މި އަހަރުގެ ތެރޭގައި 155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ތިމާވެށީގެ ދުވަސް ފާހަގަ ކުރަން އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުން ތިމާވެށްޓާ ރައްޓެހިކޮށް ތަރައްޤީވެވިދާނެކަން ދުނިޔެއަށް ހާމަކުރުމަކީ، އަޅުގަނޑުމެންގެ އެއް އަމާޒު ކަމަށެވެ. އެގޮތުން، 2030ގެ ނިޔަލަށް ރާއްޖޭގެ އެމިޝަން ނެޓް ޒީރޯ ކުރުމަށް މަސައްކަތް ކުރާނެކަން ވާނީ މުޅި ދުނިޔެއަށް އިޢުލާނުކޮށްފައި ކަމަށާއި އަދި އެ މަގުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ވަނީ ފެށިފައި ކަމަށެވެ.
"މި ލަނޑުދަނޑިއަށް ހާސިލުވުމަށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމުތައް ވަނީ އިތުރުކުރެވިފައި. މީގެ ސަބަބުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދުކުރެވި، ޑީސަލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ. އަދި ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42,000 ޓަނު މަދުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިތުރު 113 ރަށެއްގައި، 68.4 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށް އެބަދާ ކަމަށެވެ. މި މަސައްކަތްތައް ނިމުމުން، އިޢާދަކުރަނިވި ހަކަތައިގެ ޤާބިލްކަން، ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވޭނެ. ކަމަށާއި މީގެ ސަބަބުން ބަޖެޓުން އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތް ކުރެވި އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 140,000 ޓަނު ޖައްވަށް ބޭރުނުކޮށް ފަރުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގޭބީސީތަކަށް ސޯލަރ ހަކަތައިގެ މަންފާ ހޯދައިދިނުމަށް ހޯމް ސޯލަރ ޕްރޮގްރާމްވެސް މިހާރު ކުރިއަށް އެބަދާ ކަމަށާއި މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ސޯލަރ ހަކަތަ ބޭނުންކުރަން ފެށި 300 ގޭބީސީތަކުގެ ކަރަންޓް ބިލުން ބޮޑު އިންސައްތައެއް އެބަ ސަލާމަތް ކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިސްކިތްތައް ސޯލަރ ކުރުމަކީވެސް މި ސަރުކާރުން ފެށި މުހިންމު މަޝްރޫޢެއް ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.
ނެތޭ ޓައިމެއް
އަންނަނީ އަންނަނީ، ވެރިކަން ގެއްލެނީ ގެއްލެނީ
އާދެ ލައްބަ މާލޭގެ މިސްކިތްތައް އެހުރީ ވެރިކަމާއި ހަވާލުވެވިތާ ސަތޭކަ ދުވަސް ތެރޭގައި އޭސީ ކޮށްފަ ޔޯލަ.. ބަލަގަ އިބުރާހިމާ ހަމަ ހުސް ދޮގޭ ތިޔަ ހަދަނީ...
މަވެސް މިއުޅެނީ މާސްގައި ދިވެހިންނަށް ވަޒަންވެރިވެގެން އުޅެވޭނެ ގޮތް ހަދަން ފަށައިގެން. ކޮށްމެ ކަމެއްވެސް ފެށިދާނެ. ނުއެއް ނިމޭނެ 10 އަހަރު ވިޔަސް
މަގޭ ވޯޓު ކަލެޔަށް. ދޮގުހެދިވަރަކަށް އިތުރުކޮށްދޭނަން
ސުލޯ ކަމުން އެއްކަމެއްވެސް ނުވާނެ. އަބަދު ކުރަނީ އަންނަނީ ފަށަނީ ނިމެނީ ދުވަހަކު ނިމޭ ތަނެއް ނާދޭ. ތިއުޅެނީ އަހަރެއް ހުސްވާއިރު އަމީނީ މަގުގައި ތާރުކޮޅެއް އަޅާނުލެވިގެން.ބުރިޖް ގަނޑުވެސް ހެދުނީކީ ނޫން.އިބުރޭއަށް ނުވާނެ ތިކަމެއް.
ވިލިމާލެ ބްރިޖުންވެސް ދަތުރުކުރަންފެށޭނެ މިމަހު ފަހުކޮޅު
މިސްކިތްތަކުގައި ވެފަހުރިކަމަކީ މިސްކިތަށް ބޮޑުކަމުދިޔަމީހާއާއި މިސްކިތަށްއަރާ ހަތިމަށް ކުޅުޖެހިމީހާ ދޫކޮށްލުމާއި ކޮވިޑޭކިޔައިގެން މިސްކިތަށް ނަމާދަށް ނޭރޭގޮތްހެދުމެވެ.
އަނެއްކާ އަނެއް ބިލު. ކަރަންޓް ބިލާ ސޯލާބިލާ 2 ބިލު ދެން ދައްކަންޖެހޭނީ. ރައްޔިތުންނަށް ކޮން ފަސޭހަކަމެއް ދެން އޮތީ.
މިސްކިތްތަކުގައި ސޯލާ ހަރުކުރަނީ އަމިއްލަފަރާތްތަކުން. ހަމަޔަގީނުންވެސް މާލޭގެ އެއްވެސް މިސްކިތެއްގައި ސަރުކާރުން ސޯލާ ހަރުކޮށްފައެއްނެތް.
މަތިމައްޗަށް ސޯލާ އެޅިޔަސް ދެން ނުހޮވޭނެ! ޖަލަށް ކަނޑާލަންޖެހޭނީ
" މިއަދު ތިބާ މީސްތަކުންނާމެދު ކަންކުރިގޮތަކަށް މާދަމާ ތިބަޔާމެދުވެސް ކަންކުރެވޭނެއެވެ."
=ޢުމަރު ބުން އަލްޚައްޠާބް=
މީނަ އޭސީ ކުރި މިސްކިތްތައް ކޮބާތަ ލޮލް ޗޯރޭ
މިސްކިއްތަކުގާ ސޯލާޕެނަލް ހަރުކުރުމުގެ ނަމުގަ ރިއާސީ އިންތިހާބައް ފަންޑް އެއްކުރަނީ މިހެންބުނަންޖެހުނު ސަބަބަކީ 2018 ވަނައަހަރު މިސްކިއްތަކައް ކޮއްދޭންބުނި ކަންކަމުގެ %10ވެސް ފުރިހަމަނުކޮއް އިންތިހާބައް 4 މަހައްވީމަ އާވައުދުތަކެއްވާތީ
ނޯ ޓައިމު ބުރޯ.