް 1 ވާހަކަ އެއް ތިލިޔަނީ؟
ރީތި، ހުރިހައި ބޭނުމަށް ޖާގަ ލިބޭގޮތަށް ބޮޑު ރީތި ހޮސްޕިޓަލެއް އެޅެން އޮއްވާ ސާކުސަމިޓަށް އަޅާފައިހުރި ކުޑަ ތަންކޮޅެއްގައި ހޮސްޕިޓަލުގެ ބޯޑު ބައްޓާފައި، އެއީ ހޮސްޕިޓަލެކޭ ކިޔަސް، ކަމަކު ނުދޭ އެތާނގައި ހުރި ޖާގައަށް ވުރެ ބޮޑު ތަން އަލުން ޖެހޭނީ ހަދަން،
މީ ޖޯކެއްތޯ؟
ހެހެ...ކނަޑު ވިއްކާލި މީހަކަށް އެމްޑީޕީ ކައުންސިލަކުން ޝުކުރު ދެންނެވީމާ ހައިރާނެއްނުވޭ! ތަރައްޤީވީ ކޮން ސިއްޚީ ޚިދުމަތެއްތޯ
މިހާރު ތިޔަގޮވަނީ ކޮސް އީކުއިޓޯރިއައް ހޮސްޕިޓައް ހެދުމާދެކޮޅައް މަސަތްކަތްކުރިކަމުގެ ލަގަބު އަރުވަންވީ
ތިޔަތާހުރި ކޮންވެންޝަނަލް ސެންޓަރު ހޮސްޕިޓަލަކަށްހެދީ ޔާމީނުއެވެ. އިބޫކުރިކަމެއް ނުފެނެއެވެ.
ޗޯރު އިބްރާހިމަށް ،ޕާޓީ ކުދިން ވެސް ފުރައްސާރަ ކުރަން ކީ އެއްޗެއް ކަން ޔަގީން. ސިއްހީ ދާއިރާއަށް ކޮއްދިން ކަމެއް ނެތްކަން ގައިމު. އޮރިޔާން ނިވާވާވަރުވެސް ވީ ޔާމީނު ކޮއްދިން މަސައްކަތުން.
ވީރާނާވަމުން ދިޔަ ކޮންވެންޝަން ސެންޓަރު ރައްޔިތުންނަށް ބޭނުންހިފޭނެ ތަނަކަށް ހަދާ، އެންމެ މިޒަމާނުގެ ސާމާނާއި އެކު ފުރިހަމަކޮށްދިނީ ރައީސް ޔާމީން. އަދި ވެސް އެތަން ރަސްމީކޮށް ހުޅުވީއެއްނޫން. އެކަން ކުރާކަށްވެސް ނުކެރުން. ތަން މިއަދުވެސް ކޮޅަށް ޖަހާ ހިންގަނީ ޑރ ސޯލިހް. ގަބޫލު ކުރިޔަސް ނުކުރިޔަސް އެބޭފުޅާއަކީ ރައީސް ޔާމީނުގެ ހެލްތް މިނިފެސްޓޯ ވެސް ލިއުއްވި، ރައީސް ޔާމީނުގެ ބޭފުޅެއް. އެހެންވެ ޔާމީން ކުރެއްވި މަސައްކަތް ދަމަހައްޓަވަނީ ކަމުގައި ބެލުމުގެ ޖާގަ އެބައޮތް
ޞިއްޙީ ހާލަތު ރަގަޅުވަނީ ހަމަ ކުރިންވެސް އޮންނަހެން އާސަންދައިގެ ދަށުން ބަލިމީހުން މާލެ ގެންގޮސް ފަރުވާ ކުރެވޭތީ އަދި ރާއްޖެއިން ބޭރަށްވެސް ގެންދެވޭތީ. އެއްވެސް ހާލެއްގަ އައްޑޫއިން މާމޮޅު ފަރުވާތަކެއް ދެވޭތީއެއް ނޫން.